ކުޅިވަރު / އެފްއޭއެމް

އެފްއޭއެމުން އެޗްޑީސީ އަށް 8 މިލިއަން ރުފިޔާ ދައްކަންޖެހޭ، ފުޓްބޯޅަ ސްކޫލް ބިން ވެސް އަތުލައިފި

ެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް: އޭނާގެ ދައުރުގައި އެޗްޑީސީން ބިން ދިނީ ފުޓްބޯޅަ ސްކޫލެއް ހަދަން: އެކަމަކު އެ ބިމަށް ކލި ނުދައްކާތީ އެޗްޑީސީން ވަނީ ބިން އަތުލާފަ --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ފުޓްބޯޅަ ސްކޫލް ހަދަން ހުޅުމާލެ 1 އިން އެފްއޭއެމަށް ދޫކުރި ބިމަށް ކުލި ނުދައްކާތީ އެޗްޑީސީން އެ ބިން އަތުލައިފި އެވެ.

ބޯޑިން ސްކޫލެއް ގޮތަށް ފުޓްބޯޅަ އަށް ހާއްސަ ސްކޫލެއް ހެދުމަށް އެފްއޭއެމުން ބިން ހޯދައި އެކޮމެޑޭޝަން އިމާރާތެއް އެތަނުގައި ހެދި އެވެ. "ގައުމީ ފުޓްބޯޅަ ސްކޫލްގެ ނަމުގައި" އެ ތަން ހިންގަން ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯއާ އެކު 2021 ގައި އެފްއޭއެމުން އެއްބަސްވުމެއް ވެސް ހެދި އެވެ. އެކަމަކު، ފުޓުބޯޅަ ސްކޫލާ ގުޅޭ އެއްވެސް ކަމެއް ނުކޮށް، ފަހުން ފެނުނީ އެ ބިމުގެ ބައެއް ތަންތަން ވިޔަފާރިތަކަށް ކުއްޔަށް ދޫކުރި ތަނެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްވެ ހުރެ މިދިޔަ އަހަރުތަކުގައި ހިންގި ބޮޑު ހިޔާނާތާ ގުޅިގެން، އެ އިދާރާގެ ކަންކަން ބޮއްސުންލައިގެން ދިއުމުން އެ ތަން ހަމަޔަކަށް އަޅުވަން ފީފާ އިން ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ޗެއާމަން އަހުމަދު ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ ބެލުމުގެ ދަށުގައި އޮތް ބިން އަނބުރާ އެޗްޑީސީ އަށް ނެގި ކަން އެ ކުންފުނިން އަންގާފައިވާ ކަމަށެވެ.

FAM ge Gaumee Footboalha School ge project bimaa hama

FAM ge Gaumee Footboalha School ge project bimaa hama

The most trusted news source in the Maldives

Mihaaru

"މިހާރު" ގެ އާކައިވުން: އެފްއޭއޭއެމްގެ ގައުމީ ފުޓްބޯޅަ ސްކޫލްގެ ޕްރޮޖެކްޓް ބިމާހަމަ

ބައްސާމަށް އެޑްރެސްކޮށް އެޗްޑީސީން ފޮނުވި ސިޓީގައި ވާހަކަތައް ނޫސްވެރިންނާ ހިއްސާ ކުރައްވަމުން ޒުހޫރު ވިދާޅުވީ، އެ ބިމުގެ ކުލީގެ ގޮތުގައި 8 މިލިއަން ރުފިޔާ އެޗްޑީސީ އަށް ދައްކަން ޖެހެ އެވެ.

"އެ ސިޓީގައި ބުނެފައި އެބައޮތް އެފްއޭއެމުން އެ ބިން ވަކި ކުރި ވާހަކަ،" ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ރޫމްގައި ބޭއްވި މީޑިއާ ބްރީފިންގައި ޒުހޫރު ވިދާޅުވި އެވެ.

