މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުން --
19 ނޮވެމްބަރ 2024 - 16:34
ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅުނު މައްސަލާގައި ހައްޔަރުކުރި ފަސް މީހުން ބަންދުން ދޫކޮށްލައިފި އެވެ.
ހުޅުމާލޭގެ އޯކިޑްމާ ހިނގުމުގައި، ކާރެއްގެ ތެރޭގައި، ދިވެހި ފިރިހެނަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައެއް ފުލުހުންގެ އިދާރާ އަށް ހުށަހެޅުމުން ބަލަން ފެށީ މި މަހުގެ 11 ގަ އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ދަފްތަރު ނަމްބަރު 9022 ތޮލާލް މޫސާ އާއި ހދ. ކުމުންދޫ، ރަތްބަގީޗާގޭ ހުޝާމް އިބްރާހިމާއި ހަމަ އެ ގޭ އާދަމް ޝަރީފާއި ގ. ކަޅަގާރިމާގޭ، ހުސެއިން ހައިކަލް ނިޔާޒު އަދި ހުޅުމާލެ ފްލެޓް ނަންބަރު 71-1-04 އަހުމަދު ރިޝްފާން އެވެ.
އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ.
ރަހީނު ކުރި މައްސަލާގައި ހައްޔަރުކުރި އިތުރު މީހެއް.-- ފޮޓޯ: ޕޮލިސް
ފުލުހުން މިއަދު ބުނީ އެ ފަސް މީހުން ބަންދުގައި ބައިތިއްބަން ނުފެންނާތީ ދޫކޮށްލީ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏަސް އިތުރު ތަފްސީލެއް ނުދެ އެވެ.
ރަހީނުކުރި މައްސަލައެއްގައި ހިމެނޭ އެންމެން ދޫކޮށްލާފައި ވާއިރު، މި މަހު ހަތްވަނަ ދުވަހުގެ ރޭ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ވެސް 12 މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެ މައްސަލާގައި އެ މީހުން ހައްޔަރުކުރީ ރަހީނު ކޮށްފައިވާ މީހާގެ އިނގިލި ބުރިކޮށްލަން އުޅެނިކޮށެވެ.
ފަހަކަށް އައިސް ރަހީނު ކުރުމުގެ މައްސަލަތައް އިތުރުވެފައި ވާއިރު، އެ މައްސަލަތަކުގައި ކަން ހިނގި ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންތިބެ
20 November 2024
ލާހޫރޭ ރާއްޖެ
ސޖޖސޖ
20 November 2024
ޙަޤީޤަތާއި ޚިލާފު ބުނުމަކަށް ބަޔަކު ހައްޔަރުކުރުން ބަލައިނުގަނެވޭ
ސަމްގާ
20 November 2024
ރައީސް އަޑުގެ ކޮޅަށް ބާރުލާފައި ގައުމުގައި ތިބި ވިޔަފާރި ވެރިންނަށް ބަވާ ހަދައެވެ. ކުއްވެރިން ހަމަ މިހަރަ ދަނީއެވެ. މިވެސް ރައީސްގެ ރަހުމާއި އޯގާތެރިކަމެވެ. ހަމްދަރުދީއާއި ކުލުނެވެ. އަދުގެ ހާލަތެވެ.
ޑރ ވާންޗޯ
19 November 2024
ކުަރަންއުޅޭކަމަކާ ކުރެވުނުކަމަކާ ދިމާވަނީކީނޫން. ކުރިންކީއެއްޗަކާ ފަހުންކީއެއްޗަކާ އޮޅުންފިލުވަން މިޖެހެނީ ތަރުޖަމާނަކު ހޯދަން. ގައުމަށް ކިހިނެއްތަމިވަނީ، އޮޔާދަނީތަ؟
އައިމީ
19 November 2024
ފަލަސުރުޚީއެޅިއްޖެ. ކެޔޮގަނޑު ކަނޑައިލެވިއްޖެ. ވާނެގޮތް ތިވީ.
