ސަރުކާރުގެ އެކިއެކި ކުންފުނިތަކާއި އިދާރާތަކުން އަދި އެހެނިހެން ގޮތްގޮތުން ސަރުކާރުން 10 ބިލިއަން ރުފިޔާ އެޗްޑީސީ އަށް ދޭންޖެހޭ.
އެޗްޑީސީގެ އެމްޑީ ޒުހައިރު ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ.
21 އޮކްޓޯބަރ 2025 - 15:06
ސަރުކާރުގެ އެކިއެކި ކުންފުނިތަކާއި އިދާރާތަކުން އެޗްޑީސީ އަށް 4.3 ބިލިއަން ރުފިޔާ އަދި އާންމު ވިޔަފާރިތަކުން އެއް ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ހުޅުމާލެ ހިންގައި ބަލަހައްޓާ އެޗްޑީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން އެ އަދަދުތައް ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވި ރިޕޯޓެއްގަ އެވެ.
އެ ރިޕޯޓުގައި ހުރި ތަފުސީލްތައް ހާމަކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި އެ ކޮމިޓީގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ އެޗްޑީސީ އަށް ސަރުކާރުން ދައްކަން ޖެހޭ 4.3 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ.
އޭގެ އިތުރުން ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭން ދޫކުރި ގޯތިތަކުގެ ބިމަށް އެޗްޑީސީ އަށް ސަރުކާރުން ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާ އާއި ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމުމުން އެޗްޑީސީ އަށް ސަރުކާރުން ދޭން ޖެހޭ 3.9 ބިލިއަން ރުފިޔާ ވެސް ހިމެނޭ ކަން ނާޒިމް ފާހަގަކުރެއްވި އެވެ.
އެހެންކަމުން އެޗްޑީސީ އަށް ސަރުކާރުން ދައްކަންޖެހޭ 10 ބިލިއަން ރުފިޔާ އޯވަޑިއުގެ ގޮތުގައި ވަނީ ރެކޯޑް ކޮށްފަ އެވެ.
އޭގެ އިތުރުން އެޗްޑީސީގެ ކޮމާޝަލް ކަސްޓަމަރުންގެ ގޮތުގައި ތިބި 500 އަށް ވުރެ ގިނަ ކަސްޓަމަރުންގެ ފަރާތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ޖޫރިމަނާ ނުހިމަނައި 976 މިލިއަން ރުފިޔާ އެޗްޑީސީ އަށް ލިބެންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި ވިޔަފާރިތަކާއި ސޯޝަލް ހައުސިން އިން ލިބެންޖެހޭ ކުއްޔާ އެކު މުޅި ޖުމްލަ 2.7 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.
އަޅުގަނޑުމެންނަށް އޯވަޑިއުއެއް އޮވެއްޖެ ނަމަ އެ ބޭފުޅުންނަށް ވިޔަފާރި ކުރުމަށް ދަތިތަކެއް އެބަ އާދޭ، އޯވަޑިއު ދައްކައިގެން ނޫނިއްޔާ ވިޔަފާރީގައި ކުރިއަށް ދިޔުމަށް ދަތިތައް އެބަ އާދޭ،"--- ޒުހައިރު
އެ ފައިސާ ހޯދަން އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 223 މިލިއަން ރުފިޔާ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ކޮމިޓީގައި މިއަދު ވިދާޅުވީ، އެ ކުންފުނީގެ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެ މަސައްކަތް ރަނގަޅު ކުރެވިއްޖެ ނަމަ ނުލިބި ހުރި ފައިސާގެ ބޮޑު ޕަސެންޓެއް ރިކަވާ ކުރުމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބޭންކުތަކާއި މަރުކަޒީ ބޭންކު އެމްއެމްއޭ ގުޅިގެން ވެސް އެޗްޑީސީން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ދެ އެވެ.
"އަޅުގަނޑުމެންނަށް އޯވަޑިއުއެއް އޮވެއްޖެ ނަމަ އެ ބޭފުޅުންނަށް ވިޔަފާރި ކުރުމަށް ދަތިތަކެއް އެބަ އާދޭ، އޯވަޑިއު ދައްކައިގެން ނޫނިއްޔާ ވިޔަފާރީގައި ކުރިއަށް ދިޔުމަށް ދަތިތައް އެބަ އާދޭ،" ޒުހައިރު ވިދާޅުވި އެވެ.
އާންމު ރައްޔިތުން ކުލީގެ ގޮތުގައި އެޗްޑީސީ އަށް ދައްކަންޖެހޭ ފައިސާ ނުލިބޭ މައްސަލާގައި ވެސް ސަރުކާރާ ވާހަކަ ދައްކައިގެން ހައްލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ކުއްޔަށް ފްލެޓްތައް ނަގާ މީހުންގެ ކްރެޑިޓް ޑޭޓާ އެމްއެމްއޭގައި ރަޖިސްޓަރީ ކުރުމުގެ މަސައްކަތް މީގެ ތިން މަސް ކުރިން ފެށި ކަމަށާއި އޭގެ ސަބަބުން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
ސަރުކާރުން އެޗްޑީސީ އަށް ގިނަ އަދަދެއްގެ ފައިސާ ނުލިބި އޮތް މައްސަލާގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުއްގަފޫރު މޫސާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ އެ ފައިސާ އެޗްޑީސީ އަށް ނުލިބި އެ ކުންފުނި ނުހިންގޭނެ ކަަމަށެވެ.
