ހުޅުމާލެ ބީޗު: މަރުވެފައި އޮއްވާ ހުޅުމާލެ ފަޅުން ފެނުނު މީހާގެ ތަހުގީގު ފަށައި، ހަށިގަނޑު މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައި.-- ފޮޓޯ: އެޗްޑީސީ
03 ޑިސެމްބަރ 2024 - 10:56
ހުޅުމާލެ ފަޅު ތެރޭގައި މަރުވެފައި އޮއްވައި އިއްޔެ ފެނުނީ މ. މަޑުއްވަރީ މީހެއް ކަމަށްވާ އިބްރާހިމް ޖިނާހު މުހައްމަދު ކަމަށް ފުލުހުން ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި، އުމުރުން 36 އަހަރުގެ އިބްރާހިމަކީ ކަންނެލި މަސްވެރިކަމުގައި، ދޯންޏެއްގައި އުޅޭ މީހެކެވެ.
"ތަހުގީގުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ރޭގެ ވަގުތެއްގައި ހަށިގަނޑު ވަނީ އާއިލާއާ ހަވާލުކޮށްފައި،" ފުލުހުން ބުންޏެވެ.
ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާ ފަޅުތެރޭގައި، ފެން މަތީގައި އޮއްވައި އިބްރާހިމްގެ ހަށިގަނޑު ފެނުނީ އިއްޔެ ހަވީރު އެވެ.
ފުލުހުން އިބްރާހިމްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމުން، ރޭ ޖަނާޒާ ބާއްވައި ހުޅުމާލޭ ސަހަރާގައި ވަނީ އޭނާގެ ހަށިގަނޑު ވަޅުލައިފަ އެވެ.
މިދިޔަ ހަފުތާގައި ވަނީ މާލޭ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން ވެސް އަނިޔާވެފައި އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވި އެވެ. އެ މީހާއަށް އަނިޔާވީ އެ ސަރަހައްދުން ދަތުރުކުރި އުޅަނދެއްގައި ޖެހިގެން ކަމަަށް ވަނީ ބެލެވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަގުތީ މަންޒިލު
03 December 2024
މި ފަކީރަކަށް ނުލިބޭނޭ ދޯ ދައުލަތުންދޭ ރިޓަޔަރމަންޓު އިނާޔަތެއް... ދައުލަތުގެ ޚިދުމަތުގައި އުޅެފަ އެ މަރުވެދިޔައީ ހަމަ. ފުލުހުން ނޫނީ ސިފައިން ނޫނީ ނެތް ވިއްޔަ ނަމުން ދާ އޮހޮރުވައިގެން މަަސައްކަތް ކުރާ ބަޔަކު.
ފަތީޝާ
03 December 2024
ކޮންމެ ކަމަކުން ފިތުނަ އުފައްދަން ނޫޅެބަލަ. ކިހާ ދެރަކަމެއް
އިނާޔަތް
04 December 2024
ނޫނޭ އިނާޔަތް ރެޑީގަ، ވަގުތީމަންޒިލް އައިޑީކާޑު ހިއްޕަވައިގެން ދުރުވީމަ ލިބިލައްވާނެ.
ވަގުތީ
06 December 2024
ކިހިނެތްތަ އޭނަ ދައުލަތުގެ ޚިދުމަތުގަ އުޅުނު މީހަކަށްވީ؟ އޭނަ ކަންނެލި މަސް ގަނެފަ ވިއްކީ ހަމައެކަނި ސަރުކާރަށްތަ؟ ކޮންމެ މީހަކުވެސް އެމީހަކު ދިރިއުޅެން އާމްދަނީ ހޯދަން މަސައްކަތެއް ކުރާނެ. އެހެން މަސައްކަތްކުރާ އެންމެންނަކީ ދައުލަތުގެ ޚިދުމަތުގަ ތިބޭ މީހުންނަށް ވާނީ ކިހިނެތްތަ؟ ހުރިހާ ކަމެއްގަ ވިސްނުން ހައްދުންނައްޓައި މީހުންނަށް ނުބައިކޮށް ވިސްނަން ދަސްކޮށްދިނުން ތި ބާއްވަނީ.