ފޮތްކިޔާ އައިނު އަޅަންނުޖެހޭ ވަރަށް ލޯ ރަނގަޅުކޮށްދޭނެ ކަމަށް ބުނާ ބޭސް ތައާރަފްކުރުމަށް ބޭއްވި ހަފްލާ: މި ބޭހަށް އިންޑިއާގައި މިހާރު ވަނީ ހުއްދަ ދީފައި.
08 ސެޕްޓެމްބަރ 2024 - 06:07
އުމުރުން ސާޅީހަކަށް އަހަރުވުމާ އެކު ލޮލުގެ ބާރު ދަށްވެ ކައިރީގައި ހުންނަ އެއްޗެހި ފުސްކޮށް ފެންނަ މައްސަލަ ކަމަށްވާ ޕްރެޒްބިއޯޕިއާ އަށް ހައްލަކަށް ވެދާނެ، ލޮލަށް އަޅާ ބޭހަކަށް އިންޑިއާގެ ޑްރަގް ރެގިއުލޭޓަރީ އެޖެންސީން ހުއްދަ ދީފި އެވެ.
ރީޑިން ގްލާސް ނުވަތަ ފޮތްކިޔާ އައިނު އަޅަންޖެހޭ މި ހާލަތަށް ހައްލެއްގެ ގޮތުގައި "ޕްރެސްވޫ އައި ޑްރޮޕްސް" ގެ ނަމުގައި ބޭސް އުފެއްދީ މުމްބާއީގެ ކުންފުންޏެއް ކަމަށްވާ އޮންޓޮޑް ފާމަޝޫޓިކަލްއިން ނެވެ.
އަންނަ މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ބޭސްފިހާރަތަކުން ބޭސްފިހާރަތަކުން 350 ރުޕީސް އަށް މި ގަންނަން ލިބޭނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.
މި ބޭސް ހާއްސަކޮށްފައިވަނީ ކުޑަކޮށް އަދި އާދައިގެ ވަރަކަށް ޕްރެޒްބިއޯޕިއާ ހުންނަ، އުމުރުން 40-55 އަހަރުގެ މީހުންނަށެވެ.
ޕްރެޒްބިއޯޕިއާ އަކީ އުމުރުން ދުވަސްވާ ވަރަކަށް ގޯސްވަމުންދާ މައްސަލައެކެވެ. އާންމުކޮށް، އުމުރުން 40 އަހަރުން ފެށިގެން ބޮޑަށް ފާހަގަވާން ފަށާ މި މައްސަލަ މުޅި ދުނިޔޭގެ 1.09 ބިލިއަނާއި 1.80 ބިލިއަނާ ދެމެދުގެ މީހުންނަށް ކުރިމަތިވެފަ އެވެ.
އޮންޓޮޑް ފާމަޝޫޓިކަލްސް އަށް ޑްރަގް ކޮންޓްރޯލާ ޖެނެރަލް އޮފް އިންޑިއާ (ޑީސީޖީއައި) ގެ ފައިނަލް އެޕްރޫވަލް ލިބުނީ ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޯގަނައިޒޭޝަން (ސީޑީއެސްސީއޯ) ގެ ސަބްޖެކްޓް އެކްސްޕާޓް ކޮމިޓީ (އެސްއީސީ) އިން މި ބޭހަށް ހުއްދަ ދިނުމުގެ ލަފާ ދިނުމާ އެކުގަ އެވެ.
ޕްރެސްވޫ އަކީ 40 އަހަރުން މައްވަށް ދިއުމުން ދިމާވާ، ޕްރެޒްބިއޯޕިއާ ހުންނަ މީހުންނަށް ރީޑިން ގްލާސް ބޭނުންކުރަން ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ގޮތަށް އިންޑިއާގައި ފުރަތަމަ އުފެއްދި، ލޮލަށް އަޅާ ބޭސް ކަމަށް އީޖާދުކުރި ކުންފުނިން ބުނެ އެވެ.
އެ ކުންފުނިން ވަނީ މި ބޭހުގެ ފޯމިއުލާ އާއި އެ އުފައްދަން ބޭނުންކުރާ ހާއްސަ އަދި ވަރަށް ތަފާތު ޕްރޮސެސް ޕޭޓަންޓްކުރުމަށް ވެސް ހުށަހަޅައިފަ އެވެ.
