އެމްބަސީ ކައިރީގައި އެއްވި މައްސަލާގައި ހައްޔަރުކުރި ދެ މީހުން: އެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް އިތުރު ކޮށްފައި
01 ސެޕްޓެމްބަރ 2024 - 13:38
ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް ބައެއް އެމްބަސީތައް ކައިރީގައި އަޑު އުފުލަމުންދާ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ.
އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވުމުން ކަމަށް ބުނެ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ އިތުރުކުރީ ތިން ދުވަހެވެ. ފުލުހުން މިއަދު ބުނީ އިތުރު ފަސް ދުވަހަށް މި ދެ މީހުން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން ހައްޔަރުކުރީ ޑިޕްލޮމެޓިކް އެމްބަސީތައް ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުން ކޮށްގެން ހަޅޭލެއްވުމާއި ބޭ އަދަބީ ބަހުން މުއާމަލާތު ކުރުމުގެ އިތުރުން އެމްބަސީތަކާއި ސަފީރުންނަށް އުނދަގޫވާ ގޮތަށް އެ މީހުން އަމަލު ކޮށްފައިވާތީ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރަން ނަސޭހަތް ދިނުމުން އެކަން ނުހުއްޓާތީ އެ މީހުން ހައްޔަރުކުރީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޑރ. ޝާދިޔާ އާއި ޝަޒްރާ އަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމާއި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާއި އެ ގައުމުން ހިންގާ ގަތުލު އާންމަށް ތާއީދުކުރާ ބްރޭންޑުތައް ބޮއިކޮޓް ކުރަން ރާއްޖޭގައި ހަރަކާތްތައް ރޭވުމާއި ހިންގުމުގައި އިސްކޮށް އުޅޭ ދެ މީހުންނެވެ.
އެ ދެ މީހުން ބަންދު ކުރުމާ ގުޅިގެން އަދާލަތު ޕާޓީއާއި އެމްޑީޕީގެ އިތުރުން އާންމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައްޓި
01 September 2024
އެއްމިލިޔަން މަސްދަޅު ވެސް ނުދޭ. އެނެއްކޮަލުން ފަލަސްތީނަށް ނަސުރުދޭށް ގޮވި މީހުން ހަށްޔަރު މިކުރީ
ރާވެރިބެ
01 September 2024
ޑޮކްޓަރު އިޔާޒުއަށް ސައޫދީން ދެމުން އައި މުސާރަ ކަޑާލީމަ ކޯފާވެގެން އުޅުއްވާ ވާހަކަ މަވެސް އެހިން. ރަށުތެރޭ ކިޔަނީ މިޔޯ ވެގެން އުޅޭ ގޮތަކީ. ހަޑިދޯ؟
ރާވެރިބެ
01 September 2024
ބޭރު ގައުމުތަކުގެ އެމްބަސީ ތަކަށް އުދަގޫ ކޮށް ޑިޕްލޮމެޓުންނަށް ފުރައްސާރަ ކުރުން ބަލައި ނުގަނެވޭނެ. އެއީ ވަރަށް ބޭ އަދަބީ ނާތަހުޒީބު އަމަލުތަކެއް. ނަސޭހަތްދީގެން ނުހުއްޓާނަމަ ހައްޔަރު ކުރަން ޖެހޭނެ. ގާނޫނެއް ފާސް ކޮށްގެން ވިޔަސް އަދަބު ދޭންޖެހޭ. މިހެން ހަޅޭއް ލަވައިގެން ފަލަސްތީނު ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތް.
ސަންށޭ
01 September 2024
ޝާޒްނާ އާއި ޝާދިޔާ ވީ އަވަހަށް މާލޭގެ ކޮންމެވެސް ގޭންގަކާ ގުޅެން. އެއްކަލަ ކާރު ދުއްވި ސޮރުވެސް މިނިވަން ވެއްޖެ.
ހަސަންދި
01 September 2024
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން އުޅެނިކޮށް މަނާކުރެވުނީ އިސްރާއިލާ ދެކޮޅު އަޑުތައް. އަނގަތަންމިނަށް ހުޅުވާފަ ފަސްތީނޭ ކިޔާއެބަ، ކޮބާތަ އެއުޅޭ ސޭހު ޒައިދު؟
ޝައިޚް އުސްތާޖް
01 September 2024
މެގަފޯނުން ހަޑިހުތުރު ބަހުން ފަލަސްތީނަށް އެހީފޯރުކޮށް ދެނީ ތޯ
ބުރުގާ
01 September 2024
ވަރައް ރަގަޅު ! ފުރަތަމަ ތިމާމެންގެ އަމިއްލަ ގައުމު އިސްލާހު ކޮއްބެޔަ
ފޫހި
01 September 2024
ސުބުހާނައްﷲ ....... ހާދަދެރަޔޭ ދޯ މި 2 އަނަހެނުންނައްވުރެން ނުރައްކާ ބަޔަކުނެތީ ތޯ ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ. ގައިރު މުސްލިމުންގެ ނުފޫޒު މި ދިވެހިގައުމައް (ސަރުކާރައް) ފޯރާފަހުރިވަރު މިނިރީ ފެންނަން
އެޑްމުންޑޯ
01 September 2024
ހާސްނުވޭ ، ނަސޭހަތްދީފައި ދޫކޮއްލާނެ ،
ސޯލިހް
01 September 2024
ބަޜަބަރު