ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ: އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ އިތުރު ކޮށްފައި --- ފޮޓޯ/ޕޮލިސް
23 ޑިސެމްބަރ 2024 - 15:11
އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އައިޖީއެމްއެޗްގެ ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި މައްސަލާގައި މ. ސްޓާ، މުހައްމަދު ރަޒީން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯމް ސްވީޓް ހޯމް
24 December 2024
އަބަދު ޖަލުގަ އޮންނަމީހަކަށް އެންމެ ކަމުދާނީ ޖަލު
އަޅި އަލީ
24 December 2024
ފުލުހުންގެ ހުރިހާ އަމުރަކަށް ކިޔަމަން ވާކަށެއް ނުޖެހޭނެ! ފުލުހަކު ނުހީ ހުންނާށޭ ނުނީ ނޭވާނުލާށޭ ބުންޏަސް ނުޖެހެ އެ އަމުރަށް ކިޔަމަންވާކަށް! ކިޔަވަން ވާނެ ޖެހޭނީ ގާނޫނީ ގޮތުން ކިޔަމަން ވާން ޖެހޭ އަމުރު ތަކަށް! ކުރީދުވަހު ފުނަދޫ ޕޮލިސް ސްޓޭސަނަނަށް ގެންގޮސް އަޅުގަނޑާށް އިންޒާރު ދީފި ! ފުލުހުން އުޅޭ ގޮތް ވީޑިއޯ ކޮއްގެން!
ދިވެއްސެއް
24 December 2024
ފުލުހުންގެ ތެރޭ އުޅޭ މަދު މީސްކޮޅެއްގެ ސަބަބުން އެންމެންގެ ނަން ޚަރާބު ކޮށްގެން ނުވާނެ. އަސްލު އަމަން ބަލަހައްޓަން ތިބޭ ބަޔަކަށް ބާރުތަކެއް ދީގެންނޫނީ ކަންކަން ޙައްލެއް ނުވާނެ. ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކާވަގުތުން ފެށިގެން ހަމަ އުފުރާލެވޭ ގޮތަށް ހުއްދަ ދޭންވީ. ފުލުހުންނާ ހެސްލިޔާފަ ޒުވާބު ކޮށްލާ އިންޒާރު ދީފަ ދާއިރުވެސް އެއްވެސް ކަމެއްކުރުން މަނާ ގައުމެއް މި ނޫނީ ނުދެކެން.
ނުކިޔަވާ
23 December 2024
މަންމަ ބުނީމަ ސްކޫލަށް ދިޔަ ކުދިން ވަރަށް ގިނައިން އެބަ ފާހަގަވޭ ކޮމެންޓްތަކުން. އިންޑިއާ ލަންކާ ފަދަ ގައުމުތަކުގައި ނިކަން ގައްޑާވެލާފަ އުޅެބަލަ. ވަރަށް ރީއްޗަށް ފެންނާނެ ފުލުހުން ތިކުދިންނަށް.
ހިމަރޯނުން ދުންއަރުވާ އަފީފު
23 December 2024
އާއްމުކޮށް މިފަދަ ވިޔާނުދާ ކަންކަންކުރާނީ އައްޑޫ ހުވަދޫ މީހުން. މިފަހަރު އައްޑޫނަން ހަރާބުނުވެ ، މާތްމާލޭގެ އަގުމިވެއްޓުނީ .
އަހުމަދު އަތީގު
24 December 2024
ދިވެހިންނަކީ ވިޔާނުދާ މީހުންްްނަކީ
ޖޮނީ
23 December 2024
ހަވީރު ދެކުނިން މަގުމަތީ އެނބުރެނިކޮއް …
ރެޑްނޯޓިސް
23 December 2024
ފުލުހުން ހިތާވާ ކުއްޖާ އެހެން މީހަކާ އިނަސް "ވާޖިބަށް ހުރަސް އެޅުން"
ލަކުޑިބޯ
23 December 2024
ކޮންވާޖިބަކަށްތޯ ހުރަސް އެޅީ ވެސް ބުނެލިނަމަ - ތިވެސް ވާނުވާގެ ތެރޭ ހިމެނޭ ކަމެއް
ކަކުނުބޯ
23 December 2024
ސެކިއުރިޓީ ބަލެހެއްޓުމަށް ހުރަސްއެޅީ. ދިޔަކޮޅު ނޫން އަނެއް ކޮޅަށް ދާން ބުނުމުން ވެސް ގޮތް ދޫނުކޮށް ދިއުން. ހޮސްޕިޓަލް އެއަރޕޯޓު ފަދަ ތަންތަނަކީ އެންމެން ވެސް ވަރަށް ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ތަންތަން.
