އެމްއެމްއޭ: އާންމުންނަށް ދޭ ހިދުމަތްތައް ރަސްމީ ހުރިހާ ދުވަހެއްގައި ދޭ ގޮތަށް ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
13 ނޮވެމްބަރ 2024 - 15:54
އެމްއެމްއޭއިން އާންމުންނަށް ދޭ ހިދުމަތްތައް ރަސްމީ ހުރިހާ ދުވަހެއްގައި ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
މީގެ ކުރިން އެމްއެމްއޭއިން އެ ހިދުމަތް ދެމުން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ހަމައެކަނި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. ނަމަވެސް މި ބަދަލާ އެކު، އެމްއެމްއޭ ހުޅުވާފައި ހުންނަ ކޮންމެ ދުވަހަކު އާއްމުންނަށް ބޭންކިން ހިދުމަތް ލިބޭނެ އެވެ.
އެމްއެމްއޭއިން ގެނައި މި ބަދަލާއެކު ވެސް އާންމުންނަށް ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކިއު ތަރުތީބުންނެވެ. އަދި އެކި ހިދުމަތްތައް ދޭން ވަކި ގަޑިތަކެއް ވަނީ ކަނޑައަޅައިފަ އެވެ. ހިދުމަތްތައް ދިނުމަށް އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަޑިތަކަކީ:
- ވަކި ލާރި ދޫކޮށް އަދި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރު 11 އަށް.
- ހަލާކުވެފައިވާ ނޫޓަށް ބަދަލު ދިނުން: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް.
- އެހެނިހެން ޚިދުމަތްތައް: ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް.
އެމްއެމްއޭއިން މި ބަދަލުތައް ގެނެސްފައިވަނީ އާއްމުންނަށް ވީހާ ވެސް ފަސޭހައިން ހިދުމަތްތައް ދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy