01 ސެޕްޓެމްބަރ 2024 - 22:05
މަސައްކަތްތެރިންގެ ގޮތުގައި ގެންނަ ބިދޭސީންނަށް އިހުމާލުވާ ކުންފުނިތައް ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ވަޒީފާއާބެހޭ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އޮގަސްޓް 19 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
އެ އިސްލާހުގައިވާ ގޮތުން، ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ކުންފުންޏެއްގެ ކަމާގުޅޭ ކޮންމެ މުވައްޒަފަކު 50،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
މުސާރާ ނުދޭ ކުންފުނިތައް ޖޫރިމަނާ ކުރެވޭ ގޮތް ހެދުމުގެ އިތުރުން، އެއް ގައުމަކުން ބިދޭސީން އެންމެ ގިނައިން ގެނެވޭނެ އަދަދު ކަނޑައެޅުމުގެ ބާރު ކެބިނެޓަށް ލިބޭ ގޮތަށް ވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރަން އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދަކީ 100،000 މީހުންނެވެ. އެއް ގައުމަކުން ތިބި އަދަދު، އެއަށް ވުރެ ގިނަވާ ނަމަ އެ އަދަދަށް ބިދޭސީން މަދު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ރާއްޖޭގަ ވަޒީފާ އަދާކުރަން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާނީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ކަމަށެވެ.
އަދި އަހަރެއްގެ ތެރޭގައި ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުމުގަ އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތާއި ހުނަރުގެ މިންވަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތައް ވެސް ކަނޑައެޅޭނެކަމަށް އިސްލާހުގައިވެ އެވެ.
އޭގެ އިތުރުން ރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީން ގެނައުމުގައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރުކުރައްވައި ތަފްސީލުކޮށް ބަޔާންކުރައްވާފައިވެ އެވެ. އެގޮތުން:
- ބިދޭސީއަކު މަސައްކަތްކުރާނެ ވޯކްސައިޓް ރަޖިސްޓަރީކުރުން
- ކަމާގުޅޭ އެނޫންވެސް ހުއްދަތައް ހޯދުން
- ބިދޭސީއަކު ގެނައުމަށް ބޭނުންވާ ކޯޓާ ހޯދުން
- ވޯކް ޕާމިޓް ހެއްދުން
އަދި އެ އިސްލާހުގައި ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ މީހުންނާމެދު އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވެ އެވެ.
އެ އިސްލާހު ރައީސް ތަސްދީގުކުރައްވާފައިވާއިރު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކުރަންޖެހެ އެވެ.
ރާއްޖޭގައި ބަންގްލަދޭޝްގެ 100،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭތީ ކުރީ ސަރުކާރުން ވަނީ އެ ގައުމުން ބިދޭސީން އިތުރަށް ގެނައުން މަޑުޖައްސާލައިފަ އެވެ. އޭގެ ބަދަލުގައި ބިދޭސީން ގެންނަން ހުއްދަ ދިނީ އިންޑިއާ އިންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ނިންމުން ބާތިލް ކޮށް އަލުން ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު..
02 September 2024
މަބުނީ........ މިލަންދޫ ދާއިރާގެ މެންބަރު ރިޒާއަށް ފިޔަވަޅު އަޅާނެތަ؟ ހަމަ އަހާލީ
ދިޔާނާާާ
02 September 2024
ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުގެ އިދާރާތަކުން މިގައުމުގެ ކަންކަން ހަމަމަގަށް އެޅުމަށް ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ތައުރީފްކުރަން.
އަރުހަމްް
02 September 2024
ދިވެހިންގެ ބިދޭސީން ގެންގުޅޭ ގޮތުންވެސް އެތަށް ބިދޭސީންނެއް ފިލައިގެންދޭ. މިހެން ފިލައިގެން އުޅޭ މީހުން އެހެން ތަންތަނުން މަސައްކަތް ނަގައިގެން މަޑުމަޑުން ވިޔަފާރިތަކަށް ވަންވަން ފައްޓާ. މިފަދަ މީހުންނަށް އޭރުވެސް ރަނގަޅަށް ކަންކޮށްދީ މުސާރަ ދޭނަމަ ފިލައިގެންދާން ނުޖެހުނީސް. މިކަމަށް ހާއްސަކޮށްބަލާ ރައީސް މުއިއްޒު މި ތަސްދީގް ކުރެއްވި ބިލަކީ މިފަދަ ކަންކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއް.
ޖުނައިދްް
02 September 2024
ބައެއް ދިވެހިންނަކީ ބިދޭސީންނަށް ވަރަށް އިހާނެތިކޮށް މުސާރަނުދީ ހިފަހައްޓާ ބަޔެއް. މިފަދަ ގޮތަކަށް ބިދޭސީން ގެންނަފަރާތްތަށް ފިޔަވަޅު އެޅުމަކީ މިފަދަ ކަންކަން ތަކުރާރުނުވުމަށް އެޅޭ ބޮޑު ފިޔަވަޅެއް.
މަލިކާާ
02 September 2024
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިޔަދު އެޅިގެންމިދިޔަ ފިޔަވަޅުން ވަރަށް ބޮޑުތަނުން މިކަން ޒިންމާދާރުކުރެވިގެންދާނެ
ޔާމީން މުހައްމަދު
02 September 2024
މިއަދު ފެނިގެން މިދަނީ ފައްޔާޒްމެންނަށް ނުވި ކަންތައް އެއްމެ 9 މަހުން މުއިއްޒްމެން ކޮށްލާތަން. ހަގީގަތަކީ މިއީ
އަތްލޮބް
02 September 2024
މިހެންވެ ބުނަނީ ބިދޭސީންގެ މައްސަލައަށް ފުރިހަމަ ހައްލު ގެންނާނީ އަދުގެ ރައީސް ޑރ.މުއިއްޒްއޭ
އާޒިމް މުހައްމަދު
02 September 2024
ނަނަތައްވެސް ހާމަ ކުރަންވީ. އެނޫން ގޮތަކަށް މިކަމެއް ނުހުއްޓުވޭނެ
މަފާޡަ ސަލީމް
02 September 2024
ފުރިހަމަޔަށް ތާއިދު
ކަންމަތީ ފިހާރަ
02 September 2024
ބޮޑެތި ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ނުދައްކައި، ލިބޭހާ ލާރިއެއް ބަގުޑި ބައްދައިގެން ތިއްބަސް، ކުދި ގިނަ ވިޔަފާރިތަކަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކާ ބަޔެއް. މީރާގެ ތަފާސް ހިސާބުތައް ބަލާލަ މީދޮގެއްތޯ. ކުދި ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާތައް ނުލިބޭތީ ނުދެއްކިފައި އެތިބެނީ. ތި ޤާނޫނުން ކުދި ފިޔަފާރިތައް އިތުރަށް ފުނޑި އިނދަޖެހޭނީ.