މެމްބަރު ކުޑޫ (ކ) ގައި: އުސޫލާ ހިލާފަށް ގޯތި ދިން މައްސަލަ ބަލައިދޭން އޭނާ ވަނީ އެދިވަޑައިގެންފައި --- ފޮޓޯ/މިހާރު
18 ޑިސެމްބަރ 2024 - 20:54
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ހިމެނޭ ގޮތަށް ބަޔަކަށް ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިވަގުތު މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް އަވަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބެލުމަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ ބިންވެރިޔާ ސްކީމްގެ އުސޫލުން ބޭރުން އެޗްޑީސީން ގޯތި ދީފައިވާކަން ހާމަވެފައިވާ ކަމަށެވެ. އަދި މިކަން ސަރުކާރުގެ ސަމާލުކަމަށް އައިތާ ފަސް މަސް ވީއިރު ވެސް، އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވާ ކަމަށް އެ ސިޓީގައިވެ އެވެ.
މިއީ ސީރިއަސްކޮށް މަޖިލީހުން ބަލަން ޖެހޭ މައްސަލައެއް ކަން ފާހަގަ ކުރައްވައި، މިކަން ހިނގި ގޮތް ބެލުމަށާއި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މަޖިލިސް ތެރެއިން އެޅުމަށް މި މައްސަލަ ވީ އެންމެ އަވަހަށް ބަލައިދިނުމަށް އެ ސިޓީގައި ކުޑޫ އެދިވަޑައިގެންފައިވެ އެވެ.
ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ބަޔަކަށް ގޯތިތަކެއް ވިއްކި ލިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ފުލުހުންގެ ޓީމެއް މިއަދު ވަނީ އެޗްޑީސީ އަށް ވަދެ ފާސްކުރަން ފަށައިފަ އެވެ.
އުސޫލާ ހިލާފަށް ގޯތި ދިންކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިން މިނިސްޓްރީގައި އެޗްޑީސީން އެދުމުން، އެ މީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން ހައުސިން މިނިސްޓްރީން އެންގުމުންނެވެ. އެކަމާ ގުޅޭ ލިޔުންތައް ވަނީ އާންމުވެފަ އެވެ.
އާންމުވެފައިވާ ލިޔުންތަކުން ފެންނަ ގޮތުގައި ގޯތި ލިބުނު މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ ފަޒީލް ރަޝީދު ވެސް ހިމެނެ އެވެ. ނަމަވެސް ހައުސިން މިނިސްޓްރީގެ ސިޓީގައިވާ ގޮތުން އޭނާއަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ފަރާތެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަދޫމުސިޓީ
19 December 2024
މެންބަރުން ހޮވީ ރައީތުން ރައީތުން އެކަމަކު މިހާރު މެންބަރުން ވަނީ ދެފަޔާ ދެއަތާ އަނގަމަތީގަ ޓޭޕުއަޅާ ބަންދުކޮށްފަ މިސަރުކާރުން ރައީތުން ހޮވި މެންބަރުންނަށް ރައީތުން ހައްގުގަ ބަސްބުނުމުގެ ހައްގެތްމިހާރުނެތް
އެދުރު1
19 December 2024
މިފަހަރު ކުރި ކަމަކީ ހަމަ އެކަނި މެމްބރުން ގަނެ ވިއްކުމުގެ ބާޒާރު ބަންދުކުރީ.މީގެ ކުރިންވެސް ތިބުނާ މެމްބަރުން އިސްކުރީ ވޯޓުދިން މީހުންގެ ބަދަލުގައި ނިސްބަތްވާ ޕާޓީ. މަޖިލިސް ބެލި މީހަކަށް ވިއްޔާ އެކަން ފެންނާނެ .
ހަސަންތަކޭ
19 December 2024
ބަލަ ތިއީ އެމްޑީޕީ ވެރިކަމުގަ ދިން ގޯތިތަކެއް ނޫންތަ.?
