ގެދޮރުވެރިޔާ މަޝްރޫގެ މައުލޫމާތު ހޯދަން އެޗްއާރްސީއެމްގެ މެމްބަރުން، ހައުސިން މިނިސްޓަރު އަލީ ހައިދަރާ ބައްދަލުކުރަނީ --- ފޮޓޯ/އެޗްއާރްސީއެމް
12 ސެޕްޓެމްބަރ 2024 - 19:32
ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުއާ މިއަދު ބައްދަލުކޮށްފި އެވެ.
އެޗްއާރްސީއެމްއިން ބުނީ އެ ބައްދަލުވުމުގައި ގެދޮރުވެރިޔާ ފްލެޓްތަކުގެ މަޝްރޫއާ ގުޅިގެން އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ބޭނުންވާ މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި އެ ފްލެޓްތަކުގެ މައްސަލައަކީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި އެ މައްސަލައެއް ކަމަށްވާތީ އަވަސް މުއްދަތެއްގެ ތެރޭގައި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ހައްލު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ހައިދަރުއާ ހަވާލާދީ އެ ކޮމިޝަނުން ބުންޏެވެ.
ގެދޮރުވެރިޔާ މަޝްރޫގެ މައުލޫމާތު ހޯދަން އެޗްއާރްސީއެމްއިން، ހައުސިން މިނިސްޓަރު އަލީ ހައިދަރާ ބައްދަލުކުރަނީ-- ފޮޓޯ: އެޗްއާރްސީއެމް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވަނީ 4،000 ފްލެޓް އެވެ. އެ ފްލެޓުތައް ހަދަނީ 17-18 ބުރީގެ 32 ޓަވަރުގަ އެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނައިރު، އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ. މި މަޝްރޫއު ހިންގަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ)ގެ ލޯނު އެހީގަ އެވެ.
އެ 4،000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރު މެދުތެރެއަށް ކަމަށް ހައުސިން މިނިސްޓަރު ހައިދަރު ވަނީ މިދިޔަ ޖޫން މަހު ވިދާޅުވެފަ އެވެ. އެނގިފައިވާ ގޮތުގައި އެ ފްލެޓްތަކަށް މީހުންނަށް ވަދެވޭވަރު ވާނީ އަންނަ އަހަރުގެ ޖުލައި ނުވަތަ އޮގަސްޓް މަހު އެވެ.
ގެދޮރުވެރިޔާ މަޝްރޫގެ މައުލޫމާތު ހޯދަން އެޗްއާރްސީއެމްއިން ހައުސިން މިނިސްޓަރު އަލީ ހައިދަރާ ބައްދަލުކުރަނީ-- ފޮޓޯ: އެޗްއާރްސީއެމް
ކުރީގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން ވަނީ އެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަނޑައަޅައިފަ އެވެ. ނަމަވެސް، އެ ފްލެޓް ލިސްޓު އެކުލަވާލުމުގައި ބޭ އިންސާފުން ކަންކަން ކޮށްފައި ހުރި ކަމަށް ކުރެވުނު ތުހުމަތުތަކާ އެކު އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓް ދިނުން ހުއްޓުވައިފަ އެވެ.
އޭސީސީން ކުރި ތަހުގީގުން އެނގުނު ގޮތުގައި، އެ ލިސްޓުގައި ތިބި 60 ޕަސެންޓް މީހުން އެ ސްކީމަށް ޝަރުތު ހަމަނުވެ އެވެ. އަދި ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތީ އެންމެ 20 ޕަސެންޓް ފޯމުގަ އެވެ. އެހެންވެ، މި ސަރުކާރުން ނިންމާފައި ވަނީ އެ ސްކީމަށް ފުރަތަމަ ބުރުގައި ފޯމު ހުށަހެޅި އެންމެންގެ ފޯމުތައް އަލުން ރިވިއުކޮށް، އާ ލިސްޓެއް އެކުލަވާލުމަށެވެ. އެއީ 20،000 އަށް ވުރެ ގިނަ ފޯމެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން އިއުލާންކޮށްފައިވާ ލިސްޓު ރިވިއު ކުރުމަށް ފަހު ފައިނަލް ލިސްޓު އަންނަ މަހު އާންމުކުރާނެ ކަމަށް މިނިސްޓަރު ހައިދަރު ވަނީ މިދިޔަ ޖުލައި މަހު ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމާރު ރާޖޫ
13 September 2024
ތިތާކޮމިޝަން ރައީސުއަށް ވެސް ސޯލިހު ރާޖު ފުލެޓު ދިން
ބުއްރާސްޕަރީ
13 September 2024
ތި ލިޔަނީ ނުބައިކޮށް. ރަނގަޅު ގޮތަކީ "ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކޭމް" މިހެން.
ގޯރުނުދޯރު
13 September 2024
ފްލެޓަކީވެސް އިންސާނީ ހައްގެއް؟ އެހެންވީމަ އިންސާނާ އެދޭ ކޮންމެ އެދުމަކީ އިންސާނަކަށް ވީތީ އިންސާނީ ހައްގެއްގެ ގޮތުގައި ކޮމިޝަނުން ތި ދެކެނީ. ދެއްތޮ؟ މިކަމުގަ ވަކި ގޯހެއް ރަނގަޅެއް ހަލާލެއް ހަރާމެއް ހައްގެއް ބާތިލެއް ނެތް..
ޢަލްޓިކޯ
13 September 2024
ޢެޗް އާރް ސީއެމް ދާކަށް ނުޖެހޭ ފުލެޓް ބަހާތަނަކަށް ހައްގު ނުވާ މީހެއް ނުހުންނާނެ ދިވެހި ރައްޔިތެއް ވިއްޔާ ރައްޔިތު އެންމެންގެ ރުފިޔާއިން ބިންހިއްކާ ރައްޔިތުން އެންމެން ޒިންމާ ވާގޮތަށް ލޯނުއޮތީ.
