ދާއޫދު ވަނީ މިއަދުން ފެށިގެން ޗުއްޓީއެއް ނަންގަވާފައި
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދު މީގެކުރިން "މިހާރު"އަށް އިންޓަވިއުއެއް ދެއްވަނީ: ކޮރަޕްޝަންގެ ތުހުމަތާ އެކު އޭނާގެ މަގާމުން ވަނީ އެކަހެރިކޮށްފައި - ފޮޓޯ: މިހާރު
14 އޮކްޓޯބަރ 2025 - 18:05
އެސިސްޓެންޓް ކޮމިޝަނަރު އަދި ހުޅުމާލެ ޕޮލިސްގެ އެންމެ އިސްވެރިޔާ މުހައްމަދު ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ރިޕޯޓެއް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު އާންމުކޮށްފައި ވަނިކޮށް، އޭނާ ޗުއްޓީ އަށް ވަޑައިގަތުމަށް ގުޅިގެން ހުޅުމާލެ ޕޮލިސް ހިންގުން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.
އަހުމަދު މުހައްމަދާ އެ މަސްއޫލިއްޔަތު މިއަދުން ފެށިގެން ވަގުތީ ގޮތުން ހަވާލުކުރި ނަމަވެސް ގޮތް ނޭނގޭ ފައިސާތަކެއް އެކައުންޓަށް ޖަމާކޮށްފައިވާ ކަން ފަޅާ އަރާފައިވާ ދާއޫދާ މެދު އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އަދި ސާފެއް ނޫނެވެ.
ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ، އަހުމަދު މުހައްމަދާ ހުޅުމާލެ ޕޮލިސް ވަގުތީ ގޮތުން ހަވާލުކުރީ ދާއޫދޫ މިއަދުން ފެށިގެން ޗުއްޓީއަކަށް ވަޑައިގަތުމުން ކަމަށެވެ. އެހެންވެ، އޭނާ ޗުއްޓީ ނިންވެވުމަށް ފަހު މަސްއޫލިއްޔަތަވާ ހަވާލުވެވަޑައިގަންނަވަންދެން ހުޅުމާލެ ޕޮލިސް ހިންގުން އަހުމަދު މުހައްމަދާ ހަވާލުކުރީ ކަމަށް ވިދާޅުވި އެވެ.
ދާއޫދުގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނާޖާއިޒް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ހާމަކުރި އެވެ.
އަހުމަދު މުހައްމަދަކީ ޕޮލިސް ބޯޑުން 2021 ވަނަ އަހަރު ނިންމި ނިންމުމަކާ ގުޅިގެން ވަޒީފާއިން ވަކިކޮށް އެކަމަކު ދާދި ފަހުން ފުލުހުންގެ ވަޒީފާ އަނބުރާ ދިން ބޭފުޅެކެވެ.
ފުލުހުންގެ އިދާރާގެ ދަށުން ހިންގާ ކުންފުނި، ޕޮލްކޯއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން މައްސަލަ ބެލި ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވީ، ސޯސް އޮފް އިންކަމް [އާމްދަނީ ލިބުނު ގޮތް] ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ފުލުހުންނަކީ ވިޔަފާރިކުރުން މަނާ ބަޔަކަށް ވާއިރު، ދާއޫދު ހިއްސާވާ އެއްވެސް ވިޔަފާރިއެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ މައުލޫމާތުގެ އިތުރުން ނާޒިމް ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު ކަންކަން ވެސް ފާހަގަކުރެވިފައި ވެ އެވެ. އެކަމަކު، އެކަންކަން އޭސީސީގެ ސިއްރު ރިޕޯޓެއްގައި އޮތުމުން އެ މައުލޫމާތު ހާމަކުރެވެން ނެތް ކަން ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވެފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓުގައި ތުހުމަތު ކުރެވޭ 280 މީހެއްގެ ނަން އޮތް ލިސްޓުގައި ވެސް ދާއޫދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމާއި މިހާރު ރިޓަޔާ ކޮށްފައިވާ ދެ އޮފިސަރުން ކަމަށްވާ އަހުމަދު ޝުހާދާއި ހަސަން ހަބީބުގެ ނަން ހިމެނޭ ކަމަށް ނާޒިމް ވިދާޅުވެފައިވެ އެވެ.