އަހަންމާ33
19 December 2024
ބަލަންޖެހޭނީ މިމައްސަލަ އެކަންޏެއްނޫން. މުޅި ބިންވަރިޔާ ގެ ސްކީމް އިއުލާނުކޮށްފަ އޮތް އުސާލާ ހިލާފަށް ހިނގާފަ އޮތީމަ އެކަން ބަލާ އިންސާފު ގާއިމްކުރަން އެބަޖެހޭ. އެތައް އާއިލާއެއް އޮޅުވާލައިގެން ޖޮއިންކުރުވާފަ، އެއްބަޔަކަށް ވަކިވަކިން ގޯތިދިން މައްސަލަޔާ، ދެފުއްނުފެންނަ ގޮތަށް ގުރުނެގި މައްސަަލަޔާ، އެންމެ ފުރަތަމަ ލިސްޓް ނެރުނު އިރުވެސް، ޖޮއިންކުރި މީހުންނަށް އިސްކަމެއް ދޭނެކަމަށް ނުނިކަމުގަ ވީނަމަވެސް އެކަން އެގޮތަށް ނުކުރެ.
ވިސްނާލުމަށް
18 December 2024
ވ ސުވާލުް އުފެދޭ. ފަޒުލް އެމްޑީއަކަށް ހުރި ތަނެއްގަ އޭނަގެ ބޭބެއަށްގޯތި ނުހައްގުންދީފަ އަދިރަސްމީ ސިޓީއެއް އެވެރިފައިކުރަން ފޮނުވުމަކީ ބުއްދީގެ ހަމަތަކުން ވިސްނާއިރު ދެކޮޅުޖެހޭކަމެއްނޫން. ސިއްރުކަމެއްނަމަ އެމްޑީއަށް މިކަން ސިއްރުންވެސް ކުރެވޭނެ.
ގެދާނޯމޮސް
18 December 2024
ހުރިހާ ނުބަޔެއްހަދާފަ ވަނީ އެމްޑީޕީން ކުށްވެރި ވާންމިޖެހެނީ އަލަށްއަންނަ ސަރުކާރުގެ ވެރިންނެވެ!
ޙިޔަލަކަމަނަ
18 December 2024
ސޯލިހު ބަހާލި ގޯތިތަޢް މި ކުޑޫ އަށް ބުފެނުނު . ޢަދި ޔާމީން ސަރުކާރުން އަލަތު kaiveni ގެ ޒުވާނުންނަށް ދިން އެއްކޮޓަރީ ގެ އެޕާޓްމަންޓް ތައް އެމްޑީޕީ ގެ މީހުންގެ ފިހާރަ ތަކަށް ބަދަލުކޮށްލި. މާރީއްޗެއްނޫން ލަދެއްނެތި މި ކުޑޫ ..
ދަރޫފް
18 December 2024
ޕީއެންސީއަށް ހުށައެޅުން ބުއްދިވެރިވާނީ..ތަފާތަކީ މަޖިލީހަށް ރައްޔިތުންގެ މަޖިލިސް ކިޔާކަން..
މޯޑް
18 December 2024
ނުބަލާނެ ކަށް ކަށަވަރު
އަނީލް
18 December 2024
ކަޓު ނަގައިގެން ވިނަރެސް ފުލެޓްވެސް ވިއްކި ކަމަށް އަޑު އިވޭ. އުސޫލުން ބޭރުން ވިނަރެސް ފުލެޓް ވިނަރެސް ފްލެޓް ވިއްކާފައި ވޭތޯވެސް ބަލާދެއްވާތި
އިދްރީސް
18 December 2024
މިހާރު ތި ބިންވެރިޔާ ސްކީމެއްގެ މައްސަލަ މާ މައްޗަށް ތިއޮތީ ގޮސްފައި އެންޑީޕީ މީހުންނަށް ހުޅުމާލޭގެ އަގުބޮޑު ބިން ބަހާލަން ވެގެން އިބްރާހީމް ކޮށްފަ އޮތް ކަމެއްތީ މަށަށް ފެންނަނީ ހުޅުމާލެއިން ހިލޭ ދީފަ ހުރި ހުރިހާ ބިމެއް ކެންސަލް ކޮށްލަން ނޫނީ ގޯތިި ލިބުނު މީހުން އަތުން ބިމުގެ އަގޔ ނަގަންވީ
ޙިޔަލަކަމަނަ
18 December 2024
ތިބުނީ ހަދަން އެންމެ ރަނގަޅުގޮތް