ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދަރިވަރަކަށް އިނާމު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް
12 ސެޕްޓެމްބަރ 2024 - 23:57
އޯލެވެލް އަދި އޭލެވެލް އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ ސަރުކާރުން ދޭ "މަތީ އަރުތަވެރީންގެ އިނާމު" 441 ކުއްޖަކަށް މިއަދު ދީފި އެވެ.
އެ ކުދިންނަށް އެވޯޑު ދިނީ ތިން ދަންފަޅިއަކަށް ބަހާލައިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާތަކުގަ އެވެ.
މިއަދުގެ ހެނދުނާއި މެންދުރު އަދި މިރޭ ބޭއްވި ޖަލްސާ އަށް ވެސް ވަޑައިގެން އެ ރަސްމިއްޔާތުތައް ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ފަހަރު މި ހަފުލާ ބޭއްވީ އެހެން ފަހަރުތަކާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުގެ ސްޕޮންސަޝިޕެއް ނެތި ސީދާ ސަރުކާރުގެ ހަރަދުގަ އެވެ.
ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދަރިވަރަކަށް އިނާމު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް
އޭލެވެލްގެ 2023-2022 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ގައުމީ ގަދަ 10 ގައި 376 ކުއްޖަކު ހިމެނުނެވެ. އޯލެވެލް އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަތައް 65 ކުއްޖަކު ހޯދި އެވެ.
އޯލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާ ހާސިލްކުރި ކުދިންގެ ތެރެއިން 18 ކުއްޖަކު ވަނީ ދުނިޔޭގެ ވަނަތައް ހާސިލްކޮށްފަ އެވެ.
ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެެރިވަނީ-- ފޮޓޯ: ރައީސް އޮފީސް
އޭލެވެލްގައި ރާއްޖެ އިން އެއްވަނަ 12 ކުއްޖަކު ހާސިލްކުރިއިރު، ސެޓްފިކެޓް އޮފް އެކްސެލެންސް (ތިން އޭ ސްޓާ ) 27 ކުއްޖަކު ހޯދި އެެވެ. އޯލެވެލް އިން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ 25 ކުއްޖަކު ހޯދި އެވެ. އަދި ރާއްޖޭން އެއްވަނައިގެ ތެރޭގައި 23 ކުއްޖަކު ހިމެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭޝަނަލް ދޯ
14 September 2024
ކޮބާ ބިލަބޮން، ފިންލަންޑް، ކުދިންކޮޅު؟
ފޭކުސްތާން
13 September 2024
ބޭކާރުކަމެއް އަހަރެންވެސް މީ އޭލެވެލް ޓޮޕް 10 އަށް މީގެ ވިހި އަހަރު ކުރިން ހޮވުނު މީހަކީމު. ތިއީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އަހަންނަށް މަތީލެވެލްއަށް ކިޔެވިފައި މިހުރީ ކޮންމެހެން ބަޔަކު ޓްޕް 10 ފާހަގަ ކޮއްގެން އިނާމު ދިނީމާއެއް ނޫން. ތިއން ދޭ ނުބައި މެސެޖު މާގޯސް. ކޮބާ މާކްސް އެވެރެޖް އެހެނަސް އެހެނިހެން ގޮތުން ޓެލެންޓް ހުރިކުދިން؟
ދެން ކޮންކަމެއް
13 September 2024
ބޭކާރު ކަމެއް
ހައިޝަމްް
13 September 2024
ސަރުކާރުން ދޭ ފައިސާއިން ދައްކުވައިދެނީ ތައުލީމަށް އެހީތެރިވުމަށް ވަރުގަދަ ކޮމިޓްމަންޓެއް
ނައުފަލް އަޝްރަފް
13 September 2024
އެހާ ގިނަ ދަރިވަރުންނަށް އެމީހުންގެ ބުރަ މަސައްކަތާއި ކާމިޔާބީތަކަށް ޝަރަފުވެރިކަން ލިބުނުތަން ފެނުމަކީ ވަރަށް ހިންހަމަ ޖެހޭ ކަމެއް.
ޖައިބެ
13 September 2024
މަރުހަބާ ހުރިހާ ކުދިންނަށް.
ބޭކާރު މާމަ
13 September 2024
ތަޓެނުލިބުނީދޯ
ސައީދުބޭ
13 September 2024
ވޯލްޑް ރޭންކް ދިނީ އޮޅުވާލާފާ. އެވެސް 1 ވަނަ އެކަނި. އެހެން ކުދިންނަކީ ނެތް ބައެއްކަމަށްހެދީ. ފުރަތަމަ ބުނީ އޯލެވެލް ޓޮޕް ޓެން ނުބާާއްވާނަމޭ. ބެލެނިވެރިން އަޑުގަދަކުރީމަ ބުނީ އެއީ ދޮގެކޭ ބާއްވާނަމޭ. ދެން ވާނުވާ އިނގޭނީ ވޯލްޑް ރޭންކިން ދިންއިރު އިހުމާލުން ފުރުސަތު ގެއްލުނު ދަރިވަރުން ކޯޓަށް ދިޔައީމަތަ؟ މަހަކު 1.7 މިލިއަން ރުފިޔާގެ މުސާރަދޭ 6 ސްޓޭޓް މިނިސްޓަރުންނާ، 8 ޑެޕިއުޓީންނާ 6 ޕޮލިޓިކަލް ޑިރެކްޓަރުން ތިބިޔަސް ދަނީ ސުމަކުން.
އަހްމަދު އަނީސް
13 September 2024
ރައީސް މުއިއްްޒް އަށް ސެލިއުޓް. ތިން ސެޝަނަށް ވަރުބަލި ކަމެއްނެތި އައީ
އިޝާން މުހައްމަދު.
13 September 2024
އަޅުގަނޑުގެ ދަރި ހުރީ ވަރަށް އުފަލުން މަނިކުފާނު މިތަނަށް ދިޔާމަ. ޝުކުރަން ރައީސް