ޒުވާން ހަތީބުން ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވި ކުއްޖަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު ލިޔުން ހަވާލުކުރައްވަނީ: މި ޕްރޮގްރާމް މިފަހަރު 209 މީހުން ވަނީ ފުރިހަމަ ކޮށްފައި --- ފޮޓޯ/އިސްލާމިކް މިނިސްޓްރީ
20 ނޮވެމްބަރ 2024 - 14:44
ހުތުބާ ކިޔުމާއި އިމާމްވެ ހުކުރު ކުރުމުގެ ހުއްދަ 18 އަހަރު ނުވާ 270 ކުދިންނަށް އިސްލާމިކް މިނިސްޓްރީން ދީފި އެވެ.
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނީ އެހެން ތަމްރީނުތައް ވެސް ދޭ ޕްރޮގްރާމެކެވެ. މިއީ ގްރޭޑް 10 އާއި ގްރޭޑް 11 އަދި ގްރޭޑް 12 ގައި އުޅޭ ކުދިންގެ އިތުރުން ސްކޫލު ނިމިފައިވާ ޒުވާން ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި އެ މިނިސްޓްރީގެ އިސްވެރިން، ޒުވާން ހަތީބުން ޕްރޮގްރާމުގެ ނިންމި ދެވަނަ ބެޗުގެ ދަރިވަރުންނާ އެކު.-- ފޮޓޯ: މިނިސްޓްރީ
މި ސަރުކާރަށް އަހަރެއް ވި އިރު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު އާންމުކުރި ބުކްލެޓްގައިވާ ގޮތުން ތިން ބުރެއްގެ މަތިން މިހާތަނަށް 270 ކުދިން ހުތުބާ ކިޔުމާއި އިމާމްވެ ހުކުރު ކުރުމަށް ތަމްރީނު ކޮށްފައިވެ އެވެ. އެއީ:
- ފުރަތަމަ ބުރު (މާލެ) 75 ކުދިން
- ދެވަނަ ބުރު (މާލެ) 177 ކުދިން
- ތިން ވަނަ ބުރު (އައްޑޫ) 18 ކުދިން
ޒުވާން ހަތީބުން ޕްރޮގްރާމް ފުރިހަމަ ކުރި ކުއްޖަކު އިމާމުވެ ހުކުރު ނަމާދުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ދައުރުގެ ތެރޭގައި 1،000 ހަތީބުން ތަމްރީނު ކުރުމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައި ވަނީ އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހީމު
21 November 2024
ވަގުތީ މިސްކިތް ކޮބާ. ރޯދަމަސް ކުރިއަށް އޮތީ. މިހާރުވެސް އަޒީޒާ މިސްކިތް ބާރުބޮޑުވޭ
އަސްލު......
20 November 2024
އިމާމުވެ ނަމާދުކުރުމާއި ހުކުރު ނަމާދޔުކުރެއްވުން ސިޔާސީ ނުކުރެއްވުންއެދެން......
ނިއްޕެ
20 November 2024
ވަރަށްވެސް ފުރިހަމަ ޕްރޮގްރާމްއެއް. ސަރުކާރުގެ އަމާޒެއް އިނިއްޔާ އެ އަމާޒަކަށް ވާސިލު ވާނެ. އެކަމަކު ނެތް ޝައްކެއްވެސް
ޔޫހާން
20 November 2024
ދައުރު ތެރޭ 1000 ހަތީބުން ތަމްރީނު ކުރެވިއްޖެއްޔާ އެއީ ވަރަށް ބޮޑު ކަމެއް. ރަނގަޅު ޖެނެރޭޝަންއެއް ބިލްޑް ވެގެން ދާނެ
ރައޫފް އަލީ
20 November 2024
ބޮޑެތި މީހުން ކިޔަވާ ގޮތަށްވުރެ ކުޑަކުދިން ކިޔަވާ ގޮތް މާ ރީތި.
ހާޝިމް އާއިޒް
20 November 2024
ރައީސް މުއިއްޒުގެ މިކަހަލަ ކަންތަކަށް މަ ވަރަށް ތާއީދު ކުރަން. ދީނާ ގުޅޭ ކަންކަމަށް ދޭ އަހައްމިއްޔަތު ކަން ވަރަށް ބޮޑަށް ބަލައިގަންނަން
އަހުސަނު
20 November 2024
މާޝަﷲ. ވަރަށްވެސް ހިންހަމަ ޖެހޭ ހަބަރެއް
އިމާމް
20 November 2024
އަހަރެންނަށް ނުވިސްނެނީ އަށާރައަހަރުނުވާއިރު ހުތުބާގެ ކިޔާއެއްޗެށް މީ ކިހާވަރެށްގެ އެއްޗެއްކަން މި ކުދިންނަށް އެގޭބާވައެވެ.
ނަރިގިސް
20 November 2024
15 އަހަރު ވުމުން މުކައްލަފެއް
ޖިންބެ
20 November 2024
ކުދިންނަށް ނޭގެންވި އެއްވެސް ސަބަބެއް ނެތް. ކިޔާ އެއްޗެސް އެންމެ ރަނގަޅަށް ބޮލަށް ވަންނާނީވެސް ޒުވާން އުމުރުގަ ފެށީމަ. ހާދަ ހުނަރެއް ހުންނާނޭ ފަހުން ބޮޑު ވެގެން
ސިކުނޑި
20 November 2024
އޭގައި އޮތް އެއްޗެއް އެނގޭ މީހުން ބޭނުމެއް ނޫން. އޭގައި އޮތް އެއްޗެއް އޭގައި އޮތްގޮތަށް ކީމަ އެނިމުނީ. ސިކުނޑިކިޔާ އެއްޗެއް އޮތީމަ ކަމަކުނުދާނެ.