އއ. ރަސްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާމް ކުރައްވަނީ.
08 ޑިސެމްބަރ 2024 - 15:39
މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް އެންމެ މުހިއްމު އެއް ދާއިރާ ކަމަށާއި އެ ދާއިރާގެ ބާރުތައް ސީދާ މަސްވެރިންނަށް ދިނުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި ރަސްދު އަށް ވަޑައިގެން ވިދާޅުވީ މި ސަރުކާރުން މަސްވެރިކަމަށް އިސްކަން ދޭ ކަމަށެވެ.
ރަސްދޫގައި ވެސް މަހަށް ފުރާ 13 ވަރަކަށް އުޅަނދު އޮތްއިރު އިތުރު އުޅަނދުތައް ބަނދެ، އެކަން އިތުރަށް ފުޅާކުރުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި މަސްވެރި އުޅަނދުތަކަށް އައިސްއަކީ މުހިއްމު އެއްޗަކަށް ވާތީ އައިސް ޕްލާންޓުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެކެވެ. އެހެންވެ، ސައުދީ އަރަބިއްޔާ އާއި އަދިވެސް އިތުރު ފަންޑުތައް މެދުވެރިކޮށް އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގައި އައިސް ޕްލާންޓުތައް އިތުރުކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވި އެވެ.
އއ. ރަސްދޫ ރައްޔިތުންނާ ބައްދަލުކުތައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
ރައީސް ވިދާޅުވީ، އެ މަސައްކަތުގެ ދަށުން އުޅަނދުތަކުގައި މިހާރު ވެސް އައިސް އުފެއްދުމަށް އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނު ދޫކުރަމުން ގެންދާ ކަމަށެވެ.
އޭގެ ފައިދާ މަސްވެރިން ހޯދަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރު އެކަމަށް ލޯނު ދޫކުރާ އަދަދު އިތުރުކުރުމަށް ސަރުކާރުން އަމާޒު ހިފާފައި ހުރިއިރު އާރުއެސްޑަބްލިއު ސިސްޓަމް ދޯނީގައި ހަރުކުރަނީ ވެސް އަމިއްލަ އަށް އައިސް ހޯދޭނެ މަގު ތަނަވަސްކުރަން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަމިއްލަ އަށް އައިސް އުފައްދައިގެން މަސް ރައްކާތެރިކަމާ އެކު ގެންގުޅެވޭނެ ކެޕޭސިޓީ ގާއިމުކޮށްދިނުމަށް މިހާރު ލޯނު ދޭން ފަށައިފި. ވަރަށް ގިނަ މަސްވެރިން އެކަމުގެ ފައިދާ ހޯދަމުން އެބަދޭ. އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރުން ހުރިހާ ކަމެއް ނުގެންގުޅެ، ސަރުކާރުން ހުރިހާ ކަމެއް ކޮންޓްރޯލް ނުގެންގުޅެ، އާންމު މަސްވެރިންނަށް ވިޔަފާރިވެރިންނަށް އެ ބާރު ދޭން،" ރައީސް ވިދާޅުވި އެވެ.
President Dr @MMuizzu meets with the residents of Rasdhoo Island in North Ari Atoll, ensuring the Government’s commitment to addressing their concerns. At the event, he highlighted the key challenges facing the nation, explained the Government’s ongoing efforts to address them,… pic.twitter.com/Alm9ZD7m5X
— The President's Office (@presidencymv) December 8, 2024
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރަށްރަށުގައި ހުންނަ އައިސް ޕްލާންޓުތައް ހިންގުމަށް ވެސް ކައުންސިލުތަކުން ބޭނުންވެއްޖެ ނަމަ އެ ތަންތަނާ ހަވާލުކުރާނެ އެވެ. އެގޮތަށް ނިންމަނީ ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދޭން ބޭނުންވާތީ ކަމަށް ރައީސް ވިދާޅުވެ އެވެ.
ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ބޭނުންވި ގޮތަށް މަސައްކަތް ނުކުރެވުނީ އޭރު އިގްތިސާދީ ގޮތުން އޮތް ދަތި ހާލަތުގެ ސަބަބުން ކަމަށެވެ. އެހެންވެ، އެ ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި ޑީފޯލްޓު ނުވެ ގައުމު ސަލާމަތް ކުރުމަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންގަބޯ
08 December 2024
އަނގައިން ބުނެލަން ވަރަށް ފަސޭހަވާނެއެވެ އެގޮތަށް އެކަން ކުރެވޭ ތަނެއް ނާދޭ. !!! ތިއުޅެނީީ 10 ޑިސެމްބަރު ގައި ޓެކްސީ ޑްރައިވަރުން ނާއި މަސްވެރިން އަދި ސިޔާސީޕާޓީ ތަކުން ބާއްވަން އުޅޭތީވެ އެކަމާ ބިރުން ބާރުތައް މަސްވެރިންގެ އަތްމައްޗަށް ދޫކޮށް ލާނަމޭ ބުނެ މަސްވެރިން ގުނބޯ ހައްދަން ނޫޅޭ.! މަސްވެރިން އަދި ޓެކްސީ ޑްރައިވަރުން ވެސް އަދި ސިޔާސީ ޕާރޓީތައް ތިބީ ސަރުކާރައް ދޫދޭ ގޮތަކަށް ނޫން މިފަހަރު މިތިބީ މިފަހަރު.!! ރަތައް އަރާފައި ތިބީ
ޒީނާ މުހައްމަދު
08 December 2024
އެމްޑީޕީ ސަރުކާރުން މަސްވެރިން ހެއްދީ. މަސް ނުކުރިވެސް ތިބެން ޖެހުނު ކިއުގަ ވަރަށް ދުވަހު. އަހަރުމެން އެ ހަދާން ނުނެތޭނެ
އަމްނު
08 December 2024
އުއްމީދީ ވެރިކަމެއް. މަސްވެރިންނަ އުއްމީދު ގެނެސްދީ މަސްވެރިން ބޭނުންވާ ހިސާބަށް ގެންގޮސްދޭނީ ރައީސް މުއިއްޒް
މަމްދޫހް.
