އައިޖީއެމްއެޗް: އެ ހޮސްޕިޓަލުގެ ނާސިން ސްޓޭޝަނަކުން ވައްކަންކުރި މީހަކު ވަނީ ހައްޔަރުކޮށްފައި.
11 ޑިސެމްބަރ 2025 - 10:23
އައިޖީއެމްއެޗްގެ ނާސިން ސްޓޭޝަނަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށް، ޖަލުގައި ބަންދުކޮށްފި އެވެ.
ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އެވެ.
ހޮސްޕިޓަލުގެ ނާސިން ސްޓޭޝަނަކަށް ވަދެ، އެތަނުން ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ 37 އަހަރުގެ ދިވެއްސެކެވެ. އޭނާއަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ.
ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން އިއްޔެ ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.
ބަންދު މަޖިލީހުން ނެރުނު އަމުރުގައިވާ ގޮތުން ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރަކަށް ފުލުހުން ވަނީ ހެކި ހުށަހަޅައިފަ އެވެ. އެގޮތުން ސީސީޓީވީ ފުޓޭޖް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކީއްކުރާނީ
11 December 2025
އެއްގަމުގައި މިމީހުންނަށް ،ކަނޑުގައި މިޔަރަށް ހިމާޔަތް ދީގެން ޤައުމެއް ހިނގާނީ ކިހިނެއްހޭ ، ދެތަނުގައިވެސް އުޅޭ އެންމެ ނުބައިއެއްޗެއްސަށް ހިމާޔަތް ދީގެން ހިންގާ ގައުމެއް މިނޫނީނެތެއްނޫންތޯ؟
ޑރ ވާންޗޯ
11 December 2025
ޕޮލިހުންގެ މޮޓޯއެއްގޮތަށް މިގެންގުޅެނީ " ޓު ޕްރޮޓެކްޓް އެންޑް ސަރވް". ސުވާލަކީ ވިހި ތިރީސް ކުށުގެރެކޯޑު ވައްކަމާ މާރާމާރީއާ ފޭރުމާ... އޮންނަމީހުން މުޖުތަމައުއަށް ދޫކޮށްލާފަބައިތިއްބައިގެން ފުލުހަކު މަގުމަތިންވެސް ނުފެނި މި މޮޓޯ ހިންގަނީ ކޮންކަހަލަ ރިމޯޓެއް އޮވެގެންބާއޭ!!!!.
ބާންޗޯ
11 December 2025
ތިބާ ތިހިރީ ރަގަޅަށްވެސް ވާންޗޯ ވެފައެވެ. މީހުން މަގުމައްޗަށް ދޫކުރަނީ ފުލުހުންތަ؟؟؟ 2023 ގެ އިންތިޚާބަށް ޖަލުދޮލާފަ ސާފުކޮށްލިހާ ވާންޗޯތައް އެ އުޅެނީ.
ސަމްސުންނިސާ
11 December 2025
ތިޔަބޭފުޅާ އިތުރު ރެކޯޑުތައް މުގުރުމަށްޓަކާ ދޫކޮށްފާބެހެއްނުމަށް ކަމާބެހޭ ފަރާތްތަކަަށް ގޮވާލަން.
ހާސަރު
11 December 2025
މިގައުމުގައި އަމާން ކަމެއް އަޅެއޮތީ ކޮންތާކު!؟ މުޅި މަޖްލިހުގެ މެޖޯރިޓީ އޮތީސަރުކާރުގައި ކީއްވެތަ ގާނޫންތަށް ފާސްކޮށްގެން ވެސް މިގައުމު މިނޫންހާލަތަކަށް ނުގެންދެވިގެން މިއުޅެނީ!؟؟؟؟؟؟؟؟؟؟
ހުތރެ
11 December 2025
ކޯޗެއްތޯ ވަގަށް ނެގީ؟