ޅ. ނައިފަރު: ޑްރަގު އޮޕަރޭޝަނެއް ވަނީ އެ ރަށާއި ހިންނަވަރުގައި ފަށާފައި.--
11 ސެޕްޓެމްބަރ 2024 - 15:16
މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ ޅ. ނައިފަރާއި އެ އަތޮޅު ހިންނަވަރުގައި ޑްރަގު އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން ބުނީ ޑްރަގު އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި އުތުރުގެ ޕޮލިހުން ގުޅިގެން ހިންނަވަރާއި ނައިފަރުގައި ޑްރަގު އޮޕަރޭޝަނެއް ކުރިއަށް އެބަދާ ކަމަށެވެ. އެކަމަކު އެ އޮޕަރޭޝަނުގެ ތަފްސީލު ހާމަކުރާނީ އޮޕަރޭޝަން ނިމުމުން ކަމަށް ބުންޏެވެ.
މީގެ ކުރިން ވެސް ނައިފަރުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ އެކަމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހުން އުޅޭ ތަންތަަން ފާސްކޮށް، ބަޔަކު ހައްޔަރުކޮށްފަ އެވެ.
މިދިޔަ އަހަރު އެ އޮޕަރޭޝަން ހިންގީ އެކި އުމުރުގެ މީހުންނަށް މަސްތުވާތަކެތި ދީ އެކަމުގެ ތެރެއަށް މީހުން ވެއްދުމުގެ މައްސަލަ ބޮޑުވެގެން އެ މައްސަލަ ހުށަހެޅުމުންނެވެ. އެ ފަހަރުގެ އޮޕަރޭޝަނުގައި ހަ މީހަކު ހައްޔަރުކުރިޔަސް ކޯޓުން އެމީހުން ދޫކޮށްލީ ހައްޔަރުކުރިއިރު ސީދާ އެ މީހުންގެ އަތުގައި މަސްތުވާތަކެތި ނެތް ކަމަށް ބުނެ އެވެ.
މަސްތުވާތަކެތީގެ މައްސަލަ ރަށުގައި ބޮޑުވެ އެރަށުގެ އެކި އިދާރާތަކުން ވަނީ އެކަމުގައި ފިޔަވަޅު އަޅައިދޭން ވެސް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާގެ ދަރި
12 September 2024
ތިތާކު ނެތް ޖަލުގައި ބެހެއްޓޭ ކަހަލަ މީހެއް. ޗިޗަންޑާމެން ނުކުންނާނެ ޑީލް ހަދައިގެން. ކޮންމެ ސަރުކާރަކަށް ވެސް މުހިންމު މީހުން ތިތިބީ. ކިތައް ފަހަރު ތިޔަހެން ހައްޔަރުކޮށްފި. ހުކުމް ވެސް ކޮށްފި. އެކަމަކު އެ ތިބީ މިނިވަން ވެފައި
ލަދުހަޔާތް ކުޑޭ
11 September 2024
ހިންނަވަރު ، ނައިފަރު، މިއީ މަސްތުވާތަކެތީގެ ހަބުތަށް. ހާއްސަކޮށް ހިންނަވަރު. ކުރީގެ މުސްކުޅިކަތީބުގެ މުސްކުޅިގޭގެ ދޮރުމަތީގައި 15 މިނިޓް ހުރެލީމަ ފެންނާނެ އެގެޔަށް ވަދެނިކުމެ ހަދާ ފާޑުފާޑުގެމީހުންތަށް
ޢާނިމް
11 September 2024
އެއްވެސް މެމްބަރެއް ހައްޔަރު ނުކުރާތި
ޞާސި
11 September 2024
ތީ ތިލަމުގެ ކިއްލާތެކެއް ވާތަނެއް