މި ބޭހަކީ ރީޑިން ގްލާސް އަޅަންނުޖެހުމުގެ އިތުރުން ލޮލުގެ ތެތްކަން ވެސް ހިފަހައްޓައިދޭ ގޮތަށް ހަދާފައިވާ އެއްޗެކެވެ.
މިއީ ދިގު މުއްދަތަށް ބޭނުންކުރުން ރައްކާތެރި ގޮތަކަށް އުފައްދާފައިވާ ބޭހަކަށްވުމީ ވެސް ހާއްސަ ކަމެކެވެ.
އެންޓޮޑް ފާމަޝޫޓިކަލްސްގެ ސީއީއޯ ނިކިލް ކޭ މަސޫރުކާރު ވިދާޅުވީ "ޕްރެސްވޫ އަކީ އަހަރުތަކެއް ވަންދެން ކުރި ހާއްސަ ދިރާސާތަކުގެ ނަތީޖާ ކަމަށެވެ. މިއީ އެތައް މިލިއަން ބައެއްގެ ފެނުން ރަނގަޅުކޮށްދީ "މިނިވަންކޮށްދޭނެ" ބޭހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީދު 50 ހުންމަތި
09 September 2024
އުފާވެރި ޚަބަރެއް، މިމައްސަލަ ވަރަށް ބޮޑު، އެއލޯ މިހާރު ފުސްވަނީ ދުރުނުވެސް ފެނޭ ސާފުކޮށް، ލޮލުގެ ތެތްކަން ވަނީ ކުޑަ، ޑރ ބުނީ ކަރުނަ ނުއުފައްދަނީޔޯ، އަސްލު ޓީން އޭޖްގަ ރޮއެރޮއެ ކަރުނަ ހުސްވީ، އެއީ ސިއްރެެއް، މިހާރު އިންތިޒާރުގަ
މެރިޖާން
09 September 2024
ގުޅާބަލަ. ކުރިޔަށް ހަތެއް ހަތެއް ލާފަ
ކޮވެލި
08 September 2024
މީ ތެދު މަޢޮލޫމާތެއް ނޫން. ގޫގުލް ކޮށްލަބަލަ ލިއުމުގެ ކުރިން
ޓުރޫ
08 September 2024
ތިޔަ ގޮތަށް އިންޑިއާ ނޫސްތަކުގައި ކިޔާ އެބަ
raajje
08 September 2024
ފޭކުސެޓުފިކެޓުއުފެއްދުމާ، ފޭކުޑޮކުޓަރުން އުފެއްދުމާ މިފަދަހުރިހާކަމެއްގައި ދުނިޔޭގެ އެއްވަނައިގައޮތް އިންޑިޔާ! ކޮވިޑުދުވަސްވަރު ހިލޭބަހައިގެން ރާއްޖޭގެ ގިނަބައެއްގެގަޔަށްޖެހި ވެކުސިނުންވެސް ވީ ފައިދާކަމެއް ވަނީގެއްލުންކަމެއް ރަސްމީކޮށް ކަށަވަރުކުރެވިފައިނެތް، އިވޭގޮތުން މިވެކުސިންތައްޖެހިފަހުން ގިނަދިވެހިންތަކަކަށްވަނީ ކުރިޔާހިލާފަށް ގިނައިން އަސްސިވުމާ ހާޓްއެޓޭކުޖެހުމާ ސުޓުރޯކުޖެހުންފަ ސިއްހީ ސީރިއަސް މައްސަލަތައްކުރިމަތިވެފައި އަދި ދަނީވަމުން
ގަމާރުންނަށް
08 September 2024
އިވޭގޮތްދޯ. ހިތްމަރުވެގެންވެން ހިތްބަލިވެގެންނާ ވަރުބަލިގެންނާ އިސްގުޖެހިގެންވެސްދޯ
ސިންގާ ހާން
08 September 2024
ކޮބާތައް ރާއްޖޭގެ އިލްމުވެރިންގެ ހޯދުންތައް؟ އެމީހުންގެ ބަހެއް ބޭނުން މިކަމުގައި
ީއިލޮށި މަސްކް
08 September 2024
ކާރީގަ ތިބި 2 މީހުން ތިބީ އައިނު އަޅާގެން. ޝައްކު
ފީއިލޮށި
08 September 2024
އެކޮއެ! ނިއަރސައިޓެޑާ ފާރސައިޓެޑް ގޫގުލް ކޮށްލަބަލަ. ދުރު ނުސާފު މީހުން ތިބޭނީ އަބަދު އައިނު އަޅައިގެން. ކައިރި ނުސާފު މީހުން ފޮތްކިޔާ އައިނު އަޅާނީ.
