ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ބިލެތްދޫގައި ކުރިއަށް ގެންދާ މުޒާހަރާގައި ދެ މީހަކު ބެނާއެއް ހިފަހައްޓައިގެން.---ފޮޓޯ: ސޯޝަލް މީޑިއާ
03 މާޗް 2017 - 16:41
ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް އެ އަތޮޅު ބިލެތްދޫގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާ އިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ ރަށުގެ ކައުންސިލްގެ މެމްބަރު ހުސެއިން މައުމޫން ވިދާޅުވީ ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ބެނާއެއް ހިފަހައްޓައިގެން ތިބި ދެ ފިރިހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންގެ އިތުރުން ގާތްގަނޑަކަށް އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް މައުމޫން ވިދާޅުވި އެވެ. އެކަމަކު އެ މީހުން މިހާރު ވަނީ ދޫކޮށްލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބިލެތްދޫގެ މުޒާހަރާ އިން އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށާއި ހަމަނެޖުހެން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
މައުމޫން ވިދާޅުވި ގޮތުގައި ފުލުހުން ބަލައި ފާސްކުރުމަށް ފަހު ނޫނީ ބިލެތްދޫން މަހަށް ވެސް އަދި ދޯނި ފަހަރަށް ރަށާ ވެސް ކައިރި ނުކުރެވެ އެވެ.
ބިލެތްދޫގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން.---ފޮޓޯ: ސޯޝަލް މީޑިއާ
"ހުކުރަށް ފަހު މަހަށް ދާން، ދޯންޏަށް އެރީމަ ފުލުހުން ބަލައި ފާސްކުރުމަށް ފަހުގައި ނޫނީ ނުފުރޭ. އަދި އެހެން ދޯނިފަަހަރަށް ވެސް ރަށާ ކައިރި ކުރެވޭނީ ފުލުހުން ޗެކް ކުރީމަ،" މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބެނާ ނުވަތަ ޝުއޫރުފާޅުކުރަން ފޮތިގަނޑެއް ގެންގުޅުނަސް އެކަމާ މިހާރު ފުލުހުން ސުވާލުކުރެ އެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓާފައިވާ ކަމަށް މައުމޫން ވިދާޅުވެ އެވެ.
ބިލެތްދޫގެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މައުމޫން ވިދާޅުވި ގޮތުގައި، ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުގެ އެއްވެސް ފަރާތަކުން ހާމަނުކުރުމެވެ. އެހެންވެ އާންމުން ތިބީ އޮޅުންގަނޑެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ފ. އަތޮޅު ސައުދީ އަށް ވިއްކާލަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާއިރު، މި މަހުގެ ތިން ވަަނަ ހަފުތާގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ ރާއްޖެ ވަޑައިގަންނަވަން ހަމަޖައްސަވައިފަ އެވެ. މިދިޔަ ހަފުތާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ފ. އަތޮޅު ވިއްކާލަން ނޫޅޭ ކަމަށާއި އެ އަތޮޅުގައި ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަފީސާ
05 March 2017
ފ.އަތޮޅު ވިއްކުމަކީ ނަފްސު ވިއްކާލުން. ތަރައްޤީ އަކީ އަމިއްލަ ބިން އެހެން މީހުންނަށް މިލްކްު ކޮށްދިނުމެއްނޫން. ދިވެހިންގެ ފަސްގަނޑު ދުވަހަކުވެސް އެހެން ބަޔެއްގެ މިލްކަކަށް ވާކަށް ނޭދެން. ދަހިފޫޅު ނުވޭ ތިވަރަށް.ފަހުން އަންނަނަްތިބި ޖީލުތަކުގެ ޙައްޤުތަށް ފޭރިގަތަ ދީގެން ނުވާނެ. ހުޅުމާލޭ ކުދި ގޮޅިތަކަކީ ނަފްސާނީ ބޮޑު ބައްޔެއް.
