ފުލުހުން އެންގުމަށް މަޑުނުކޮށް ދާން އުޅެނިކޮށް ފުލުހެއްގެ ގައިގައި ސައިކަލުން ޖެހުނު މައްސަލާގައި ހައްޔަރުކުރި ޒިދާން: އޭނާ ބަންދުކުރަން ކޯޓުން ވަނީ އަމުރު ކޮށްފައި --- ފޮޓޯ/ޕޮލިސް
12 ސެޕްޓެމްބަރ 2024 - 14:43
ފުލުހުން ހިންގި ޓްރެފިކް އޮޕަރޭޝަނެއްގައި ޗެކްޕޮއިންޓަށް މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތް ކުރަނިކޮށް ފުލުހެއްގެ ގައިގައި ސައިކަލުން ޖެހުމުން، ސައިކަލު ދުއްވި މީހާ ހައްޔަރު ކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ މއ. ހިއްތަލަވިލާ، އާދަމް ޒިދާނެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 01:20 ހާއިރު ރަސްފަންނު ކައިރިން ޒިދާން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާފައި ދަނިކޮށް މަޑުކުރަން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ދާން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެހިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލު ވެސް ފުލުހުން ވަނީ ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރި ޒިދާން އަކީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނެކެވެ. ޑާކްރެއިންގެ ފިލްމު "ބީވީމާ" ގައި އޭނާ ކުޅުނު ރޯލުން އޭނާ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު ޓްރެފިކް ފުލުހުން މާލޭ ސަރަހައްދުގެ މަގުތަކަށް ނުކުމެ ބޮޑު އޮޕަރޭޝަނެއް ފެށީ ގިނަ އެކްސިޑެންޓްތަކެއް މާލެ ސަރަހައްދުގައި ހިނގަން ފެށުމުންނެވެ. އެގޮތުން ނުރައްކާތެރިކޮށް ބާރަށް ސައިކަލު ދުއްވުމުގެ މައްސަލައަށް އިންތިހާއަށް އިތުރުވެފައިވާއިރު، އެކްސިޑެންޓުތައް ވެސް އިތުރުވެފަ އެވެ. އަދި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓުތަކުގައި ދެ ޒުވާނަކު ވަނީ މަަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު 22
13 September 2024
އަހަރެން ހީކުރީ ތީ ފްރާންސްގެ ޒިނެދިން ޒިދާން ކަމަށް
ވެންގަބޯ
13 September 2024
އެއްވެސް ހިއްތަލައެއް ކައްޓަލައެއް ނޯންނާނެ އިގޭ ގަވާއިދާ ގާނޫނަށް ވުރެމަތީގައި އެވެސް މީހަކަށް ނުހުރެވޭނެއިގޭ ފުލުހުން ނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަށަވަރުކޮށް ދިނުމަށް މަތި ކުރެވިފައި ވާބައެއް! ބޯހަމަނުޖެހޭ ބައެކަށް ވެސް ކަމަކު ނުދޭ މިކަހަލަ ލަޓޯފަޓޯ މީހުން ފިލްމީ ދާއިރާއަށް ވެސް ހުތުރު މިކަހަލަ މީހުނަށް ފުރުސަތު ދިނުމަކީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުން ކަހަލަކަމެއް މަވާ ސަލާން ދެން.!!!
އަލީއަހުމަދުއިބުނުހާޖީ
12 September 2024
ބޮޑުމަގުބޫލު ކަމެއްހޯދައިފިޔޭ. ކޮންތަނަކުން ދޫކުރިއެއްޗެއްބާ.
ކިތުނާ
12 September 2024
ތިގޮލާ ބޮޑުވީމާ ގައްބަރަށްވުމުގެ ޗާންސު ވަރަށް ބޮޑު.
ގުދުގުދުލީބެއްޔާގެ ތެދުބަސް
12 September 2024
ބޮޑު މަޝްހޫރުކަމެއް ހޯދާފާވެއޭ ބުނާއިރު މިހުރީ އަޑުއެހި/ފެނުނުތާ.
ސަމަރު
12 September 2024
ނޭނގޭނެތާ، ރައްޔިތުންގެ ފައިސާ ކަމުން ދުވާ މީހުންގެ އަވައިގަ ޖެހިފަ ތި ތިބެނީ
އަޅި އަލީ
13 September 2024
ހަމައިގަ ނުތިބެޏްނާމު ނޭގޭނެ !
އަންދަލޫސިޔާ
12 September 2024
މޮލީ ވުޑް މީހުން ތިބޭނީ ހިޔަނިފެނިފަ!
އަޅި އަލީ
12 September 2024
ދެން ފިލްމީ ދާއިރާގެ އެއްމެން މީނާގެ ދިފާއުގާ ނިކުމޭ!
ސަމަރު
12 September 2024
ފަލަސްތީނު ރައްޔިތުންގެ ހައުގުގަވެސް ނުކުތީ ފިލްމީ ދާއިރާގެ މީހުން.
އަޅި އަލީ
13 September 2024
ދެން މިސޮރުގެ ހައްގުގައުިވެސް ނުކުމޭ!
ނުބައިބާ މީހެއް
12 September 2024
ހާދަ ނުބައިބާ ކުޅޭ ނޫނީ ބިރުވެރި ރަޯލު ކުޅޭ މީހަކާ ވައްތަރޭ . މި ހުރިހާ ނުބައި ނުކިޔަމަންތެރި ކުށުގެ ވެއްޓަށް ދެވިހިފާފަ ތިބި މުޖުރިމުން ގެ ކިބައިން ގައުމު އަމާން ކުރަން ރައީސް ގެ ބެއްލެވުމުގެ ދަށުން މިހާރު ފައްޓަވާ ފަ ހުރިހުރިހާ ކަމަކަށް ފުރިހަމަ އަށް ތާއީދު. އެއްގޮތަކަށް ވެސް ދޫނުދެއްވާތި
ފުލުސްމީހާ
12 September 2024
ބާރު ސްޕީޑްގައި ދުއްވާފައިގޮސް ޕޮލިހެއްގައިގައި ސައިކަލުން ޖެއްސީމް 5 ދުވަސް ބަންދު. ނިމުނީ
raajje
12 September 2024
މިގޮތަށް އަޅުގަނޑުމެންގެ ދިވެހިފުލުހުންނަށް އަނިޔާލިބުމަކީ އަޅުގަނޑުހިތުން ވެގެންވާނެގޮތެއްނޫން، ފުލުހުންގެ އިސްފަރާތްތަކުން މަގުމަތިބަލަހައްޓަންނެރޭ ފުލުހުންގެ ރައްކާތެރިކަމަށް އިތުރަށްބަލަންޖެހޭ، ބޭނުންވާ ވަސީލަތްތައް ހޯދާދޭންޖެހޭ، އެހެންނޫނީ ހިތާމަވެރިހާދިސާއެއްހިނގުން އޮތީދާދިގާތުގަ! ފުލުހުންކުރާ ގޯސްކަންކަން އަޅުގަނޑަށްފެންނަހެން އެމީހުންކުރާ ރަނގަޅުކަންކަންވެސް ފާހަގަކުރަން، އަދި ފުލުހަކަށްވިޔަސް ނުހައްގުން އަނިޔާއެއްލިބުމަކީ އެދޭކަމެއްނޫން