މާލެ: ގަލޮޅުގެ ގެއަކުން މަރުވެފައި އޮތް މީހަކު ވަނީ ފެނިފައި.-- ފޮޓޯ: މިހާރު
21 ޑިސެމްބަރ 2024 - 18:28
މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް މިއަދު ހަވީރު ފަހެއް ޖަހާކަށް ހާއިރު ލިބިފައިވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
22 December 2024
މި ދުވަސްވަރު، މަރުވެފައި ތިބި މީހުން ގިނައިން ފެންނަނީ، ކަށްވަޅުން ކޮނެގެން ނަގާފަ ތިއްބާ.
ގައްޔޫމް
21 December 2024
ފަހަކަށް އައިސް ގޮތް ނޭނގޭ މަރުތަކުގަ ގިނައީ މަސްތުވާތަކެތި ބޭނުންކުރާ މީހުން، މިބުނި އެއްޗެއް ފަހުމުވާނެކަމަށް އުއްމީދުކުރަނީ،
ކޮވިޑް ވެކްސިން
21 December 2024
އިންސާނުންގަޔައް ގޮޔްނޭންގޭ ކޮވިޑް ވެކްސިން ޓެސްޓުކުރިފަހުން ވާގޮތެކޭ މިރަޝުމީހުން ކިޔާ
ނާހަމަ ތެދެއް- ހާދަ މޮޅޭ
22 December 2024
ތިރަށު މީހުން ތީ މައުމޫނު އިރު ހިންގި އަސާސީ ތަޢުލީ ކްލާސްތަކަށް ފިލި ބައެއް. އަވަހަށް ކިޔަވަންދޭ. ވެކްސިން ޖެހީމަކަންނޭންގެ ތި ކޮމެންޓް ކުރަން ދުނިޔޭގަ ތި ހުރީ
ދިވެހިބިން
21 December 2024
މިހާރަކަށްއައިސް ގޮތްނޭންގޭ މަރުތައް އިންތިހާއަށް އިތުރުވާންފަށައިފި. ބިރުވެރިވެ ނާމާންވެއްޖެ!
ސަފިއްޔާ މޫސާ
21 December 2024
ތުންތުން މަތިން ވެސް މިއަށްވުރެ ތަފްސީލްކޮށް ހަބަރު ލިބޭނެ. ފަސް ކާފު ތެރެއިން ތިން ކާފު ކާލާފަ މިއޮތީ
ކިޔާދީބަލަ
21 December 2024
ދެން ދައްތަ ކިޔާދީބަލަ ވީގޮތް ޕްލީސްސްސް