05 ޑިސެމްބަރ 2024 - 11:05
ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑު މި ހަފުތާގައި އިފުތިތާހު ކޮށްފި އެވެ.
އެއީ ރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓް ކުރާ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ލައިސަންސް ދީފައިވާ އިންވެސްޓްމަންޓް ފަންޑެކެވެ.
ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވި ގޮތުގައި މިއީ ގިނަ ބަޔަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ފަހި ވާނެ ގޮތަށް ތައާރަފުކުރި ފަންޑެއް ކަމަށެވެ.
"މި ފަންޑުގައި އިންވެސްޓް ކުރުމަކީ އިންވެސްޓަރުންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް. ދިހަ ހާސް ރުފިޔާ އިންވެސްޓް ކުރަން ބޭނުންފުޅުވާ ބޭފުޅުންނަށް ވެސް މި ފަންޑުގައި އިންވެސްޓް ކުރެވޭނެ،" ހަސަން ވިދާޅުވި އެވެ.
ފަސްޓް ނެޝަނަލް އިން އަލަށް ހުޅުވާލި ފަންޑު ލޯންޗު ކޮށްދެއްވަނީ -- ފޮޓޯ: ފަސްޓް ނެޝަނަލް
ރާއްޖޭގައި ރިއަލް އެސްޓޭޓް އަދި ހޮސްޕިޓަލިޓީ ދާއިރާ އަށް އިންވެސްޓުކުރުމުގެ ހާއްސަ ފުރުސަތެއް އެ ފަންޑުން ލިބޭނެ އެވެ. ފަންޑު ސްޓްރަކްޗާ ކޮށްފައިވަނީ އިކުއިޓީގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާރްތަކަށް އަދި ޑެޓް އިންސްޓްރުމެންޓްތަކުގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އިންވެސްޓް ކުރުމުގެ ފުރުސަތު ތަނަވަސް ވާނެ ގޮތަށެވެ.
- އިކުއިޓީ އިންވެސްޓްމެންޓް: އިކުއިޓީގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ފަންޑުގެ ހިއްސާ ވިއްކަމުން ދާއިރު، ފަންޑުގެ ހިއްސާ ގަންނަ ފަރާތްތަކަށް އަންދާޒާ ކުރެވޭ ގޮތުގައި އަހަރަކު 20 ޕަސެންޓު ލިބޭނެ. އެ ޕޭމަންޓް އިންވެސްޓަރުންނަށް އަހަރަކު ހަތަރު ލިބޭނެ.
- ޑެޓް އިންވެސްޓްމެންޓް: ފަންޑުގެ ބޮންޑް ހޯލްޑަރުންނަށް ހަ އަހަރު ވަންދެން އަހަރަކު 12 ޕަސެންޓު ރިޓާން ލިބޭ. އެ ރިޓާން ވެސް އަހަރަކު ހަތަރު ފަހަރު އިންވެސްޓަރުންނަށް ލިބޭނެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
05 December 2024
ފަސްޓް ނެޝަނަލް މި ނަމަކީ އިންޓަރނޭޝަނަލް ކުންފުންޏަކަށް ކިޔާ ނަމެއް. ގޫގުލް ކޮށްލަބަލަ.
އޭކަޕްޓީ ތުމްނޭމުޖޭދީ މޭނޭޕީ
05 December 2024
އެމީހުންނަށް ލާރި ދީފައި އަހަރެމެން ތިބެންވީ އެމީހުން އކައިނިމެންދެން
ދޮން
05 December 2024
ރަގަޅުކަމެއް ، ބަރާބަރު
ޖަވިޔަނި
05 December 2024
ޒިޔަތު އާއި ހަސަން އާއި ރިފާތު ގުޅިގެން ރާއްޖޭގެ މުޅި އިގްތިސޯދު ކުރިއަރުވަން ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރުވެރިވަން. ސްމޯލް ސްޓެޕްސް، ޖަޔަންޓް ލީޕްސް.
ދޯރި،
05 December 2024
އިންވެސްޓް ކުރަން ހަދަންޖެހޭ ގޮތަކީ ކޮބާބާ؟