08 December 2024
އިބޫ ސަރުކާރުގެ ބެކްލޮގް ނިންމައި މަސްވެރިންނަ ފައިސާ ދިނީވެސް ރައީސް މުއިއްޒް. މި ހަގީގަތް އޮޅުވާނުލެވޭނެ
އަމްޝާފު
08 December 2024
މަސްވެރިންނަ ހައްގި މިންވަރު ހޯދަދޭނީ ރައީސް މުއިޒް
އޮނަރަބްލް އަފީފު ދީދީ
08 December 2024
ޔޯރޮޮޕިއަން ޔޫނިއަންގެ ރިކްއަރމަންޓަށް ފެތޭ ފެންވަރަށް ނުވަތަ ISO Standard ގެ ފެކްޓަރީ ތަކުގައި މަސް ބަންދުކޮށްގެން ނޫނީ ފުނިކުރި މަސް އެކްސްޕޯޓް ނުކުރެވޭގޮތަށް އޮތް ޤަވާއިދު ބަދަލުކޮށް މިދެންނެވި ފެންވަރަށް ބަންދު ނުކުރިޔަސް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތުއޮތް ޗައިނާ، ގަލްފުގެ ޤައުމުތަކާއި ރަޝީޔާ އަދި އާސިއާން ޤައުމު ތަކުގެ ތެރެއިން ސިންގަޕޯރ ނޫން ޤައުމުތަކަށް ބޭނުން ބަޔަކަށް ރޯމަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު އާންމުކޮށް ދޫކޮށްލާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
08 December 2024
ވަކިބައެއްގެ މަސްލަހަތަށްޓަކާ މަސް އެކްސްޕޯޓްކުރުމަށް ހަދާފައިވާ ހަރުކަށި ޤަވާއިދުގެސަބަބުން އަހަރުމެނަށް ކ.މާލެއަށް ފޮނުވައިގެންމެނުވީ (އަދި އެވެސް ބޮޑުއަގުދީފައި ވަކިބައެއްގެފެކްޓަރީގައި ބަންދުކުރުވައިގެން، އެކަންވެސް އެމީހުންކޮށްދެނީ ހިތަށް އެރިބަޔަކަށް) މަސްބޭރުކުރެވޭނެ ގޮތެއްނެތް. މިކަންދޫކޮށްފިނަމަ އައްޑޫމަގުން ސްރީލަންކަން ގައި ދުނިޔޭގެ ޤައުމުތަކަށް ކަންނެލި އެކްސްޕޯޓްކުރުމަށް ދެކުނުގެ މަސްވެރިންނަށް ފުރުސަތުލިބޭނެ. ޤަވާއިދު ބަދަލުކުރޭ.
ރާވެރިބެ
08 December 2024
މަސްވެރިން ކިރާ މަހަށް ބަރާބަރަށް ފައިސާ ނުދެނީ މަސް ވެރިންނަށް ބާރު ދޭން؟
ކިހިނެއް
08 December 2024
ހުރިހާ ކަމެއް ހަލާކު ކޮއްލާ ބަގުރޫޓްކޮއް އަދި ރިޔާސީ އިންތިހާބުން ފުރަތަމަ ބުރުން ބަޔަކު ބަލިވީމަ މަހުގެ އަގު ބޮޑުކޮއްފަ ދިޔައީމަ ވާނެގޮތް ހުރިހާ ތަނެއް އޮތީ އެހާލުގަ ނަސީބެއްނު ބަގުރޫޓް ނުވެ ދިޔަކަން
ސަލީމު އިދުރީސް
08 December 2024
ކޮންގޮތަކުންތޯ ދަތިވީ ފަތުވެކަން އޮތީ ބަލިމަޑު ކަމައްފަހު ކުރިއައްވުރެ ރަނގަޅައް ހިނގަހިނގަ
ސަލާމަތުގެ އައްސާރި
08 December 2024
ފަތުރު ވެރިކަން ކުރިއެރިޔަސް ދަލުލަތް އޮތީ ހުސްކޮއް އަދި ދައްކަން ޖެހޭ ލޯނު އެހާގިނަ ފުރަތަމަ ކަމަކީ ސަލާމަތުން އުޅުމެއްނު
48343
08 December 2024
މަސްވެރިން ބާރުވެރިކުރުވަންޏާ އަންހެނުން ދޯނިތަކަށް އަރުވާންވީ.