ޚަބަރު / ސިނގިރޭޓް

ވޭޕް މަނާކުރުމާ ހަމައަށް ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި

މާދަމާ އިން ފެށިގެން އަންނަ މަހުގެ 15 ގެ ނިޔަލަށް ރާއްޖެ އަށް އެތެރެކުރާ ވޭޕުން ޑިއުޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށް، ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރާށެވެ. އެކަން ތަންފީޒުކުރުމަށް ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

މަޖިލީހުން މިއަދު ފާސްކުރި އިމްޕޯޓު އެކްސްޕޯޓު ގާނޫނުގައި ވަނީ، ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 ޕަސެންޓާއި ވޭޕް ސްޓިކަކުން 8 ރުފިޔާ ނެގުމަށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އާލަތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން 8 ރުފިޔާ ނަގަން ވަނީ ފާސްކޮށްފަ އެވެ.

މި އިސްލާހުތަކުގެ ސަބަބުން ދައުލަތަށް އިތުރު ހަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި އެކަމަކު ބަދަލު ގެނެސްފި ނަމަ، އިމްޕޯޓު ޑިއުޓީގެ ގޮތުގައި އަންނަ އަހަރު ލިބޭ އާމްދަނީ 1.5 މިލިއަން ރުފިޔާ އަށް އިތުރުކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ބިލްގައިވެ އެވެ.

އިމްޕޯޓު ޑިއުޓީ އާއި ރޯޔަލްޓީ ރެވެނިއު މާފުކުރެވޭނެ ހާލަތްތަކަށް އިސްލާހު ގެނައުމަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ.

އާއްމުކޮށް ސިނގިރޭޓް ފޮއްޓެއް މިހާރު ވިއްކަނީ 100-110ރ. އާ ދެމެދުގަ އަގެއްގަ އެވެ. ޑިއުޓީގެ ރޭޓުތަކަށް ގެންނަން ނިންމި ބޮޑު ބަދަލާ އެކު އެ އަގަށް 100 އެއްހާ ރުފިޔާ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ވޭޕް މަނާ ކުރުމަށާއި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅަން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ވެސް އޮތީ އިސްލާހު ހުށަހަޅައިފަ އެވެ. އެ ބިލު މިވަގުތު އޮތީ ކޮމިޓީގަ އެވެ.

19 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަރަކަ ފަރީދާ

01 November 2024

އެއްވެސް ވެރިޔަކައް ނުކުރެވި ކުރަން ނުކެރިއޮތީ މަރުގެ ހުކުމް ތަންފީޒުކުރުން އެކަންވެސް ކޮއްލަންވީ އޭރުން ފާލުން ނެއްޓިފަކާ ނޯންނާނެ ބިރުގަންނާނެ ކާކު މަރުވާން ބޭނުންވާނީ

The name is already taken The name is available. Register?

ދަހި ސައުދާގަރު

01 November 2024

ސުއްޓާ އެތެރެކެރާ ގޮނޑަ އިސްމެހެލާ ބެނީ ވައްޓަލާށުމާއު

The name is already taken The name is available. Register?

އަޖްމަލް

31 October 2024

ދުންފަތާ ދެކޮޅަށް ސަރުކާރުން މިކުރާ މަސައްކަތް ވަރަށް ކަމުދޭ

The name is already taken The name is available. Register?

ހައުލަތް

31 October 2024

ދެންވެސް އިދިކޮޅުން ބުނާނެ މިކަން ނުކުރާނެޔޭ. ދެން ކީކޭ ބުނާނީ

The name is already taken The name is available. Register?

ނޫރު އިސްމާއިލް

31 October 2024

މި ސަރުކާރުން ކަންކަން މިކުރަނީ ހަމަ ގައުމުގެ ނަފާއަށް. ހަގީގަތަކީ މިއީ

The name is already taken The name is available. Register?

ހަސަން ނިހާމް

31 October 2024

އުފާވެރި ހަބަރެއް. މިކަން ހުއްޓުވަން ޖެހޭ

The name is already taken The name is available. Register?

މައުސޫމް

31 October 2024

ދުންފަތުގެ ވަބާއިން އަހަރުމެންގެ މުޖުތަމައު ސަލާމަތް ކުރަން ތި ކުރާ މަސަކަތް ބަލައިގަންނަން

The name is already taken The name is available. Register?

ސުފްޔާން

31 October 2024

މި ސަރުކާރުން ކުރިޔަސް ރަނގަޅުކަމެއް ވާނީ ރަނގަޅު ކަމަކަށް. ފުރިހަމަޔަށް ތާއީދު

The name is already taken The name is available. Register?

ކެންސަރ

31 October 2024

މިނިންމުމަށް ތާއީދު ކުރަން. ކަމުނުދަނީ ށަރުކާރުން ކަމެއް ހުއްޓުވުނުގެ މަޤޞަދުގައި މިކުރާކަމަށް ލިބޭނެ އާމްދަނީއަކަށް އަމާޒުކޮށް ހިސާބުތަކަށް ބަރޯސާވާކަން. މިސާބުން ސުވާލު އުފެދޭ ސަރުކާރުގެ ނިޔަތް ހަމަ ރަނގަޅުތޯ.

The name is already taken The name is available. Register?

ކޮރަލް

31 October 2024

ބައެއް ފުލުހުންނާ ސަރުކާރުގެ ބައެއް އޮފީސްތަކުގެ މީހުން ޔުނީފޯމް ގަ އާއްމުންގެ ތެރޭ ވޭޕް ކޮށް ސިނގިރެޓް އެބަ ބޮއެވެ. މިއީ ވ ދެރަކަމެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454