ނާޒިމް ވެސް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެޗްޑީސީ އަށް ސަރުކާރުން ދައްކަން ޖެހިފައި އޮތް ފައިސާއަކީ ބޮޑު ބުރައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްލާ ބެއްޔާ
22 October 2025
ސަރުކާރު ސަރުކާރު ކުންފުނިތަކަށް ދަރާ ސަރުކާރު އަމިއްލަ ކުންފުނިތަކަށް ދަރާ ސަރުކާރު ބޭރުގައުމުތަކަށް ދަރާ ތިދަރަނިތަކާ އެއްވަރުގެ ތަރައްގީއެއް ރަށްޔިތުންނަކަށް ނުފެނޭ މި ދަރަނިތަކުގެ ބޮޑު ބައި ދިޔައީ ކޮރަޕްޝަަނަށް ( މަދުބައެއްގެ ޖީބަށް ) މީ %100 މުސްލިމް ގައުމެއް. ދީނުގައި އޮންނަނީ ލިބޭ މިންވަރުން ހަރަދުތައް ހަމަ ޖެއްސުމަށް. ދީނުގައި އަންގާވައިފާ ކަންތަކަކީ ހުތުބާ ގައި އެކަނިކިޔަން އޮތް އެއްޗެއް ނޫން. އެއަށް އަމަލު ކުރަން ޖެހޭ އެއްޗެއް.
ދަގަތްފާނު
21 October 2025
ހުޅުމީދޫ ރައްޔިތުންވެސް ތަރައްގީ ބޭނުމިއްޔާ މިކަހަލަ ސަކަރާތެއް ޖަހަންޖެހޭ. ސަރުކާރު އޮފީހެއް އަޅަންޏާ 300-200 މިލިއަން އަތުލާފަ ބިންކޮޅުދެނީ، ގޯތިދޭންވީމަ ބައިތުލްމާލުން ބިލިއަނުން އަތުލާފަ ބިންކޮޅު ސަރުކާރަށްދެނީ. ކަލޭމެން އަދިވެސް ތިދުވަނީ ގުރާންޓޭކިއާފަ ދިއްކޮށްލާނެ ދޮޅަހަކަށް މިލިއަން ރުފިޔާ ފަހަތުން.
ސަމާލް
21 October 2025
ކުންފުނިތަކާއި ވިޔަފާރިތަކަށް ދޫކުރި ބިންތަކުން ލިބެންވާ ފައިސާ ހޯދާފައި ރައްޔިތުން ފަހަތުން ދުވަންވާނީ..ފުރަތަމަ ތިރިން ފެށީމަ ކަމުނުދާނެ..މަތިން ފަށާ.ނުވިތާކަށް ސަރުކާރުވެސް އެއޮތީ ދަރާފަ.
ޑޮކްޓަރ
21 October 2025
ރަސްމާލެ ނިންމުމުގެ ނަމުގައި ރާޖް އަށް ހުޅުމާލެއިން ދިން ބިމުގެ އަގުދޯއެއީ ؟
އޮނަރަބްލް އަފީފު ދީދީ
21 October 2025
ޓެކްސް ނުދައްކާ މީހުނަށް ސަރުކާރު ބިޑް ތައް ފަދަ ކަންކަމަށް ކުރިމަތި ނުލެވޭ ފަދައިން ފުލެޓަށް ފައިސާ ނުދައްކާ މީހާއަށް ވެސް މިފަދަ ކަންކަން އޮންނާން ވާނެ. އަދި މީރާ އިން ޓެކްސް ނުދައްކާ މީހާގެ ނަން ލިސްޓްކޮށް އާންމު ކުރާ ގޮތަށް ފުލެޓަށް ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު (ފޮޓޯ އާއި އެކު) އެޗްޑީސީގެ ވެބްސައިޓް އަދި އޭނާގެ ފުލެޓް ހުންނަ ޓަވަރުގެ ނޯޓިސް ބޯޑުގައި އާންމުކޮށް އެފަދަ ފުލެޓް ތަކުގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ކޮންމެ މަހަކު ހޯދާ.