އިންޓަރނަލް މެސެންޖަރ
19 November 2024
އަޅުގަނޑަށް ލިބުނު މައުލޫމަތަށް ބުރަވެ ބުނޭވޭނެ ބަހަކީ ރަހީނުކުރެވުނު ކަމަށް ބުނާމީހާ އަށް ތަލާލު މޫސާ ވިއްކި ކާރަށް ދައްކަންޖެހިފައިވާ 40000 ސާޅީސްހާސް ރުފިޔާ ނުދީ އޮވެގެން ހިނގިކަމެއް. ހައްޔަރުކުރި އިރު ތިބީއަކީ ކާރަކުނޫން، އެބުނާ ރަހީނު ފޯނުކޮއްގެން ބުނިތަނަކަށް ތަލާލު ދިމުން ފުލުހުން ހައްޔަރުކުރީ.
ފިލިވަގު
20 November 2024
ހާދަ ވާހަކަ ވިހައޭ ދޯ. އެހެން މީހަކު އެބަބުނޭ އެޕާޓްމަންޓެއް ވިއްކަން ލާރިނަގާ، ތަން ހަވާލުނުކުރުމުން ދިމާވި ކަމެކޭ. ރައްޓެހިންނާއި އާއިލާއިން މީހުން ސަލާމަތްކުރަން ލައްކަ ދޮގު ހަދާނެ.
ޓީމް މަލްޝާ
19 November 2024
ރައީސް މުއިއްޒަކީ އޯގާތެރި ވެރިއެއް
ހަސަނޭެ
19 November 2024
ނޫސްވެރިން އެބަޖެހޭ ރަނގަޅުކޮށްލަން. ފޭސްބުކްގަ މިތަނުން އެކަކުގެ އާއިލާ މީހެއް އޮތް މިއީ ރޭވުމަކުން އަނިޔާ ލިބުނު މީހާ ކުރި ކަމެއްކަމަށް. އަނިޔާ ލިބުނު ކަމަށް ބުނާ މީހާ، މި މީހުންނަށް އެޕާރޓްމަންޓެއް ކުއްޔަށްދޭނެކަމަށް ބުނެ ފައިސާ އަތުލާ، ތަނާ ފައިސާ ނުދީ ކުރިކަމެއްކަމަށް. ހަމަ މިހެންވެސް ވެދާނެ. މިކަން އެކްސްޕްލޯ ކޮށްލިނަމަ ވ ސަޅިވީސް
ފިލިވަގު
20 November 2024
ހާދަ ވާހަކަ ވިހައޭ ދޯ. އެހެން މީހަކު އެބަބުނޭ ކާރެއް ވިއްކައިގެން ދިމާވި ކަމެކޭ. ރައްޓެހިންނާއި އާއިލާއިން މީހުން ސަލާމަތްކުރަން ލައްކަ ދޮގު ހަދާނެ.
މިއު
19 November 2024
ފުލުހުން މިއަދު ބުނީ އެ ފަސް މީހުން ބަންދުގައި ބައިތިއްބަން ނުފެންނާތީ ދޫކޮށްލީ ކަމަށެވެ. ދެން ކީކޭ ބުނަންވީ؟ ބޮޑު ކޯލެއް އައީތަ ރަހީނު ކުރާ މީހުން ދޫކޮށްލަން
މިއުނާ
19 November 2024
ދެން ފުލުހުން އެމީހުންގެ އަބުރުގެއްލުވާލާފައިވާތީ އަގު އަދާކޮއްދޭންވާނެ
މުރީދުއަލިފުޅުބެ
19 November 2024
ރަގަޅު. ދެން މާދަމާރޭ ދެކާރުތެރޭގައި ދެމީހަކު ރަހީނުކޮށް ރާހުތަށްލީމަ ލިޔަންތިބޭމީހުން ލިޔެލާނެ. ކުރިންވެސް މިބާވަތުގެ ކުށަކަށް ޕޮޒިޓިވްވި މީހެކޭ. ކޮންކަމަކާއި ހާސްވާހަކަށް