ބުރަތޭރީ
08 September 2024
އިންޑިޔާގެ ބޭހަކަށް އިންޑިޔާއިން ހުއްދަދިނުމަކީ އަދި ދުނިޔޭގަ ގައުމުތަކުގައި ބޭސްބޭނުންކުރަން ހުއްދަދޭ މިންގަޑުން ބަލާއިރު، އަދި ދުނިޔޭގަ އެހެންގައުމުތަކުގައި އެބޭސް ބޭނުންކުރަން ހުއްދަލިބުމެއްނޫން...
ނަސީބު
08 September 2024
ހެހެހެ، އެހަފްލާގައި ތިބި ގިނަމީހުން އަދި އެ ޕްރޮޑަކްޓު އިންޓްރޮޑިއުސްކުރި 2 މީހުންވެސް އެތިބީ އޭގެ ބުނާފަދައިން އައިނާނުލަ ނުފެންނާނެކަން ކަށަވަރުކޮށްދީދީ...! އެހެންވެ ދޯ އެމީހުން މިހާރުވެސް އައިނުއަޅައިގެން އެތިބީ؟
ބޯހަލާކު
08 September 2024
ކައިރި ނުފެނުމާއި ދުރު ނުފެނުމާ މީމުޅިން ދެކަމެއްކަން ނޭނގޭއިރުވެސް ކޮމެންޓުކުރާތި. އާރޓިކަލް އެންމެކުޑަމިނުން ކީނަމަވެސް އިނގޭނެ މީގައި ބުނާ ބޭހަކީ ކައިރިނުފެނުމަށް (ފޮތްފަދަ އެޗެހި ބެލުމަށް) ހޯދުނު ހައްލެއްކަން. ދުރުނުފެންނަމީހުންނަށް ހޯދުނު ބޭހެއްނޫންކަން
ނަސީބެއް
08 September 2024
ކައިރި ނުފެނުމާ ދުރު ނުފެނުމާ އެއީ ދެކަމެއް! ފޮތް ކިޔާ އައިނަކީ ކައިރި ސާފުކޮށް ނުފެންނާތީ އަޅާ އެއްޗެއް. އާންމުކޮށް އަބަދު އައިނު އަޅައިގެން އުޅެނީ ދުރު ސާފުކޮށް ނުފެންނަ މީހުން. ފޮތް ކިޔާ އައިނު އަޅާމީހުން އަޅާނީ ކައިރީގަ ހުންނަ އެއްޗެހި ބަލަންވީމަ މިސާލަކަށް، ފޮތް ކިޔަން ވީމަ، ނޫނީ ފޯނު ބަލަން ވީމަ.
ކަތީބުގެ ނަސީބު
08 September 2024
ބަލަ އެމީހުން އައިނު އަޅައިގެން އެ ތިބީ ދުރުބަލަން. ކައިރި ބަލާކަށް، ފޮތްކިޔާކަށް ނޫން. ޚަބަރު ތަންކޮޅެއް ރަނގަޅަށް ކިޔާބަލަ.
ބަލަނަސީބޫ
08 September 2024
ދެން ފަހަރަކުން މާކުރިން އެހާ ބޮޑަށް ނުހެއްޗޭ. ފޮތް ނުކިޔާ ހުރެ މާބޮޑަށް ކަންކަން ދަންނަކަމަށް ހީވެ ކޮމެންޓްކޮށްގެން ވީ ގޮތެއް ތިއީ.