"ވިކީ ވިދްޔާ ކާ ވޯ ވާލާ ވީޑިއޯ"ގެ ޕޯސްޓަރެއްގައި ރާޖްކުމާރް ރާއޯ އާއި ތުރިޕްތީ ދިމްރީ.
14 ސެޕްޓެމްބަރ 2024 - 06:01
ރާޖްކުމާރް ރާއޯ އާއި ތުރިޕްތީ ދިމްރީ އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ވިކީ ވިދްޔާ ކާ ވޯ ވާލާ ވީޑިއޯ"ގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
މި ކޮމެޑީ ފިލްމުގެ ޓްރެއިލާ ނެރުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއް ދުވަސްތެރޭގައި ޔޫޓިއުބްގައި އެކަނިވެސް ވަނީ 18 މިލިއަން ވިއުސް ލިބިފަ އެވެ.
"ވިކީ ވިދްޔާ ކާ ވޯ ވާލާ ވީޑިއޯ" އަކީ ބޮލީވުޑްގެ އެކްޓްރެސް މަލިކާ ޝެރާވަތު ގާތްގަނޑަކަށް ހަ އަހަރު ފަހުން ފިލްމީ ދާއިރާއަށް އެނބުރި އަންނަ ފިލްމެވެ. މި ފިލްމުގައި އޭނާ މުހިންމު ރޯލެއް ކުޅެ އެވެ.
މި ފިލްމުގައި ދައްކަނީ ކައިވެނީގެ ވީޑިއޯއެއް ރެކޯޑްކޮށްފައިވާ ސީޑީއެއް ވަގަށް ނެގުމުން އެ އަނބުރާ ހޯދަން އުޅުމުގެ ތެރޭގައި ދިމާވާ މަޖާ ކަންތައްތަކެކެވެ.
ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފިލްމުތައް ކަމަށްވާ "ޑްރީމް ގާލް" އާއި "ފްރީކާ އަލީ" އަދި "ވެލްކަމް ބެކް" ކަހަލަ ފިލްމުތައް ގެނެސްދިން ރާޖް ޝާންދިލްޔާ ޑައިރެކްޓުކުރާ މި ފިލްމު ޕްރިމިއާކުރަނީ އަންނަ މަހު 11 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޔަން
14 September 2024
ދެން މިއުޅޭ ދިވެހި ކުދީން މި ކޮޕީ ކޮށްގެން ކައިވެނި ވީޑިއޯ އެއް ހަދާނީ އެއް ނޫން