ނާޒިމް ވިދާޅުވީ، ޕޮލްކޯގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލަން ފެށުމުން ވިސްލްބްލޯވަރުން ހިއްސާކޮށްފައިވާ މައުލޫމާތުން ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ބައިވެރިވެގެން އެ ދެ މީހުންގެ އަނބިންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކޮށް، އެ ތަނުން ނަފާ ހޯދަމުން އައި ކަން ފާހަގަވާ ކަމަށެވެ. އެ އެއްބަސްވުން ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައި އޮތުމުން، އޭގެ ކޮޕީއެއް ވެސް އެ ކޮމިޓީ އަށް ލިބިފައިވާ ކަމަށާއި އެހެންވެ، އެކަން އެގޮތަށް ހިނގާފައި އޮތްކަން ޔަގީން ކުރެވޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވެފައިވާ ގޮތުގައި، އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ހަދާފައިވާ ފްލެޓް އިމާރާތަކުން ދާއޫދު އެޕާޓްމެންޓެއް ގަނެފައިވާކަން ވެސް ވަނީ އެނގިފަ އެވެ. އެއީ 4.1 މިލިއަން ރުފިޔާގެ އެޕާޓްމެންޓެކެވެ. އެ އެޕާޓްމެންޓްގެ އަގު 10 އިންސްޓޯލްމެންޓަކަށް ބަހާލައިގެން ނަގުދު ފައިސާ ދައްކައި ނިންމާފައިވާކަން ފާހަގަ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ދާއޫދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރިއިރު، 2021 ވަނަ އަހަރު ޕޮލިސް ބޯޑުގެ ލަފާގެ މަތިން ވަޒީފާއިން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ. ނަމަވެސް އޭރު އެ އޮފިސަރުންގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ނިންމުމަށް އަމަލުކުރުން ކޯޓުން ހުއްޓުވައި އަދި ފަހުން ޕޮލިސް ބޯޑުގެ ނިންމުން ކޯޓުން ބާތިލް ކުރުމުން އޭނާ މިހާތަނަށް ވެސް ހުރީ ފުލުހުންގެ ވަޒީފާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޭބަލި
15 October 2025
ދެން ދެތިން އަހަރެއްފަހުން އިވޭނީ އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި މިލިޔަން ރުފިޔާ ދިނުމަށާއި ވަޒީފާ އަލުން އިޢާދަކުރަން ކޯޓުން ކުރާ ޙުކުމުގެ އަޑު
ޑަންޑަހިލު
15 October 2025
ޓޫފޯ އަކީ ވަރަށް ކޫލް ސަޅި މީހެއް، 5 ވަގުތު ނަމާދުކޮށް ހަދާ ވަރުގަދަ ޝަޚްސިއްޔަތެއް. ކޮމިޝަނަރ ކަން ހައްގު.
ޔެސްސޯ
15 October 2025
ޑޭވިޑު ކިޔަނީ ބޭޑު ކަމުން ގޮސް. ދޯ ސާ
އޮނަރަބްލް އަފީފު ދީދީ
15 October 2025
މާޒީގައި ކަން ހިގާފައިވާގޮތަށާއި. ދިވެހި ފުލުހުންގެ ފަރާތުން ފެންނަމުންދާ ޤަބޫލު ކުރާންދަތި އަމަލުތަކަށާއި، "ފުލުހުންގެ މުއައްސަސާގެމައްޗަށް ސަރުކާރު ހިންގާންތިބޭމީހުންގެ ނާޖާއިޒް ނުފޫޒާއި ބާރުވެރިކަންހިންގާ ދަރަޖޢިގެސަބަބުން މުއައްސަސާގެމައްޗަށް ރަށްޔިތުންގެއިތުބާރު ގެއްލިފައިވާތީ" ތިޔަ މުއައްސަސާ އެއްކޮށް އޯވަހޯލްކޮށް އިދާރާގެ މުޅިއޮނިގަނޑާއި ހިންގުން ޒަމާނާއިއެއްގޮތަށް ބަދަލުކުރުމަށްޓަކާ ތިތަން އެއްކޮށް ރިފޯމްކުރަން މަސައްކަތް ކުރަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
