ލޯބިވެރިޔާއަށް ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ.
24 ނޮވެމްބަރ 2024 - 17:45
ލޯބިވެރިޔާގެ އޮރިޔާން މަންޒަރުތައް ލީކުކޮށްލާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުވާ ފުލުސްމީހާ، އެ މައްސަލައާ ގުޅޭ ހެކި ނައްތާލާފައިވާ ކަމަށް ފުލުހުން ކޯޓުގައި މިއަދު ބުނެފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އއ. މަތިވެރި، ފަޒާ، ޒައިދާން މުހައްމަދު، 19 އެވެ. އޭނާއަކީ މަތިވެރި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެކެވެ.
ބްލެކްމެއިލްގެ ތުހުމަތުކޮށް ޒައިދާން ހައްޔަރުކުރީ މި މަހު 14 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް މަތިވެރި މެޖިސްޓްރޭޓް ކޯޓުން ކުރިން ދިން މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ވަނީ އިތުރު 10 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.
ކޯޓު އަމުރުގައި ބުނި ގޮތުގައި، ބްލެކްމެއިލް ކުރުމުގެ ކުށް، އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅައިފަ އެވެ. ހެކީގެ ގޮތުގައި ތަހުގީގީ ބަޔާންތަކާއި އިތުރު ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
މި ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު އޭނާ އަތުގައި ހުރި ފޮޓޯތައް ލީކުކޮށްލައި، ބިރު ދެއްކުމުގެ ކަންކަން ހިންގާފައިވާކަން އެނގޭނެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
"މި މައްސަލާގައި މީނާގެ ފޯނު ނައްތާލައި، ހެކި ނައްތާލާފައިވާ ކަމަށް ފުލުހުން ތުހުމަތުކުރޭ، އަދި މިކަމަށް ބާރުދޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވޭ،" ކޯޓު އަމުރުގައި ބުންޏެވެ.
ޝަރީއަތުގެ މަޖިލީހުގައި ދިފާއުން ވަނީ މީހަކު ޖާމިނުކޮށް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްދިނުމަށް ވެސް އެދިފަ އެވެ. ނަމަވެސް، މީހަކު ޖާމިނުކޮށް ދޫކޮށްދިނުމަށް އެދިފައިވާ ފޯމު ފުރިހަމަ ނުވާ ކަމަށާއި ޝަރުތު ފުރިހަމަވާކަން އެނގޭނެ ލިޔުމެއް ވެސް ހުށަހަޅާފައި ނުވާތީ، އެ ކަންކަން ފުރިހަމަ ކުރުމުން އަލުން އެކަމާ މެދު ގޮތެއް ކަނޑައަޅާނެ ކަމަށް އެ އަމުރުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
25 November 2024
މިކަހަލަ މީހުން އެއްވެސް ގޮތަކަށް ދޫކޮށްލައިގެން ނުވާނެ. އަދި ޚާއްސަކޮށް، އަމަން ބަލަހައްޓާ މުއައްސަސާގައި ހުރެ ކުށްކުރިމީހެއް ދޫކޮށްލުމަކީ ހިންގަމުންދާ ތަހްޤީގާ ޝަރީއަތާ ނުފޫޒު ފޯރުވާ ކުށުން ރެކިގަތުމަށް ދެވޭ ފުރުސަތެއް. އޭނާ ދަންނަ ގުޅުން އޮންނަ ފަރާތްތައް ތަހްޤީގީ އިދާރާގައި ތިބޭނެ. ރާއްޖޭގައި މަސްލަހަތު ފުށުއެރުމަކީ ވަރަށް ގާތްކަމެއް އަދި އެފަދަ ހާލަތުގައި އަމިއްލައަށް ކަންކަމުން ދުރުވާވާނީކީވެސް ނޫން.
ކާނިފް ހަސަން
25 November 2024
މިދެން ވައްތަރީ ފުލުހެއްވީމަ އޭނަ ސަލާމަތްކުރަން ފުލުހުންދައްކާ ވާހަކަހެން. ހެކިނައްތާލީވެސް ފުލުހުންހެން ހީވަނީ!
ފިކުރު
25 November 2024
މީހަކަށް އަދި އަމުދުން ކިރިޔާ 18 އަހަރު ފުރިފައިވާ ކުއްޖަކު ޒިންމާދާރު ވަޒީފާއެއްގައި އުޅެނިކޮށް އޭނަގެ ލޯބިވެރިޔާ ދެމެދު ހިނގާ ކަމެއްގައި ކުއްޖާގެ ދުވަސް ދުއްވައިލުމަކީ ދެރަކަމެއް. ރަސްމީކޮސް ތަހުގީގުކޮށް އަނބުރާ ރަނގަޅު ކުއްޖެއްގެ ގޮތުގައި މުޖުތަމައަށް ނެރެވޭތޯ ބެލުން ވަރަށް މުހިންމު.
ޒައިކް24
24 November 2024
ފުލުހުންގެ އަގުލާޤާ ސުލޫކު މިވަރަށް ވެއްޓެއްވީ ސަބަބެއް ނޭނގުނު.. ކުރިން ނުފެންނާނެ ޔުނިފޯމްގަ ސިނގެރޭޓެއް ބޯތަންވެސް.. މިިހާރު ސައިހޮޓާތަކަށް އަރާ ހަޑިއެއްޗެތި ގޮވާ ވޭޕްކޮށް ވެސް އުޅޭ ޔުނިިފޯމުގަ ތިބެ.. ފުލުހުންނަށް އޮތް ރެސްޕެކްޓާއި އިތުބާރު ގެއްލުނީ މިހެންވެ..
އުއްތަމަ އުސްތާޛް
24 November 2024
މިހާ ޅައުމުރުގައި މިކުއްޖާ ގަންހިންގާ އާދައިގެ ލޯބިވެރިންގެ ދެމެދު ޖެހޭ ކުށެއްގައި މުޅި މުސްތަޤްބަލު ނަގާލަން ނޫހުގައި އިސްތިހާރުކުރުމުގެ ކުރިން އެލޭނެ އެހެން ފިޔަވަޅުތައްވެސް ހުންނާނެ.
ހާއިބްރީ
25 November 2024
ނޭމް އެންޑް ޝޭމްއަށް ރާއްޖޭގެ ކޯޓުތަކަށްވުރެ ރައްޔިތުން އިތުބާރުކުރޭ. އަހަރެމެން ބޭނުން މިފަދަ މީހުން އެނގެން.
ޖަޒްބީ
24 November 2024
ފުލުހުން ހުރިހާ ހެއްކެއް ހުށައެޅީމޭ އެބުނީ..ދެން ކޮން ހެއްކެއް ނައްތާލީ..ރަނގަޅަށްވިއްޔާ އެއުޅެނީ އެހެން ކަމެއްނެތީމަ ހެކިނައްތާލީއޭ ކިޔާ ކުށެއްގަ ބައްދަން..
ކީކޭ
24 November 2024
ލޯބިވެރިންނަށް "އޮރިޔާން ފޯޓޯ" ފޮނުވުމުގެ ބޭނުމަކީކޮބާ؟
1828
24 November 2024
ތިސުވާލު ކުރަންވާނީ ލޯބިވެރިންގެ ތެރެއިން ތިޔަބުނާ ޒާތުގެ ފޮޓޯ ފޮނުވާ ފަރާތްތަކާއި.
އިހްސަސް
24 November 2024
މިބާވަތުގެ ކަންކަން ކުރެވެނީ އަންހެން ވެރިންގެ ތެރޭގައިވެސް ލޯބިވެރިޔާ ބުނާއިރަށް އޮރިޔާން ފޮޓޯ ނަގަން އޯކޭ ވާތީ ކަމަށް ބެލެވޭ. ނޫނީ ގަދަކަމުން.
ލޯޔަރޭ
24 November 2024
ނައްތާލި އެއްޗެއް ހުރިކަން އެނގެނީ ޝައްކެއްނެތް މިންވަރަކަށޭ ނުބުނެވޭނެ … ވ ސަލާން
1828
24 November 2024
ތި ގޯސްވަނީ. އޮންނާނެ 'ފުލުހުންގެ އިންޓެލިޖެންސް ރިޕޯރޓް' ކިޔާ ރިޕޯރޓެއް. އެއަށް ނޭނގޭކަމެއް މި ދުނިޔެމަތީގައި ނުހިނގާނެ.
ދޮހޮއްތު
24 November 2024
19އަކީ ވަރައް ޅައުމުރެއް … މާސިންގާ ކުއްވެރިއަކު ތައްޔާރުނުކޮއް …ރިހެބިލިޓޭޓްކުރުން ބުއްދިވެރި
އެޑްމުންޑޯ
25 November 2024
ތިބުނީ ރަގަޅަށް ، އަސްލު ނޫސްތަކުން މިހަކަލަ މައްސަލަތކުގައި ވިސްނަންޖެހޭ ،
އިބުރާ
26 November 2024
ކުށުގެ ވެށީގައި އުޅޭ ގިނަ ކުދިންނަކީ ތިޔަށްވުރެ މާ ހަގު ކުދީން. މީނަގެ ވެސް ބެގްރައުންޑަކީ ކޮބާ ކަމެއް ނޭނގޭ.