ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ސަރުކާރަށް ފާޑު ކިޔުން ކުށަކަށް ހެދުމަކީ ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވި --- ފޮޓޯ/މިހާރު
30 ނޮވެމްބަރ 2024 - 22:37
ސަރުކާރަށް ފާޑު ކިޔުމަކީ އަދަބު ލިބޭ ކުށަކަށް ހެދުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލި، ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާ ގުޅިގެން ފުލުހަށް ހާޒިރު ކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
ސަރުކާރަށް ފާޑުކިޔުމަކީ ކުށެއްގެ ގޮތުގައި ހަދައި، އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ރައީސް މިގޮތަށް ވިދާޅުވީ މީހަކަށް ބިރު ދެއްކުން ފަދަ ގޮތަކަށް ދޭހަވާ ގޮތަކަށް "އެކްސް" ގައި ޕޯސްޓެއް ކުރި ކަމަށް ބުނެ، އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށް ހުސައިން ޝާފިއު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާތީ އެވެ.
ޝާފިއު އަށް ފުލުހުން ފޮނުވި ޗިޓުގައިވާ ގޮތުން އޭނާ މާދަމާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ހަޑިހުތުރު ބަސް ބޭނުންކޮށް، ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި މި މަހުގެ އަށް ވަނަ ދުވަހު ކުރި ޕޯސްޓަކާ ގުޅިގެން ސުވާލު ކުރުމަށެވެ.
އެއީ ސިނގިރޭޓު އަގުބޮޑުވުމާ ގުޅިގެން ނުރުހުން ފާޅުކޮށް އޭނާ ކޮށްފައިވާ ޕޯސްޓެކެވެ. އެ ޕޯސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ހަޑިހުތުރު ބަސް ބޭނުންކޮށް، ސިނގިރޭޓު ފޮއްޓެއް ގަތީ 270ރ. އަށް ކަމަށް ބުނެފައިވެ އެވެ. އެ ޕޯސްޓު ނިންމާލަމުން "މަށަށް ކަލޭ މަގެއް މަތިން ނުފެއްނާތި" ކަމަށް ބުނެ އިންޒާރު ދެ އެވެ.
ޝާފިއު އަށް ފުލުހުން ފޮނުވި ޗިޓާ އެކު، އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ވިދާޅުވީ ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް ވެފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިންގެ އަބުރަށް އުނިކަން އަންނަ ފަދަ ގޮތަކަށް ވާހަކަ ދެއްކި ކަމަށް ބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދުގެ މައްސަލަ ބަލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް މިދިޔަ ހަފުތާގައި ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެއްކުން
02 December 2024
ސަރުކާރުގެ ބޮޑެއް މަރާލިޔަސް މިހާރު އިބޫ ސޯލިހުމެންނައް ގޯހެއް ނުވާނެ. ނިމިދިޔަ އެމްޑީޕީ ވެރިކަމުގަ ކިތައް މީހުންގެ މައްސަލަ ބެލިތޯ އަދި އަންހެނުން ފަހާ ސިފައިންވެސް ދުއްވި ބިރުދައްކަން
ސޯލިހު
02 December 2024
ސޯލިހުމެން ފެނުނަސް، ސޯލިހުމެންގެ ނަން އިވުނަސް ރުޅިގަނޑު އިންތިހާ ދަރަޖައަށް އަރައިގެން ދޭ. އަހަންނެއް ގަބޫލެއް ނުކުރަން ފަހުވަގުތު ހުޅުމާލޭ ބިންތައް ބަހާ ހުސްކުރީ ވެރިކަން ހޯދަން ކަމަކަށްވެސް. ނުލިބޭނެކަން އެނގުނީމަ ކުރި ކަމަކާ ވައްތަރީ. ޔައުނީ އެއްބަޔަކަށް ފައިދާ ކުރުވަން، އެެއްބަޔަކު ރުއްސަން އެއްބަޔަކަށް ގައުމުގެ އެންމެ އަގުބޮޑު ރައުސުލްމާލު ބަހާ ހުސްކޮށްލި ޢައްދާރުންނޭ ކަލޭމެން
އަބްޑޫޅް +
02 December 2024
މި ރައީސުމީހާގެ އަބުރަށް އަރައަރައިގަތުމުގެ ކުށަށް އަހުރެން ސިފައިންގެ ގެޔަށް ހާޒިރު ކުރަން ޖެހިއްޖެ ނަމަ، އެ ވެރީން އަންނަން ޖެހޭނީ، އެއްކަލަ އިންޑިޔާ މީހުން ދިން، ހެލިބޮކުޓަރާއި، އިންޑިޔާ މީހުން ދިން، ޓުރެކްޓަރާއި، އިންޑިޔާ މީހުން ދިން، އަލިފާން ގާޑިޔަލާއި ހިފައިގެން، އިންޑިޔާ މީހުން ދިން، މަނަވަރުގަ. އާދެބަލަގަ، އަހުރެން މިހުރީ، ހޭވައްލާ ތައްޔާރުވެ، ބަތްތަށްޓަށް ހުސިޔާރުގަ.
ހަސަންވބެ
01 December 2024
ހުޅުމާލޭ ފޭސް ތިނެއްގައި އެބައިން ބިންކޮޅެއް، ގާތް މީހުންނަށް ބަހާލަދޭން އުޅެބަލަ.
ހަސްނަވބެ
01 December 2024
އިންޒާރު ދިނުމަކީ ފާޑު ކިޔުމެއްނޫން. އެކަން އެނގޭނެ ރައީސް ނަޝީދުއަށްދިން ހަމަލާއިން ވެސް. އެތައް އިންޒާރެއް ދިނުމަށްފަހު މަރުގެ އެތިފަހަރެއް އެދިނީ.
ޙަސަންކަލޯ
01 December 2024
ކަންކަމަށް ފާޑެއްނޫންނކިޔަނީކީ. ޤައުމުގެ ހައްޤުގައި ފާޑު ކިޔާ މީހަކު ބިނާކުރަނިވި އޒފެއއދުންތެރި ޚިޔާލު ފާޅުކުރަން ޖެހޭނީ. އުބޫމެން ފާޑުނކިޔަނީ ތިމާމެން ނުޤަވާއިދުންނާ ޤާނޫނާ ޚިލާފުކަމެއް އެހެން މީހަކު ކޮށްފިނަމަ ސަރުކާރު ވައްޓާލަން ނޫނީ ސަރުކާރަށް ދުއްޕާން ކުރަން ކޮށްފައިހުރި ފާޑުކިއުން.
ށެކިމް
01 December 2024
ޢިބުރާހިމާ، އިބުރާހިމް 68 ބިލިޔަނުގެ ލޯނުނަގާފަ ބިން ހިއްކާފަ އެޔެއްމިޔެއް ނުބަލާ އެބިންތައް ހިލޭ ބަހާފަ ދިޔަ މީހާތީ! ދެން އަހަރުން ބޮލަށް ޗިޕު ޖަހަން ނޫޅޭ!
ކިނާރީ
01 December 2024
މަގެއްގެ މަތިން ނުފެންނާށޭ ލިޔުން އެއީ މައްސަލައަކަށް ވާން ޖެހޭ . އެއްވެސް މީހެއްގެ އަމިއްލަ މަގެއް މިގައުމުގެ އެއްވެސް ތަނެއްގަ ނެތް. އެހެންވީމަ އަހާ އޮޅުން ފިލުވުން އެއީ މައްސަލައެއް ނޫން . މާބޮޑަށް ހަނިކޮއް ވިސްނަނީ . ތިމާގެ ފާޓު ފުޅާ ކަމަށްގަބޫލު ކުރާނެނަމަ އަނެކާގެ ފާޓުވެސްއެހާމެ ފުޅާވާނެ .ބިރުދެއްކިގެން ނުވާނެ .
ކޮރަލް
01 December 2024
ސޯލިހް ގެ ވެރިކަމުގަ ހިންގާފަ ވާ ކޮރަޕްޝަން ގެ އެއްވެސް އަމަލެއް ނުބެލުމަކީ ކަން ބޮޑު ވާ ކަމެކެވެ.
ބަކުރުބޭ
01 December 2024
ބަލަމަނިކުފާނުގެ ވެރިކަމުގައޭ ‘އިންޑިޔާ އައުޓް’ ގޮވާލާއިރަށް އެސްއޯފުލުހުން އައިސް އަތްބިންދާލައިގެން ގެންދަނީ! މީގަ އެންމެ ހައިރާންވީ ކަމަކީ އިންޑިޔާ އައުޓް އޭ ގޮވާތަނެއްގައި ދިވެހި ދިދައެއް ހިފައިގެން މީހަކުހުއްޓަސް ދިދަ އަތުލައި، ބިޑިއަޅުވައިގެން ގެންދާތީ…