23 ޑިސެމްބަރ 2024 - 19:13
ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ކުރި ޒުވާބެއް ހޫނުވެ، އެ ރަށުގައި ހިންގި މާރަމާރީއަކާ ގުޅިގެން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު މިއަދު ހައްޔަރުކޮށްފި އެވެ.
ދިރިއުޅެމުން ދިޔަ ގޭގެތެރޭގައި ބޮޑެތި ޒަހަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ.
ފުލުހުން މިއަދު ބުނީ ހޮޅުދޫގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހަމަނުޖެހުމެއްގެ ތެރެއިން މާރަމާރީއެއް ހިނގާފައިވާތީ، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ނިއު ލައިފް، މޫސާ ރިމްޒީ، 30 ހައްޔަރު ކޮށްފައިވާ ކަމަށެވެ. ރިމްޒީއަކީ ޒަކިއްޔާގެ ދޮށީ ދަރިފުޅެވެ.
ޒަކިއްޔާގެ ދޮށީ ދަރިފުޅު ރިމްޒީ
އޭނާ ހައްޔަރު ކުރަން ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރިމްޒީ ވަނީ އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއް ގައިގައި ޖަހައި މާރަމާރި ހިންގި އެވެ.
އެހެންވެ ރިމްޒީގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތި ވެދާނެ ކަމަށް ފެންނާތީ އާއި އެ މައްސަލައާ ގުޅިގެން ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް އެ އަމުރުގައި ވެ އެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ބައެއް މީހުން ބުނެފައިވަނީ އޭނާގެ ކަރު އޮތީ ބުރިކޮށްލާފައި ކަމަށާއި ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ހަމަ ކިރިޔާ ކަމަށެވެ. އަދި މީހަކު އަމިއްލަ އަށް އޭނާގެ ހަށިގަނޑަށް އެ ވަރުގެ އަނިޔާއެއް ދެވޭނެތޯ އެ މީހުން ސުވާލު އުފެއްދި އެވެ.
އެ މަރަށް އިންސާފު ނުލިބި ދިގުލައިގެންދާތީ ހޮޅުދޫގެ ރައްޔިތުން ދޭތެރެދޭތެރެއިން އިހުތިޖާޖަށް ނުކުމެ، އަޑު އުފުލަ އެވެ.
ފުލުހުން ބުނެފައި ވަނީ ޒަކިއްޔާ މަރާލި ކަމުގެ އެއްވެސް ނިޝާނެއް އަދި ހެއްކެއް ވެސް ތަހުގީގުގެ މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.
ޒަކިއްޔާ މަރުވެފައި އޮތް ތަނުން ފެނުނު ވަޅީގައި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށުތެރޭގައި ތުހުމަތުކޮށް ވާހަކަތައް ދެއްކި ނަމަވެސް، ވަޅި އާއި ހެދުމުގައި ވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ފުލުހުން ބުންޏެވެ. އެ ވަޅީގެ ފޮރެންސިކް ތަހުލީލް އަދިވެސް ދަނީ ކުރިއަށެވެ. ތަހުލީލުތަކުން އެނގޭ ގޮތުގައި ވަޅީގައި ހުރީ ޒަކިއްޔާގެ ލެ އެވެ.
"އެއްވެސް ފަރާތެއްގެ އަމަލަކުން ހިނގި ކަމެއް ކަމުގެ ހެއްކެއް، ގަރީނާއެއް މިހާތަނަކަށް އަދި މިވަގުތާ ހަމައަށް ނެތް،" މި މަހުގެ ތިންވަނަ ދުވަހު ބޭއްވި މީޑިއާ ބްރީފިންއެއްގައި ފުލުހުންގެ ޗީފް އިންސްޕެކްޓަރު، މުހައްމަދު ސާމިހް ވިދާޅުވި އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ ގޭގެ ކުނި ނަގަން ވަން ބިދޭސީންތަކަކަށެެވެ. އެ ތަނުގައި ގިނަ އަދަދަކަށް ލޭ ހުރިއިރު ކައިރީގައި ވަޅިއެއް އޮތެވެ. އެ ހާދިސާ ހިނގިއިރު، އެ ގޭގައި ދިރިއުޅެނީ އޭނާގެ ފިރިމީހާ އާއި ފިރިހެން ދަރި ރަމްޒީ އާއި އޭނާގެ އަނބިމީހާ އަދި މާމަ ދަރިފުޅެވެ. ޒަކިއްޔާގެ ދެވަނަ ދަރިފުޅު ދިރިއުޅެނީ މާލޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްތި އޮފދި
24 December 2024
އިންސާފު ހޯދައިދޭން ތިބޭ މުއަސަސާތައް ފެއިލް. ބޮޑު މުސާރަ ދީގެން ހިންގާ ކޯޓު ތަކާ ފުލުސް އޮފީސް އުވާލާ.
