މުހައްމަދު އިސްމާއިލް: އޭނާގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން އެމްޑީޕީން ވަނީ ގޮވާލާފައި -
12 ޑިސެމްބަރ 2024 - 18:57
އިދިކޮޅު އެމްޑީޕީގެ މެންބަރުންނަކީ އިސްލާމްދީން ގަބޫލު ނުކުރާ ބައެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ މެމްބަރަކު ދެއްކެވި ވާހަކަތައް ބަލައި ފިޔަވަޅު އަޅަން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
އެމްޑީޕީ މެންބަރުންނަކީ އިސްލާމްދީން ގަބޫލުކުރާ ބައެއް ނޫން ކަމަށް މަޖިލީހުގައި ވިދާޅުވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ.
އެ ވާހަކަތައް ކުށްވެރި ކުރައްވަމުން ޝާހިދު ވިދާޅުވީ، ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާގައި ދިވެހި ރައްޔިތުން ކަނޑައަޅައި ބަޔާންކޮށް، މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެކަން ކަނޑައަޅައިފައިވާތީ ކޮންމެ ދިވެހިރައްޔިތަކީ ވެސް މުސްލިމެއް ކަމަށެވެ.
މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު، އެއީ މުރުތައްދު ވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާ ބުނާ ގޮތުން ވެސް ޖިނާއީ ކުށެއް ކަން ޝާހިދު ފާހަގަކުރެއްވި އެވެ.
ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ވާ ގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތް ކުރުމާއި އެ ބާވަތުގެ ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނިސްބަތްވާ ޕާޓީއެއްގެ މެންބަރުންނަކީ، މުސްލިމުން ނޫން ކަމަށް ބުނުމަކީ ރައްޔިތުންގެ ތާއީދު ގެއްލި ސިޔާސީ ގޮތުން ބަލިވާން ފެށުމުން، އެކަން ފޫބެއްދުމަށް ޓަކައި ރައްޔިތުން ބައިބައި ކުރުމަށް ދީނީ ގޮތުން ފިތުނަ އުފެއްދުމަށް ފެށި ކަމެއްކަން ފާހަގަކުރަން،" ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމާއި ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ. މުހައްމަދު އިސްމާއިލް ދެއްކެވި ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އަވަހަށް ބަލައި އެކަށީގެންވާ ފިޔަވަޅު އަޅަން ޝާހިދު ގޮވައިލެއްވި އެވެ.
ޕީއެސްއެމުން ގުރުއާންގެ ކަލިމައެއް އުނިކޮށް ދެއްކި މައްސަލާގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލާގެ ބަހުސްގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ އެމްޑީޕީއަކީ "ލާދިނީ" ބައެއް ކަމަށާއި އެ ޕާޓީގެ ތާރީހުން ވެސް ފެންނަން އޮތީ ދީނާ ހިލާފު ކަންކަން ކަމަށެވެ.
"އެ ބޭފުޅުންނަކީ [އެމްޑީޕީ] ކީރިތި ގުރުއާން ކީއްކުރަން، އިސްލާމް ދީން ވެސް ގަބޫލު ކުރާ ބައެއް ނޫން،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް އެހެން ވިދާޅުވުމުން ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒަކަރިއްޔާ ނިޒާމީ މައްސަލައެއް ވެސް ނެންގެވި އެވެ. އެ ނިޒާމީ ނުކުތާ ބަލައިގަނެ، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެއްވެސް ބޭފުޅަކާ ނިސްބަތްކޮށް އިސްލާމްދީން ގަބޫލު ނުކުރާ ވާހަކަ ވިދާޅު ނުވެވޭނެ ކަމަށެވެ.
އޭގެ ފަހުން މުހައްމަދު އިސްމާއިލް ވަނީ އެކަމަށް މާފަށް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
13 December 2024
މުހައްމަދު އިސްމާއީލް އެއީ އަބަދުވެސް މައިކެއް ލިބިއްޖެނަމަ ކޮސްގޮވާ މީހެއް.