އަސަރީ
21 October 2025
ބަލަގަ ޓެކްސް ދައްކާނެ ގޮތް " އަފީފު ދީދީ " ބުނެލަދީބަލާށެވެ. ދައުލަތުން އަޅުގަނޑު މަސައްކަތް ކޮއްފައި ފައިސާ ހޯދުމަށް ބިލް ލާފައިވާތާ 3 އަހަރު އެވެ. އެފައިސާގެ ބިލްގައިވާ ތިބުނާ ޓެކްސް ފައިސާ ނުލިބި އަޅުގަނޑު ދައްކާނީ ކިހަނަކުން ތޯއެވެ. ގޭގެ ރެންޓް އާއި ކަރަންޓް ބިލް އަދި ދަރީންނަށް ޚަރަދު ކުރާނެ ފައިސާނެތި ދަރަނިވެރިވެފައި މިހުރީއެވެ. ގޯސް މިވަނީ ޓެކްސް ނުދެއްކީމައެވެ. ބިލްގެ ފައިސާ ނުދެއްކި ވެރީންގެ ޒިންމާއެއްނެތެވެ.
ކިހިނެއްތި ހަދަނީ
21 October 2025
ރަސްމާލެ ޕްރޮޖެކްޓަށް މަދުވާބައި ހޯދަން ދެއްތޮ، ނޫނީ އިންތިޚާބް ބާ؟؟؟
ކޮރަލް
21 October 2025
އެޗްޑީސީ އިން ކުޅިވަރު ކުޅޭ ޓީމްތަކަށް ހަރަދު ކުރާ ގެ ޖުމްލަ އަދަދު ތައް ބަލާލަ ބަލާށެވެ. އެއްކޮޅުން ދަރަނި ވާހަކަ ދައްކާ އިރު އަނެއް ކޮޅުން ހަރަދު ތައް ބޮއްސުން ލާފަ އެވެ.
އަފްރާސިޔާބު
21 October 2025
ކުރީސަރުކާރުގެ ސަބަބުން 1.7 ބިލިއަން ރުފިޔާ. ސަރުކާރުން ކުލި ހިޔާ ފްލެޓާއި ވިނަރެސް ފުލެޓުގެ ކުލި ކުޑަކުރަން ނިންމުމުން އެޗް.ޑީ.ސީ އަށް ދޭންޖެހޭ 3.9 ބިލިއަން ރުފިޔާ ހުރިކަމަށްވެސް ނާޒިމް ވިދާޅުވީ. ހިޔާ ފްލެޓާއި ވިނަރެސް ފްލެޓުގެ ކުއްޔެއް ކުޑައެއް ނުކުކުރޭ. 2 ލައްކަ ރުފިޔާ ނަގުދުފައިސާއިން ދޭނަމޭބުނެފައި އެފައިސާ އަށްވާ ވަރު އެތަން މިނިވަންވާ މުއްދަތު ދެއަހަަރަށް ދަންމާލީ. ދަންމާލީމާ ވީގޮތަކީކުލި ކުރިއަށްވުރެ ގިނަފައިސާ ދައްކަންޖެހުނީ.
ސޮބީހާ
21 October 2025
ދަރަނީގެ %80 އަކީ މާލެ މީހުނަށް ހުޅުމާލެއިން ބަހާލި ބިންތަށް ގަންނަން ސަރުކާރުން އެޗްޑީސީއަށް ދޭންހުރި ފައިސާ, ކ.މާލެ މީހުނަށް ހުޅުމާލެއިން ބިންދިނީ ކޮންއުސޫލަކުންތޯ, އަދި މާލެ ސަރަހައްދުގެ ކަނޑުފަޅު ހިއްކަންވެސް އޮތީ ދިވެހި ހުރިހާރައްޔިތުންގެ ނަމުގަ ލޯނުނެގުން, އަތޮޅުތެރޭ މީހުން އެތަންތަނަށް ކުއްޔައް އަންނަން ރެޑިވެތިބުން ނޫންގޮތެއް ނެތް,
ހިލޭގޯތި
22 October 2025
އެކަމަކު ހިލޭ ގޯއްޗަށް ވަކާލާތުކުރާ މީހުން ބުނޭ ރަށްރަށުންވެސް ހިލެއޭ ގޯތި ދެނީ. ރަށުން ގޯތި ދިނީމާ ސަރުކާރުން ރަށު ކައުންސިލަށް ބިމަށްވާ ލާރިވެސް ދޭންޖެހޭތޯ. އެހެންވީމާ ހަގީގަތުގައި މިވީ ގޮތަކީ ޓެކްސް ފައިސާއިން މާލޭ ރައްޔިތުންނަށް ސަރުކާރުން ގޯތި ގަނެމިދިނީ. މިއީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ތަފާތުނުކުރުމާ ވަޒަންވެރިވުމުގެ ހައްގާ ހިލާފަށް ކޮށްފައިވާ ކަމެއް. ގޯތިތަކަށް ދައްކަންޖެހޭ ފައިސާ ސަރުކާރުން ނުދައްކާ ގޯތިދިން ފަރާތުން ދައްކަންޖެހޭ.
2025
21 October 2025
ކުރީގެ ސަރުކާރުބޮލަށް ކަޑާނެކަމެއްނެތް ތިފައިސާތައް ސަރުކާރުތަކުންނުހޯދަނީ އޭގެ ބަދަލުގައި ބޭކާރު ޚަރަދުކުރަނީ...... ބޮއިހަލަކި