ދަސްވެނިވުމުގެ ހަފުލާއެއްގައި ބައެއް ދަރިވަރުން ބައިވެރިވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
07 އޮކްޓޯބަރ 2024 - 13:55
މިއަހަރުގެ މިހާތަނަށް 300 އަށް ވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް 53 ސްކޮލާޝިޕް ސްކީމް އިއުލާންކޮށް، 345 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
- އޭލެވެލް އިމްތިހާނުތަކުން އެއް ވަނަ ދަރަޖައިން ފާސްވާ ދަރިވަރުންނަށް ރައީސް ދެއްވާ ސްކޮލަޝިޕް
- ހައި އެޗީވާސް ސްކޮލާޝިޕް
- އެކައުންޓިން ސްކޮލާޝިޕް
މިހާތަނަށް އިއުލާން ކޮށްފައިވާ ސްކޮލާޝިޕްގެ ފުރުސަތުތަކުގެ ދަށުން 681 ދަރިވަރުން ރާއްޖެ އާއި ރާއްޖެއިން ބޭރުން ކިޔަވަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިހާރު ސްކޮލާޝިޕް ދޫކޮށްފައިވާ ޗައިނާ އާއި ތުރުކީ އާއި އިނގިރޭސިވިލާތާއި އަދި ޖަޕާން ފަދަ ބޭރުގެ ގައުމުތަކުގައި ކިޔަވާ ދަރިވަރުން ކިޔަވަމުން އަންނަނީ ހުރިހާ ހަރަދަކާއެކު އެ ގައުމުތަކުގައި ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތުތަކުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ އިބުރާހިމް
07 October 2024
ކޮބާތަ މީގެ ބޭނުމަކީ، ކިޔަވައިގެން ނުކުންނަ ކުދިންނަށް ވަޒީފާއެއް ލިބެނީކީ ނޫން. މިހާރުވެސް ސިޔާސީ މަޤާމްތަކަށް ވަޒީފާތައް މި ބަހާލަނީ، އެޔެއް މިޔެއް ބަލާނުލާ. ގުރޭޑް 7 ގެ ފެންވަރު ނެތް މީހާއަށްވެސް ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމް، 20000 ރުފިޔާގެ މުސާރަ. ޑިގްރީއާއި މާސްޓަރސް ހަދައިގެން އައިސް ސިވިލްސަރވިސް ވަޒީފާއެއްގަ 12000ރ ނުލިބޭ. ކިޔެވުމުގެ ބޭނުމެއް ނެތެއްނު.
ސުހާނާ
07 October 2024
މިއަހަރު މިހާތަނަށް އިޢުލާނުކުރިކަމަށް ބުނެފައިވާ ރައީސް ދެއްވާ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަކީ މި އަހަރު އަލަށް ފެށި ކަންކަމެއް ނޫން. އެއީ ކުރިއްސުރެ ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ ސްކޮލަރޝިޕްތަކެއް.