ނިލަންދޫދާއިރާ
05 March 2017
ސަޢުދީން ބުނީ ބޮޑު އިންވެސްޓްމެންޓަކަށް 99 އަހަރު ކަމަކުނުދޭ. ބިން މިލްކުކުރެވޭގޮތް ހަދާށޭ. މަޖިލީހުން ކުރިކަމަކީ 4.9 މިލިއން ޑޮލަރު އިންވެސްޓްުރީ. ޤާނޫނުއަސާސީ ބަދަލުކުރީ. ބިންމިލްކުރެވުމަކީ ވިއްކުމެއްނޫން. އެއީ ތަރައްޤީ
ބުނީމަ
04 March 2017
ސުވާލަކީ ތި މުޒާހަރާކުރި މީހުންނަށް ޔަގީންހޭ ވިއްކާލަނީކަން؟ ހަމަ ބަޔަކު ކިޔާހާ އެއްޗެއް ގަބޫލުކުރުން އެއީ ވަރަށް ބޮޑު މައްސަލައެއް. މަޝްރޫއާ ބެހޭ އެތައް މައުލޫމާތެއްވެސް ހާމަކޮށްފި އެކަމު މިކިޔަނީ އެއްވެސް އެއްޗެއް އާއްމެއްނުކުރެއޭ. ޓީވީން އެންމެ ޗެނަލެއް ބަލަންޔާ ވާނީވެސް އެހެން.
އަބްދުއްލާ އަލީ
04 March 2017
ފ. އަތޮޅު ނިލަންދޫ މީހުން ކުރެން އަހާބަލަ . ނިލަންދޫއަށް އިންޖީނެއް ގަންނަން ނަސީދު އާ ފައިސާ ހަވާލުކުރީމާ އެފައިސާ އަށް ހެދިގޮތާ ގެނެސްދިން އިންޖީނަށް ވީގޮތާއި ބާއިންޖީނަކަށްވެގެން އިންޖީނު ބޭނުންނޫންކަމަށް ބުނުމުން ފައިސާދޭން އެދުމުން ނަސީދު ދިން ޗެކަށް ވީގޮތް ނިލަންދޫ މީހުން ކުރެން އަހާބަލަ .ނަސީދު މެން ފ. އަތޮޅަކަށް ރަނގަޅުކަމެއް ވިޔަކަ ނުދޭނެ.
އަބްދުއްލާ އަލީ
04 March 2017
މައުމޫނު ވެސް ވިދާޅުވާން ނުޖެހޭ ވާހަކަ ވިދާޅުވޭ . އެކަމުން އަމިއްލަ ސަޕޯޓް ގެއްލުންނޫންކަމެއްނުވާނެ. ސަބަބަކީ ފ. އަތޮޅުގަނެފަ ސައޫދީ އަކުން ކަމެއްނުކޮށް ނުބާއްވާނެ. ފ. އަތޮޅުވިއްކާލައިފިނަމަ އެއަތޮޅުގާ ތިބި މީހުނަށް ހުޅުމާލެ އިން ގެދޮރު ދީފިނަމަ އަތޮޅު މީހުނަށާ ދަވްލަތަށް ވެސް މަންފާ. ސަބަބަކީ އެއަތޮޅުން މީހުން ބާލައިފިނަމަ 500 މިލިއަންރުފިޔާއަށް ވުރެ ބޮޑުއެއްޗެއް ދަވްލަތުގެ ބަޖެޓުން ސަލަމަތް ކުރެވޭނެ. އެއަތޮޅުގަ ކުރާ އިންވެސްޓްމަންޓުން. ބިލިއަނަކަށް ވުރެ ބޮޑުމަންފާ ދަވްލަތަށްލިބޭނެ. އަތޮޅުރައްޔިތުންނަށް އަތޮޅުގާތިބެގެން ވަޒީފާ އާ ފުދުބން ތެރިކަމާ ސިްހީފަރުވާއަ ތައުލީމު ލިބޭފަދަ ވަސީލަތް ހިމިތީ ފަޅުން ލިބޭގޮތް ވެއްޖެ ނަމަ ފ. އަތޮޅުގެ ހުރިހާރައްޔިތުން ވެގެން ދާނީ ރާއްޖޭގާ ތިބި އެންމެ ތަނަވަސް މީހުނަށް
އަބްދު
04 March 2017
ވިއްކާލީމާ އެ ގަންނަ ބަޔަކު އިސްވެސްޓް ކުރީމާ ވޭތަ މި ގައުމަށް އަންނަ ތަރައްގީ އަކަށް. މަލިކުގަ ބަޔަކު ކިތަންމެ އިންވެސްޓެއް ކުރިޔަސް އެވާނެތަ މިރާއްޖެއަށް އަންނަ ކުރިއެރުމަކަށް؟ ގައުމު ވިއްކާލާފަ ލާރިގަޑު ހިފައިގެން ފިލީމާ ހުންނާނީ ވިސްނިފަ. ކުރިން ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ.