"އެކަޑެމީއެއް ހެދުމަށްޓަކައި އަޅުގަނޑުމެންނާ [އެފްއޭއެމާ] ހަވާލު ކުރެވިފައި އޮތް ބިމެއް. އެފްއޭއެމްގެ ކުރީގެ މެނޭޖްމެންޓުން އެކަމަށް އިސްކަމެއް ނުދެވި އޮތުމުގެ ސަބަބުން އަދި ދައްކަން ޖެހޭ ކުލި ނުދެއްކި އޮތުމުގެ ސަބަބުން އެ ބިން ވަކިކުރި ކަމަށް [އެޗްޑީސީން] ވިދާޅުވެފައި އޮންނަނީ."

ފުޓްބޯޅަ ސްކޫލް ހެދުމަށް އެފްއޭއެމަށް ދޫކޮށްފައިވާ ސަރަަހައްދުގައި އިމާރާތެއް ހަދަން ފަށާފައި: އެ ބިމުގެ ކުއްޔަށްވާ އަށް މިލިއަން ރުފިޔާ އެފްއޭއެމު ނުދައްކާ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެޗްޑީސީގެ ޗެއާމަންކަން ވެސް ކުރިން ކުރެއްވި ޒުހޫރު ވިދާޅުވިގޮތުގައި، އެފްއޭއެމަށް ދޫކުރި ބިމުގެ ކުލީގެ ގޮތުގައި 8 މިލިއަން ރުފިޔާ އެޗްޑީސީ އަށް ދައްކަން ޖެހޭކަން ލިޔެކިޔުންތަކުން ވެސް އެނގެ އެވެ.

"އެހެން ނަމަވެސް 8 މިލިއަން ރުފިޔާއަކީ އަޅުގަނޑުމެންނަށް މި ވަގުތު ދެއްކޭނެ ފައިސާއެއް ނޫން،" ޒުހޫރު ވިދާޅުވި އެވެ.

Football ge tharaggee ah feshi mashroouthah haraabuve gudhankoffai

Football ge tharaggee ah feshi mashroouthah haraabuve gudhankoffai

The most trusted news source in the Maldives

"މިހާރު" ގެ މެދު ސޮފްހާ: ފުޓުބޯޅައިގެ ތަރައްގީ އަށް ފެށި މަޝްރޫއުތައް ޚަރާބުވެ "ގުދަންކޮށްފައި"

އޭނާ ވިދާޅުވީ، އެޗްޑީސީ އަށް އަނބުރާ ބިން ނެގިކަން އެނގުމުން ސަރުކާރާ ވާހަކަ ދައްކައިގެން އަލުން އެ ބިން އެފްއޭއެމަށް ހޯދޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލާގައި އެޗްޑީސީގެ ވެރިންނާ ބައްދަލު ކުރައްވަން އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެންފައިވީ ނަމަވެސް އަދި ބައްދަލުވުން ހަމަނުޖެހޭ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

ބައްސާމްގެ ލީޑަޝިޕްގައި ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް ވަނީ އެތައް ބަޔަކަށް ބޮޑެތި އަދަދުތަކުން ދަރައިފަ އެވެ. ބައެއް މައްސަލަތައް ޝަރުއީ މަރުހަލާ އަށް ވެއްދުމުން ފައިސާ ދައްކަން އަންގައި އެފްއޭމްގެ މައްޗަށް ހުކުމްތައް ވެސް ވަނީ ކޮށްފަ އެވެ. އެކަމަކު، އެ ކުންފުނީގެ އެއްވެސް އެކައުންޓެއްގައި މިހާރު ފައިސާއެއް ނެތެވެ.