raajje
24 December 2024
ހާދަހާތާކުންތާކުނުޖެހޭ ބައެކޭ ފުލުހުންމީދޯ! " އެ ވަޅީގެ ފޮރެންސިކް ތަހުލީލް އަދިވެސް ދަނީ ކުރިއަށެވެ" އޯރިއަލީ؟ ކިހާދުވަހަކުން ނިމޭނެކަމެއްތީ؟ ވަޅީގަޔާ މަރުވެފައިއޮތްތަނުގައިވެސް ހުރީ މައްޔިތާގެލޭކަމަށް ފުލުހުންބުނޭ، ދެންކާކުގެލޭހުންނަންވީ؟؟
މަނިއްޕުޅު
24 December 2024
ދެން ބޭރުން އެފްބީއައި މީހުން ގެންނާނެކަމެއްނެތް. ހޮޅުދޫ މީހުން ގެނައިމަ ރަނގަޅުވާނެ
އައިބި
23 December 2024
ޢޭނާ ޓްރިގަރ ކުރީދޯ އެހާލަތުގަ ހުއްޓައި
ޒަރީރު
23 December 2024
ރައްޔިތުން ނިކުމެ މީހެއްގެމަރު ވަކި މީހަކަށް ތުހުމަތު ކުރުމަކީ ވަރަށް ވިޔާނުދާކަމެއް. ރައްޔިތުންގެ އެފަދަ ހުނަރުވެރިކަމެއް ނުހުންނާނެ. ބޭރުފުށުން ފެންނަ ޒަޚަމަށް އެކަނި ބަލާފަ އެއީ މީހަކު ގަސްތުގަ މަރާލިކަމަކަށްވެސް ބުނެވިގެންނުވާނެ.
ސެއްޅި
23 December 2024
ބޭރުފުށުން ޒަހަމެއް ފެނިގެން އެކަންޔެއް ނޫން. ވަކިމީހަކަށް ނުވަތަ ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭ ގޮތަށް އެތައް ކަމެއް މިކަމުގެ ތެރޭގަ ވަނީ ހިނގާފަ. ރަށުން ބޭރު މީހުންނަކަށް ނޭންގޭނެ. ނޫސްތަކަކު މިވާހަކަތަކެއް ނަމާ އެއްކޮށް ނުލިޔެވޭނެ. ކޮމެންޓްގަ ލިޔުނަސް ޕަބްލިޝްއެއް ނުކުރާނެ. އެހެންވީމާ ނޭންގޭ ކަންތަކާ ބަސް ނުކިޔުން ބުއްދިވެރި.
ގަރީ
23 December 2024
ސުރުހީ އެކަނި ކިޔާފަ ކޮމެންޓް ކުރާތީ ދެރައީ. ހައްޔަރު ކުރީ މާރާމާރީ ހިންގައިގެން. ރަނގަޅުކޮށްލާ
1181
23 December 2024
އިވިފައިވާ ވާހަކަތަކުން ބޮޑަށް ހީވަނީ ހޮޅުދޫ މީހުން އޭނަ ދަރިފުޅުބޮލުގައި ތިިޔަ މަރުގެ ތުހުމަތު އަޅުވައިގެން ވާހަކަ ދައްކަމުންގޮސް އޭނަ އިންޓިމިޑޭޓް ކުރީކަމަށް. އެއްވެސް ހެއްކެތް ނެތި ހީވާ ހީވުމުގެ މައްޗަށް މީހެއްގެ ބޮލުގައި އެފަދަބޮޑު ތުހުމަތެއް އަޅުވައިގެން ނުވާނެ. އެެއްވެސް ހެއްކެއް ނެތި ހަމައެކަނި ކުރެވޭ ހީއެއްގެ ސަބަބުން އޭނަޔާމެދު އެއްވެސް ތަފާތެއް ކުރެވިގެން ނުވާނެ. އޭނަޔަށްވެސް ތިޔަ މުޖުތަމައުގައި އެހެން މީހުންނެކޭއެއްގޮތަށް އުޅެވެންވާނެ.
އަލީކް
23 December 2024
ހައްޔަރުކުރީ މާރާމާރީ ހިންގައިގެންނޭ އެޔޮތީ.. ސުރުހީ އެކަނި ކިޔައިގެން ވާނުވާ ވެގެން ތިޔަ އުޅެނީ...
