"ބޫލް ބުލައްޔާ 3"ގެ ޕޯސްޓަރެއް.
27 ޑިސެމްބަރ 2024 - 06:22
ބޮލީވުޑްގެ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޫލް ބުލައްޔާ 3" މާދަމާ ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށަން ނިންމައިފި އެވެ.
ހޮރޯ ކޮމެޑީ ފިލްމު "ބޫލް ބުލައްޔާ 3"އަށް ވަނީ ބޮކްސް އޮފީހުގައި 417 ކްރޯޑް ރުޕީސް (48.9 މިލިއަން ޑޮލަރު) ލިބިފަ އެވެ. އެއީ، 150 ކްރޯޑް ރުޕީސް (17.6 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
"ބޫލް ބުލައްޔާ"ގެ ހަތަރުވަނަ ފިލްމެއްގެ މަސައްކަތް ވެސް އެ ފިލްމުގެ އުފެއްދުންތެރިން ކަމަށްވާ އަނީސް ބަޒްމީ އާއި ބުޝަން ކުމާރް ވަނީ ފަށައިފަ އެވެ. އެއީ ފުރަތަމަ ތިން ފިލްމަށް ލިބުނު ތަރުހީބު ބޮޑުވުމުންނެވެ.
ދެވަނަ ފިލްމުގައި ލީޑު އެކްޓަރުގެ ރޯލު ކުޅުނު ކާތިކް އަރްޔަން މި ފިލްމުގައި ވެސް އުޅުނުއިރު، ހާއްސަ ރޯލަކުން ވިދްޔާ ބާލަން އާއި މަދޫރީ ދިކްޝިތު ވެސް ފެނުނެވެ. އަދި މުހިންމު ރޯލަކުން ތުރިޕްތީ ދިމްރީ ވެސް ފެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިލް
29 December 2024
""ބޫލް ބުލައްޔާ"ގެ ތިންވަނަ ފިލްމެއްގެ މަސައްކަތް ވެސް އެ ފިލްމުގެ އުފެއްދުންތެރިން ކަމަށްވާ އަނީސް ބަޒްމީ އާއި ބުޝަން ކުމާރް ވަނީ ފަށައިފަ އެވެ. އެއީ ފުރަތަމަ ތިން ފިލްމަށް ލިބުނު ތަރުހީބު ބޮޑުވުމުންނެވެ" އަލުން ތިންވަނަ ފިލްމް ހަދަނީ އުތަ؟