މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް، މާލޭގެ ސްކޫލުތަކުގެ 19 ދަރިވަރަކަށް މިރޭ ލިބިއްޖެ އެވެ.
އޭލެވެލް އިމްތިހާނުގައި ރައީސްގެ ސްކޮލާޝިޕް ލިބުނީ ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުގެ ހަ ދަރިވަރަކާއި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގެ ހަ ދަރިވަރެއްގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރެއް އަދި އަރަބިއްޔާ ސްކޫލުގެ ތިން ދަރިވަރަކަށެވެ.
ރައީސްގެ ހާއްސަ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކައި މިރޭ ހުރަވީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުން އެއްވަނައިގައި ހިމެނުނު ހަ ދަރިވަރުން:
1. ތީބާ އަލީ ޝަފީއު
2. އައިޝަތު ޖަނާން އަހުމަދު
3. އަހުމަދު ޒާހު ވަދީފު
4. ރަޔާން އަހުމަދު އަލީ
5. އައިޝަތު ލީސާ ސައީދު
6. މައިހާ ހަސަން މުހައްމަދު
ސީއެޗްއެސްއީ އިން އެއް ވަނައިގައި ހިމެނުނު ހަ ދަރިވަރުން:
1. އަބްދުﷲ ޒަޔާން ޒުހުރީ
2. އަލި ސައުދާން ޝަހީން
3. ހަސަން ބަނީން ޝުރޫތް
4. މުހައްމަދު އަބާން
5. މުހައްމަދު ލޫތް އިބްރާހިމް ޒިޔާއު
6. މުހައްމަދު ސާމިހް ޝަފީގް
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އެއް ވަނައިގައި ހިމެނުނު ހަތަރު ދަރިވަރުން:
1. އަބްދުﷲ ފިރުޒާން އަހުމަދު
2. ލަޔާން މުހައްމަދު ރަޝީދު
3. ރަޒާން އިބްރާހިމް ރަޝީދު
4. ޔުމްނު ޔަމާން އަލީ
އަރަބިއްޔާ ސްކޫލުން އެއް ވަނައިގައި ހިމެނުނު ތިން ދަރިވަރުން:
1. އަބްދުލް މަތީން މުހައްމަދު
2. ހުސެއިން ވާއިލް މުހައްމަދު
3. ފާތިމަތު އިމްޝާ އިބްރާހިމް