ކްރިމިނަލް ކޯޓް: ދެ ކިލޯ ޑްރަގާ އެކު އިންޑިއާ ދެމަފިރިން ވަނީ ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކޮށްފައި --- ފޮޓޯ/މިހާރު
17 އޮކްޓޯބަރ 2024 - 15:20
ރާއްޖެއަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށްފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލާގައި ހައްޔަރުކުރި އެ ދެ މީހުން ރާއްޖެ އައިއިރު، އެ މީހުންގެ ލަގެޖުން ދެ ކިލޯގެ ޑްރަގް ފެނުނު މައްސަލާގަ އެވެ. އެ މައްސަލާގެ ތުހުމަތުގައި، މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.
ކޯޓު އަމުރުގައިވަނީ އެ މީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް އެމީހުން ކުރި ކަމަށް ތުހުމަތެއް ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.
އަމުރުގައިވަނީ ބުނީ އެމީހުންނަށް ތަރުޖަމާނަކު ހަމަޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ހަމަޖެހިފައިނުވާ ކަމަށާއި އެކަމަކު ތަހުގީގުކުރާ ފުލުސް މީހާއަށް ހިންދީ ބަސް އެނގޭ ކަމަށް ބުނުމުން، އޭނާ މެދުވެރިކޮށް ތަރުޖަމާކޮށް ދީފައިވާ ކަމަށް އަމުރުގައިވެ އެވެ.
އެމީހުންގެ ބަންދަށް ކުރު މުއްދަތެއް ދީފައިވަނީ ވަނީ ތަރުޖަމާނަކު ނެތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޮހައިލުބޭ
18 October 2024
އަޅެފަހެ ކޮބައިތަ ފޮޓޯ. ހަމަ ސޯލިހުގެ ގަލަން. ޢެމީހުންބުނެފިއްޔާ ސޮއި ކޮށްލާފަ. މިމީހުން ވީމާ ފޮޓޯ ނުޖަހާފަ. މިފަހަރު ގޫޅުން އިތުރަށް ހަރުދަނާ ވެ ފުރިހަމަ ވާނެ ކަމުގެ އަޅަމާތް
ރަދީފު ބިން ރަފައިދާ
17 October 2024
މާގިނަދުވަހަކު ނިހިފޭއްޓޭނެ. އެމީހުން ނިސްބަތްވާ ސްޓޭޓުމިނިސްޓަރު ސަރުކާރަށް ދަންނަވައިގެން އެމީހުން ސަލާމަތްކޮށް ގައުމަށް ގެންދާނެ. ސަލާމަތްނުކޮށްފިއްޔާ "ބޮންއަޅައިގެން"ނަމަވެސް ގެންދާނެ.
ޖަމީލުބެ
17 October 2024
ތިއީ ހިފަހައްޓާ މިންވަރު! ނުފެނިދާ މިންވަރު ކިހާވަރެއް ވާނެބާ! ހިތާމަ ހުރި.
ނަން ތަފާތީ
17 October 2024
އިންޑިޔާ ދެމަފިރިން، ހިޔެއްނުވޭ ހިފެހެއްޓޭނެހެނެއް، ސޯލިހު ނިކިޔަސް ހަމަ ސޯލިހު.
22222
17 October 2024
ކޮބާ ފޮޓޯ؟
ލޮނު މަޑޫލު
17 October 2024
ކޮބާ ފޮޓާ އާއި ދާއިމީ އެދުރެސް.. ދިވެއްސެނަމަ މުޅިމީހާ ފަޡީޔަތް ކޮށް މުޅި ރާއްޖެއަށް އޭނެ މަޝްހޫރު ކުރީސް.
ބާސީ
17 October 2024
ފޮޓޯ ނަގާ ކެމެރާ މައްސަލަ ޖެހިގެން ގޮޓޯއެއް ނުނެގުނު.