އޮނަރަބްލް އަފީފު ދީދީ
13 September 2024
ދައުލަތުގެ މަޤާމްތަކަށާއި ސަރުކާރުގެ އިސްމަޤާމްތަކަށް ދުނިޔެއަށް ލޯހުޅުވިފައިވާ ތައުލީމީ ތެދުވެރި އިޙްލާސްތެރިމީހުން އައުމަށް ރައްޔިތުންއެދެނީ ހަމައެކަނި އެފަދަމަޤާމެއްގައި ހުންނެވީ ތަންދޮރުފިލާފައިވާ ތައުލީމީމީހެކޭ ބުނާކަށްނޫން އިގޭތޯ. # އުއްމީދަކީ ރައީސް މުއިއްޒުގެ ހައުސިންގ މިނިސްޓަރ ޑރ އަލީ ޙައިދަރު އަކީ ރައީސް އިބްރާހިމްގެ ވަޒީރު މާތޮޑާ އަސްލަމް ފަދަ ބަހާއިއަމަލު ދިމާނުވާ ވާހަކަދައްކަވާ މީހަކަށްނުވެ އިންސާފުން ކަންކަންކުރާ މީހެއްކަމަށްވުން.
އޮނަރަބްލް އަފީފު ދީދީ
13 September 2024
ވަޒީރު މާތޮޑާ އަސްލަމް މަޖިލީހުގައި ސާފުކޮށް ވިދާޅުވީ "ކ.އަތޮޅު މާލެސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެއްވެސްރަށަކުން ބިން ނުވަތަ ގޯތިދޫކުރުމަކީ ހަމަޖެހޭކަމެއްނޫން ކަމަށާއި، އެއީ އަމުދުން ދެމެހެއްޓެނިވިގޮތަކަށް ކުރެވޭނެކަމެއްނޫން ކަމަށްވާތީ، އެކަންހުއްޓާލަން ޖެހޭނެ" ކަމަށް. # މަޖިލީހުގައި މިގޮތަށް މިވާހަކަދައްކަވާފައި އިބްރާހިމް ސަރުކާރުގައި ތިއްވެބި "އިބްރާހިމްގެމައްޗަށް އަމުރުހިންގި މާލޭގެ ވަޒީރުންގެ ސަބަބުން" އަސްލަމް ދެއްކިވާހަކަ ބޮލާލާ ޖެހި.
އޮނަރަބްލް އަފީފު ދީދީ
13 September 2024
މަތީގައިދެންނެވި "ނުފޫޒުގަދަ ވަޒީރުންނާއި" އެޕާޓީގެ އަސާސީއުސޫލުތަކާއި ޙިލާފަށް ކަންކަންނިންމުމުގައި އިބްރާހިމްގެސަރުކާރަށް ބައިޢަތުހިފައިގެންތިބި ރައްޔިތުންގެމަޖިލީހަށް ރައްޔިތުން އިންތިޙާބުކުރުމުން ރައްޔިތުންދޫކޮށް "ސަރުކާރު މެންބަރުންކަމަށް ވަކާލާތުކޮށް" ސަރުކާރުކޮޅަށް އަރައިގެންތިބި މެންބަރުންގެބަހަށް މާތޮޑާ އަސްލަމް ޤާނޫނުއަސާސީއާއި ޤާނޫނަށް ފުރަގަސް ދިންގޮތަށް ޑރ އަލީ ޙައިދަރު ޒިންމާ އަދާކުރުމުގައި އެމަގު ޙިޔާރު ނުކުރައްވާނެކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
13 September 2024
ވަޒީރު މާރިޔާ، ޝާހިދު، ފައްޔާޒު އަދި ނަސީމް ބާރުއަޅައިގެން ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޙިލާފަށް ރައީސް އިބްރާހިމް ކ.މާލޭގެ ޤާނޫނީ ރަށްވެހިންގެތެރެއިން އެތައްހާސް ރައްޔިތުން (ދަފުތަރުގައިތިބި ކ.މާލޭގެ ވަޒަންވެރިން) ނަށް އެންމެކުޑަމިނުން ބައިވެރިވުމުގެ ފުރުސަތުވެސްނުދީ "ޤަބީލާވަންތަ ރޭސިސްޓްސިޔާސަތެއްގެދަށުން ތުބުން ކިރުނުނެއްޓޭ ކުޑަކުދިންގެ ބޯވެސްގުނައިގެން ހިލޭ ބިންދިންގޮތަށް" ފުލެޓް ލިސްޓްވެސްހަދާފައިވާތީ، އެލިސްޓަށް ފުލެޓް ދޫކޮށްގެންނުވާނެ.
ސައި
12 September 2024
ކަސްޓަމްމީހުންނަށް ސަތޭކަފުލެޓުލިބޭގޮތަށް ކަނޑައެޅީ ކޮއްގޮތަކަށްތޯ މިކަންވެސްޖެހޭބަލަން މިކަމުގެސަބަބުން އެތަށް ބައެއްގެހައްގުވަނީ ގެއްލިފަ
ފިޔަވަޅު
12 September 2024
ކަންތަކާ ލައިގަތީ . ބަލަ ކުރީ ސަރުކާރުން ހިޔާ އިން ލިބުނު ފުލެޓް ތައް އަތުލި އިރު މި ބައިގަނޑު ކޮބައިތޯ. ހިޔާއިން އަހަރެމެންނަށް ލިބުނު ފުލެޓް ވަނީ އަތުލާފަ