ކެފޭ އަކަށް ވަދެ މީހަކަށް ގޮނޑިން ހަމަލާދިން މީހާ.
16 ނޮވެމްބަރ 2024 - 13:47
ހުޅުމާލޭގެ ރާކަނި ބީޗުގައި ދެ މީހަކު ކޮފީއެއްގައި ރޭ ތިއްބައި އެ ތަނަށް ވަދެ އެ މީހުންނަށް ހަމަލާދީ، މާރާމާރީ ހިންގި މައްސަލާގައި ހައްޔަކުރިކުރި މީހާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ހ. ހޯގުޅާމަންޒިލް މުހައްމަދު ޝަމްއޫން، 41 ތަހުގީގަށް ބަންދު ކުރުމާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މީޑިއާ އަށް ނުދެ އެވެ.
ޝަމްއޫނަކީ މި އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާ އަށް ކުރިމަތިލި ނަމަވެސް ނާކާމިޔާބުވި ކެންޑިޑޭޓެކެވެ.
ރާކަނި ބީޗު ކެފޭގައި އޭނާ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ބަޔަކު ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ ފެންނަނީ ރޭ 11 ޖަހަނިކޮށް ދެ މީހަކު ކޮފީއެއްގައި ތިއްބައި ސައިކަލެއްގައި އިތުރު ދެ މީހަކު އެ ކެފޭ ކައިރިއަށް މަޑުކުރާ މަންޒަރެވެ. އެ ތަނުން އެކަކު ކެފޭއަށް ވަދެ، އެ ތަނުގައި ކޮފީއެއްގައި އިން މީހަކަށް ގޮނޑިން ހަމަލާދޭއިރު ސައިކަލުގައި އިން އަނެއް މީހާ ވެސް އެ ތަނަށް ވަދެ އޭނާ ކޮއްޕާލަ އެވެ.
ގައިގައި ތަޅާ އެ މީހާ އަށް އަނިޔާކުރާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، ރާކަނި ބީޗުގައި ދެ މީހެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓް ލިބިގެން އެ މައްސަލަ ބެލި ކަމަށެވެ.
ސޯޝަލް މީޑިއާގައި ވީޑިއޯ ހިއްސާކުރި މީހާ ބުނީ އޭނާގެ ކޮއްކޮ، ކޮފީއެއްގައި އިންދާ ހަމަލާދިން މައްސަލާގައި އެކަކު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ނަމަވެސް ދެން އެ ތަނަށް ވަތް މީހާ ވަނީ ދޫކޮށްލާފައި ކަމަށެވެ. ނަމަވެސް އެ މީހާ ވަނީ މަރާލާނެ ކަމުގެ އިންޒާރު ދީފައި ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްޓޭ
22 November 2024
އޭނަ ހައްޔަރު ކުރިތަ؟ އޭނާ ގެންދިޔަރޭވެސް އުޅުނު ހުޅުމާލޭތެރޭ..........
ޙަސަން އަޙްމަދު
18 November 2024
އަށާރަ އަހަރު ނުވެ އެއްމެ މަހެއް ވެފައިވާ ކުޑަކުއްޖަކު ގެއަށް އަންނަމުން މުސްކުޅި ކާފައަށް ގަނޭޝް ޕެކެޓެއް ގަނެފިއްޔާ އެ ވިއްކި އެގޭ ދޮށު އެންމެން ދަންނަ ސޭޓު އެތައް ލައްކައަކުން ޖޫރިމަނާ ވާ އިރު މި ކަހަލަ ޖަރީމާތައް އެންމެން ކުރިމަތީ ހިންގާލީމާ ވެސް ދޫކޮށްލަނީ.
ކަތްދައްތަ
17 November 2024
ވައިކަރަދޫ ދާއިރާއަށް ލިބުނު މުތެއް ފަދަ ބޭފުޅެއް. ގަޓުހުރި ބޭފުޅެއް. ކުރަން ނުކެރޭނެ ވަކިކަމެއް ނޯންނާނެ. ނުހޮވުނީ މިބޭޅާއަށް ވުރެ ވައިކަރަދޫ ދާއިރާގެ ރައްޔިތުން ސިޔާސީ ގޮތުން ހިޔަޅުވީމަ.
ކީއްވެކަން އިނގޭތަ؟
17 November 2024
ޖެހުން ކަޑަ. އެކަމަކު މި ހިސާބަށް މިކަން ދިޔަ ސަބަބަކީ ކޮބާ ތޯ ބަލާލަބަލަ
ކައްޕަޅި
18 November 2024
ތިޔަށް ވުރެ ކަންބޮޑުވާން ޖެހެނީ މާރާމާރީ ހިންގުމާ ދޫވާ ގޮތެއް.
ވޯލް
17 November 2024
މިކަހަލަ މީހުން މަޖިލީހަށް މި ކުރިމަތިލަނީވެސް. ދެން ސަރުކާރުގެ މެމްބަރު ތިޔަ ކުށްވެސް ޝަރީޔަތްވެސް ކުރިއަށް ނުދާނެ.
ފަތަފޮޅިރޫބެލް
17 November 2024
ޕީއެންސީ ގެ މިސްރާބު ހުރިގޮތްމީ. ނޯ ޗޮއިސް.
ތެފައާސާ.
17 November 2024
"....ޝަމްއޫނަކީ މި އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާ އަށް ކުރިމަތިލި ނަމަވެސް ނާކާމިޔާބުވި ކެންޑިޑޭޓެކެވެ...." ޕޮލިސް މަގްޝޮޓުގައިވެސް ޓީޝާޓުގައި ލޭ ހޭކިފައިހުރިތަން އެބަފެނޭ.... ހެކި ނެތިގެންތޯ ދޫކޮށްލީ؟؟
ަހެކި ދޯ
17 November 2024
އެ ލެޔަކީ ޝަމްޢޫނުގެ ލޭ. ވާނުވާ އިނގިގެން ވާހަކަ ދައްކަބަލަ
ފަތޮ
17 November 2024
މީނަ ފަހަތުއަޅުވައިގެން މިއަށްވުރެ ރަނގަޅު މީހަކު ނެތިގެން އުޅުނު ވައިކަރަދޫ މީހުންތައް ކޮބާ؟ ٱلْحَمْدُ لِلَّٰهِ މީނަ ނުހޮވުނުކަމަށް
އެމީލިއޯ
17 November 2024
އެ ނިމުނީނު އެކަން......ސިންޕަލް ކަމެއްނު ތީ.
ރަންނަ
17 November 2024
ކިތައްފަހަރު މިތާ ކޮމެންޓް ކުރާނީ ކުއްވެރިންގެ ހައްގުތަކަށް އަރައި ނުގަންނާށޭ. އޭނާގެ ގޭންގާ އޭނާއަށް ތާއީދުކުރާ ސިޔާސީ ވެރިންނަށް ލިބުނު ގެއްލުމަށް ކާކު ޒިންމާ ވާނީ؟