މިންހާ ބަބް
24 December 2024
މި ކޮމެންޓަކީ އަލީކުގެ ފެންވަރުގެ ކޮމެންތެއް ނޫން ބުރޯ. ގެޓެއް ނުވާނެ. އިޓްސް އޯކޭ
ގެދާނޯމޮސް
23 December 2024
މުޖުތަމައުގެ ސަލާމަތަށް ނުރައްކާމިވަނީ މުސާރަ ދީފަ ބަޔަކު ބަލަން ތިބޭތީ ނޫންހެއްޔެވެ!؟ ވަޅީގެ ފޮރެންސިކް ތަހުލީލް އަދިވެސް ދަނީ ކުރިއަށޯއެވެ! ގޮތްހުސްވެ ރައްޔިތުން ބުއްދި ސުމަކަށް ދަނީ އެވެ! އިސާހިތަކު ވަޅީގެ ޕޯސްޓްމޯޓަން ހަދަން ޖެހިދާނެއެވެ! މުއައްސަސާތަކުގައި އިޚްލާސްތެރި ކަމެއްނެތޭ ވެރިޔާ ބުނާނީ ގައިމު ކަމެއްވެގެން ކަންޔަގީނެވެ...!
ދިވެހިންން
23 December 2024
ތި މިހާރު މާބޮޑަށް އެނގެނީ، އަދިވެސް ތަހްލީލްތަށް އެކުރަނީ އިތުރު ހެކި ހުރިތޯ ޔަގީން ކުރަން، މިސާލަކަށް މި ބުނީ ވަޅީގަ 4 މީހުން އަތްލާފައިވާ ނަމަވެސް އެ ހުރިހާ މީހުންގެ ޕްރިންޓް ވަޅީގަ ހުންނާނެތީ އާއި އެ 4 މީހެއްގެ ޕްރިންޓް ވަކި ކުރުމަކީ ވަރަށް ވަރަށް އުނދަގޫ ކަމަކަށްވާނެތީ. ގައިމު ފުލުހުން މަސައްކަތްތަކެއް ކުރާތީދޯ މީސް މީހުންނަށް ހުކުމް ކޮށްފަ ޖަލަށް އެލަނީ، ދޭތެރެ ޖެހޭ ކަހަލަ ވާހަކަ ނުދައްކަބަ، ތިމާ ދައްކާވާހަކައަށްވެސް ޖަވާބު ދާރީވާންޖެހޭނެ
ޚކކޖޖޖ
23 December 2024
ތަހްލީލްތަށް؟؟ ދިވެހިންން ނަމުގަ ކޮމެންޓު ކުރި މީހާ ދޭ ދިވެހި ބަސް ދަސްކުރަން. މާބޮޑަށް އިނގެނީ އޯ
ކަތްދައްތަ
23 December 2024
ގާނޫނު ތަންފީޒު ކުރާ އިދާރާތައް ފޭލިވެ މަންމައެއްގެ މަރު ވެގެން ދިޔަ ގޮތް ނޭގި ގާނޫނުތައް ރައްޔިތުންގެ އަތްމައްޗަށް ނެގީމާ ދެންވެސް ކުށްވެރިވަނީ އަނިޔާ ލިބުނު މީހާ ހެއްޔެެވެ؟
ނޫނު
23 December 2024
ބޮޑު ފިރިހެން ދަރިފުޅު ބޭނުންވި ޕޯސްޓްމޯޓަމް ހަދަން ވެސް ދޯ. އަޑުއިވުނު ގޮތުގައި ޒަކުއްޔާގެ އާއިލާއިން ވެސް ބޭނުންވި އެގޮތް. އެކަމާ ދެކޮޅު ހެދީ ކޮން ބައެއް ކީއްވެ؟ އެންމެ ފަހުން ދަރިފުޅު ހައްޔަރު. މިކޮން ކަހަލަ ގައުމެއްތާ؟؟؟
ބިއްލީ
23 December 2024
މިކޮން ކަހަލަ ގައުމެއްތާ؟؟؟ މިގޮތް ރަނގަޅެއްނޫން. ރަނގަޅު ގޮތަކީ މީކޮންކަހަލަ އަރަތެއްބާ؟
އިހްސާސް
23 December 2024
ކޮޔާ ޙަބަރުގަ އޮތި އެސޮރު ހައްޔަރުކުރީ މާރާމާރީގެ މައްސަލައެއްގައޭ.