15 October 2025
ތިޔަ ބަދަލަކީވެސް ނަމަކަށް ގެނެވުނު ބަދަލެއް. ފުލުހުންގެތެރޭގައި ހިގާ ކަންކަމާއި، ފުލުހުންނާއިމެދު ރައްޔިތުންއުފުލާ ޝަކުވާތަކާއި އެހެނިހެންތުހުމަތުތައް ފަދަ ކަންކަމާއި، ޤައުމީ ބޮޑެތިމައްސަލަތަކާއި، "ޑައިރެކްޓަރ ޖެނެރަލް ބޭނުންވެގެން، ސިއްރިޔާތުގައި އާންމުކޮށް ފުލުހުންނަށްވެސް އެންގުމެއްނެތި ހިންގާ އިންވެސްޓިގޭޝަން ފަދަ ކަންކަން ކުރުމަށްޓަކާ" ފުލުހުންގެ މުއައްސަސާ 3 ރީޖަނެއްގެމައްޗަށް ވަކިކޮށް މިނިވަންކަމާއިއެކު ރީޖަންތައް ހިނެގޭނެގޮތް ހަދާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
15 October 2025
ރައްޔިތުން އިތުބާރުކުރާ ޕްރޮފެޝަނަލް ބަޔަކަށް ފުލުހުން ހެދުމަށް، މުއައްސަސާގެ އޮނިގަނޑު އިސްލާޙްކޮށް މިހާރުއޮތް "ޤަދީމީ ބޯދާއުސޫލު ބަދަލުކޮށް، ޒަމާނަށްފެތޭގޮތަށް ފުލުހުންގެ އިދާރާ ބަދަލުކުރުމަށް" ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތުރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައި ކަޑައަޅާ 3 ރީޖަނެއްގެ މައްޗަށް ފުލުހުންގެ އިދާރީހިންގުން މުޅިން ބަދަލުކޮށް ކަންކަން އިސްލާޙްކުރަން ވިސްނާކަށް ނުވޭތޯ؟
އޮނަރަބްލް އަފީފު ދީދީ
15 October 2025
މުއައްސަސާ ހިންގުމަށް މަތީގައިދެންނެވިފަދަ ޒަމާނީ ބަދަލުތައްގެނެސް ރާއްޖޭގެ އުތުރާއި މެދު އަދި ދެކުނުރީޖަންގައި ތިއްބަވާ ރީޖަނަލް ޕޮލިސް ކޮމިޝަނަރ ރިޕޯޓްކުރާން ޖެހޭފަރާތަކީ މާލޭގައިހުންނަވާ Director General of Police އަށް ކަމަށް ކަޑައަޅުއްވާ ފުލުހުންގެ އިދާރާތަކާއި ޑައިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ބިއުރޯ މުޅިންވަކިކޮށް ހޯމް މިނިސްޓަރ ސީދާ ފުލުހުންނަށް އަމުރުކުރުމުގެ ބަދަލުގައި މުއާމަލާތްކުރަންވާނީ ޑީޖީޕީ އާއިކަމަށް ޤާނޫނުގައި ކަޑައަޅަން ޖެހޭ.
ގަބުޅިބާދަލާބެ
15 October 2025
ފޮނި ވާހަކަތައް ކިތަންމެ ދިގުކޮށްވެސް ލިޔެވިދާނެ. ތީން ކޮންމެ ކަމެއް ކުރިޔަސް މިގައުމުގައި ތިބި މީހުން އިސްލާޙު ނުވާހައި ހިނދަކު އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ. އެންމެ މަތިންފެށިގެން އެންމެ ތިރިޔަށްވެސް ފުރަތަމަ ކުރަންވީ ކަމަކީ އަމިއްލަ ނަފްސު އިސްލާޙު ކުރަންވީ. ތެދުވެރި އަމާނާތްތެރި ބަޔަކަށް ވާންވީ. ކުރަހާފަ ހުރި ޗާޓުތަކާއި، ހަދާފަހުރި ގާނޫނުތައް މަދުވެގެނެއްނޫން މިއުޅެނީ. ދޯ
ހާލަތު
15 October 2025
ދެން ފެންނާނީ މިނިސްޓަރަކަށްވެފައި ހުއްޓާ
ޢޭންޖަލް
14 October 2025
މެމްބަރު ޝުޖާއުގެ ގޮނޑި އެހެން މީހަކާ ހަވާލުކުރާކަށްނުވޭ؟ އެވާހަކަ އޮއްބާލީ ދޯ
ސީޒަން ޖެކްޝަން
14 October 2025
ޓޫފޯ ކީމާ އެންމެންނަށް ކީއްވެ ބާރުކުރަނީ؟ ޓޫޓޫއަކީވެސް އުޅޭ މީހެއް. އަދި މިދެމީހުންގެ ދެމެދުގާ އުޅޭނެ ޓޫތްރީއެއްވެސް.