ކެނެޑީ
13 December 2024
މަނުދެނެހުރިން އިސްލާމްދީން ގަބޫލުކުރާމީހުން ކަޅުދަބަސްދަބަހުގަ ބޮނޑިބޮނޑިއަށް ފައިސާ ޓްރެފިކްކުރާކަމެއް
ފަހި
13 December 2024
މިހާރު މާމައްޗަށް މިދަނީ
ކުކޫޅުކުކޫ
13 December 2024
މަނިކާ ރޯއްޖާ މަޖިލިސް ތެރޭގައި ކޮންމެ އެއްޗެއް ގޮވިޔަސް ބޮމެއް ގޮއްވިޔަސް ސުވާލު ނުކުތެވޭނެ ކަމަށް ޤާނޫނު ހަދާފައިވާކަން ޤާނޫނު ހެދިއިރު މަޖިލިސް މެމްބަރ ކަމާ އޭގެފަހުން މަޖިލިސް ރައީސްކަން ކޮށްފައި ގޮސް ފޮރިން މިނިސްޓަރ ކަމަށް އިސްވެހުރެ އެތަންތަނުން ފައިބައިގެން ދިޔައިރުވެސް ނޭނގުނީތޯ ނޫނީ އަނގަ އޮތީތީ ހަޅެއްޕުޅެއް ވިދާޅުވެ ލައްވަނީތޯ. އަހުން ހަމަ އަޛައިބުވަން.
ޝާދުނީ
13 December 2024
ޑީއާރުޕީގެ ލީޑަރަކަށް އެމްޑީޕީގެ ވާހަކަ ދައްކަން ނޭނގޭނެ
ާއަވަސް
13 December 2024
އެހެރީ މާލޭ ބޭފުޅުން ހޮވާފަ މިމީހާވެސް، ކީކޭ ބުނާނީ ދެން.
ގދ
13 December 2024
ހަރާމެއް ހަލާލެއް ނުބަލާ ޖެހުނު ގޮތަކަށް ރަށްޔިތުންގެ ފައިސާ ކާއިރު އިސްލާމް ދީނާ އިސްލާމް ކަން އޮންނަނީ ބަނޑޭރި ގަނޑުގައި. ސިޔާސީ މަންފާ އަށް ތޮޅޭ އިރު ދީނާ މިއްލަތު އެތެރެ ސޮފްހާ ތަކުގައި އޮންނަނީ.
ޅފލދކދކ
13 December 2024
އަހަރެމެން ރަށު ސޭހުން ބުނާ ވާހަކައަަކީ ބެރު މިއުޒިކު ހަރާމޭ. އެމީހުން ނަށް ދައްކަން ނުކެރޭ ވާހަކައަކީ ސިހުރު ހެދުމަކީ މާ ހަރާންކަމެކޭ. ސަބަބަކީ އެމީހުންގެ މަސްލަހަތު ހިމެނޭ މީހުން އެކަމުގަ އުޅޭތީ.
ކަނބިލި
13 December 2024
އެމްޑީޕީއަކީ ޚުދުމުޚުތާރު ވެރިކަން ނިމުމަކަށް ގެނެސް ހެޔޮ ވެރިކަން ގާއިމުކުރުމަށް އުފެދުނު އިސްލާހީ ހަރަކާތެއް. އެއްވެސް ވަރަކަށް ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތާ ކުޅުމަކީ މުއައްސިސުން ބޭނުންވި ގޮތެއް ނޫން. ނަމަވެސް މުއައްސިސުން އެކަހެރިކޮށް ޕާޓީ ހައިޖެކުކުރީ ޕާޓީއަށް ގަދަވެގަތް ލީޑަރޝިޕުން. މި ލީޑަރޝިޕުގެ އަމަލުތައްހުރީ ދީން އެއްފަރާތްކޮށް ހުޅަގުގެ ސެކިއުލަރ ނިޒާމެއް ގެންނަން. އެކަން ކާމިޔާބުނުވި. އެބަޔަކު މިހާރު ވަނީ އެއްފަރާތްވެފައި.
ހޮޓްކިންގ
13 December 2024
އަސްތާ ތި މަޖިލީހުގާ ދައްކާ ވާހަކަޔާ ބެހެން ނޫޅޭ.