އިންޓެލިޖެންސް ރިޕޯރޓް
23 December 2024
އިންޓެލިޖެންސް ރިޕޯރޓަކީވެސް ހަމަ ތިކަހަލަ އެއްޗެއް. ކޮންމެ ލޯވަޅަކަށް ހެޔޮވަރު ފުޅިމެދު އުނގުރިއެއް.
އެވަރު
24 December 2024
ޚަބަރު ލިޔާ މީހުންވެސް ތަންކޮޅެއް ސަމާލުކަން ދީގެން ކަމެއް ހޯދާލައިގެން ލިޔަން އުޅޭނަމަ އިތުރު މައުލޫމާތެއް ލިބުނީސް ކަންނޭނގެ. އެޑްރެހާ ނަމާ އެނގޭއރު އޭނަގެ އިތުރު މައުލޫމާތު ހޯދެން ހުންނާނެ. އެތަނުގަ އޭރު ތިބި މުވައްޒަފުންނަށްވެސް ކިޔައިދެވިދާނެ ކަން ހިނގިގޮތް. ހަމަ ސުރުޚީއެއް އަޅާލާހެން ބައެއްފަހަރު ޚަބަރު ލިޔަނީ. އެކަހަލަ ޚަބަރަށް ވަކި ބައެއް ނޫހުގަ އޮންނަނަމަ އެންމެންނަށްވެސް އެނގޭނެ އެއީ ސުރުޚީއެއްކަން، އެއަށް އިތުރު ތަފްސީލެއް ނުލިބޭނެކަން
ބަބްސް
23 December 2024
" ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން " .... މިކަމަށް ހައްލެއް އެބަބޭނުންވޭ. މިއީ " ހައްދެއް " ނެތްގޮތަށް އޮންނަ ކުށެއް. ދުނިޔޭގަ ލެއްވިހާ ހުރިހާ ކަމަކަށް ފުލުހުން ބޭނުންކުރާ ' ވާޖިބަށް ހުރަސްއެޅުން ' އެންމެ ގިނައިން ބޭނުންކުރަނީ މުޒާހަރާތަށް ރޫޅާލަން.
އަލިހުރަސް.
23 December 2024
ހުރަސްނޭޅިއަސް ވާޖިބު އަދާކުރާބައެއްނޫން.
އެނހޭ
23 December 2024
ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ތީ އޮންނަންވާނެ ކުށެއް ނޫން. ކޮންމެވެސް ތާކުން ޖެހޭ ކުށެއް ކުރީމަ ކަމެއް ކުރި ކަމަށް ވާނީ. ހަޅޭ ލެވުން، އެއްޗެހި ގޮވުން، ހުރި ތަނުން ގުޑާ ނުލުން... މީކީ ހަމަ ""ވާޖިބަށް ހުރަސް އެޅިއޭ" ކިޔާ ހައްޔަރުކުރަން ޖެހޭ ކަމެއް ނޫން.
ޣެދޮރުބެ
23 December 2024
ޢައިޖީއެމްއެޗް އަކީ އޭނަގެ ތަރިކަ މުދާ ގަނޑެއް ނޫން. އެތަށް ބަޔަކު ޙިދުމަތް ހޯދާ ތަނެއް. އެތަނުން ފުލުހުން އޭނަ ނުނެރޭނެ އޭަނަގެ ސަބަބުން އެހެން މީހުނަށް ނޫނީ އެތާނގެ ސްޓާފުންނަށް ތްރެޓެއް ނެތް ނަމަ. ޢެ ކުށަކީ ދުނިޔޭގެ ހުރިހާ ތަނެއްގަ ވެސް ކުށެއް. ކަލޭމެން ކަހަލަ މީހުން ގިނަވެގެން ހަދާފަ ހުންނަ އެއްޗެހި އެއީ
ފެއާރީ
23 December 2024
ހަމަ ވަރަށް ރަނގަޅު ވާހަކައެއް! ފުލުހުންނަކީ ނަޒާހަތްތެރިބައެއް ނޫން.