25 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަތްކައްކަް

19 September 2024

ފއމ ފައިސާއިންބގަނެގެން އުޅޭ އެޕާޓްމެންޓްތަކަށް ކިހިނެއްވާނީ؟ ނުވާނެދޯ އެއްވެސްކަމެއް؟ ގާނޫނުގެ ކުރުއަތް އެހާމަތީގަ އުޅުއްްވާ ބޭފުޅަކަށް ނުފޯރާނެދޯ؟ އެހެންވެ މިބުނަނީ ހަމައެއްބައެކޭ ވެރިކަމުގަ އެނބުރެނީ. ގުޅިގެނޭކަނީ

The name is already taken The name is available. Register?

އަބްޑޫޅް +

19 September 2024

ޕްފފފފފ

The name is already taken The name is available. Register?

ކުށްފުނި

19 September 2024

“އެ ކުންފުނީގެ އެއްވެސް އެކައުންޓެއްގައި މިހާރު ފައިސާއެއް ނެތެވެ.“ އެފް އޭ އެމް އަކީ ކުންފުންޏެއްތޯ؟

The name is already taken The name is available. Register?

ކެނެޑީ

19 September 2024

އެކަމު މިބައި ފޮހެލަން ބައްސާމު ދިޔަ ހައްޖަށްވެސް :ޕ

The name is already taken The name is available. Register?

ސޮކަރްނޯ

19 September 2024

ޒުހޫރު ގެ ހުރި ވަރެއް އެނގޭނެ ވަރަށް އަވަހަށް. ބަލަން ތިބޭތި. ވަރަށް މީރުކޮށް ކާނެ.

The name is already taken The name is available. Register?

މާކުންބޭ

19 September 2024

ޚަބަރުގެ ފަހު ލައިން، އެފް.އޭ. އެމް އަކީ ކުންފުންޏެއްތޯ؟ އަޅުގަނޑު ނުދެނެހުރިން، ބައްސާމަށްވެސް ހީވީ އެއީ އަމިއްލަ ކުންފުންޏެކޭ ތިމާ ސަކަރާތްޖަހަން.

The name is already taken The name is available. Register?

މެލޯ

19 September 2024

މިނިސްޓަރ ރުޅިމިއަންނަނީ ކ އޮތޮޅު މާލެ ކިޔާތީވެ މިކަންކަމާ މިނިސްޓަރ ވެސް އުޅެބަލަ

The name is already taken The name is available. Register?

ސަސި

19 September 2024

ތިޔަ ބިން ހޯދުމަކީ މާ ބޮޑުކަމެއްނޫން، ރައީސް ހަމަ ދަމްނަވާލަން ޖެހޭނީ.

The name is already taken The name is available. Register?

ބުރަދާ

19 September 2024

ކ.އަތޮޅު އުތުރުބުރީ މާލޭގައި އޮންނަ ޓެނިސް ކޯޓުދޮށަށްދާ ގުރޫޕު އެކަކު އަނެކާ ބާއްވާ މުބާރާތަށް ކިޔަނީ "ގައުމީ" ޓެނިސް މުބާރާތް، މިބުނާ މުބާރާތް ބާއްވާތާ 50 އަހަރުވީއިރު ރާއްޖޭ އެހެން އެއްވެސް ރަށެއްގައި ކޯޓުގަނޑެއް އެބައޮތްތޯ. މިހުންނަނީ މިކަހަލަ ހަބަރުތަކާއިއެކީ ވިސްނަންޖެހޭ ކަންކަން.

The name is already taken The name is available. Register?

ހިތުން މަރަޑޯނާއިން ހުސް

19 September 2024

ރާއްޖެތެރޭ އެއްވެސް ރަށެއްގެ ކައުންސިލުން ކީއްވެބާ ފުޓްސެލް ދަނޑު ނާޅާ ޓެނިސް ކޯޓެއް އަޅަން ނޫޅެނީ؟

The name is already taken The name is available. Register?

ސަމްތިންގ

18 September 2024

ކޮބާ މާޒިޔާގައި ތިބި ބޮަޓުންތައް. ކިހިނެއްވެގެން އަނގަ މައިތިރިކޮށްގެން ތިޔާތިބީ އެއްޗެއް ނުބުނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454