ނާނީ
04 March 2017
ކީއްވެގެންބާ ފ. އަތޮޅު ބޭނުންވަނި؟ ތިކަމުގައިކޮންމެސްކަމެއް އޮންނާނެ؟ ކޮންމެވެސްމީހަކު މިއަށް ޖަވާބެއްދީ؟
ވިސްނާތި
04 March 2017
މަސްއޮޑި ނަސީމް މެން ޓްރޭޑްގެ އިންވެސްޓްމަންޓް ބިއުރޯ ހަދައިގެން 10 އަހަރު ދުވަހު އުޅުނު އިރު ވެސް އެމެންނަށް ކަޓް ލިބޭ ގޮތަށް ވެސް އެމެންނަށް ކުރެވިފައި ހުރީ ވަރަށް މިނި ކަންކަމެވެ. ސަބަބަކީ އެމެންގެ ބަސް އަޑުއަހައިގެން ސައުދީ ކިންގްޑަމް ހޯލްޑިންގް ކުންފުނީގެ އިންވެސްޓްމަންޓް ރާއްޖެ އަށް ނާންނާނެއެވެ. ސަބަބަކީ އެއީ ފުރަތަމަ ވެސް އެމެންނަށް އަޅަން ޖެހޭ ކަޓް ބޮޑު ވެފައި އަދި އެމެންގެ ހިއްސާ އޮންނަ ގޮތަށް ހަދާ ކުންފުންނަކަށް ނޫނީ އެމެން ސައުދީ އިންވެސްޓްމަންޓް ރާއްޖެ އަށް އަޔަ ނުދޭނެއެވެ. ނާސިރުގެ ވެރިކަމުގައި ނޫނު އަތޮޅަށް ޖަޕާނު ބަޔަކު މިލިއަން ޑޮލަރު މަސްވެރިކަމަށް އިންވެސްޓް ކުރަން އުޅުމުން އެކަން ނުވީ ވެސް އެއީ ނާސިރަށް ބައިއަޅާ ގޮތަށް ނާސިރު ގެ ހިއްސާ އޮންނަ ގޮތަށް އެކުންފުނި ނުއުފެއްދީމައެވެ. ކަން މިހެން ހުރުމުން މިފަދަ ކަންކަމަކީ މީ ފާފު އަތޮޅު ރައްޔިތުން ވިސްނަން ޖެހޭނެ ކަމެކެވެ.
ހަސަން
04 March 2017
އަސްލު ވާގޮތަކީ މިރާއްޖެ ތަރައްގީ ވާތީ ޔާމިން ދެކެ އަންނަރުޅި މިނުންކޮންކަމެ ސާބަހޭ ޔާމިން.
ތަރައްގީ
04 March 2017
އެމްއެމްޕީއާރުސީގެ ބިލިޔަން ޑޮލަރުގެ ހިޔާނާތުން އެގޭ ތަރައްގީވާ މިންވަރު. ރައްޔިތުންގެ މަޖިލިސް މެންބަރުން ކައިރީ ވިދާޅުވެފައެއްނު އޮތީ އަދީބު ބެއްސެވި ފައިސާއަކީ ތިމަން މަނިކުފާނުގެ ފައިސާއޭ
ބުރޯ
03 March 2017
ރާއްޖޭގެ ތާރީޙް ރަނގަޅަށް ކިޔާލަބަލަ... ހަަމަ ހުރެފަ އެއްޗެކޭ ބުންޔަސް ކަމަކު ނުދާނެ..