ކުރީގެ މެމްބަރު އަލީ ހަމީދު އެމްޑީޕީއަށް މިދިޔަ އަހަރު ސޮއިކުރައްވަނީ: އެ ކުންފުންޏަށް މިދިޔަ އަހަރު 44 މިލިއަން ރުފިޔާ ދޫކޮށް، މަޝްރޫއުއެއް ހަވާލުކުރި މައްސަލާގެ ޖިނާއީ ތަހުގީގު އަވަސްކުރަން ޕީޖީން ވަނީ އަންގާފައި --- ފޮޓޯ/އެމްޑީޕީ
26 ޑިސެމްބަރ 2024 - 16:56
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން (އެންސީސީ) ކުންފުންޏަށް ހަވާލުކުރި މަޝްރޫއުއަކަށް 44 މިލިއަން ރުފިޔާ ދޫކުރި މައްސަލައިގެ ތަހުގީގު އަވަސްކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.
އާސަންދަ ކުންފުންޏަށް ހަ ބުރީގެ އިމާރާތެއް އެޅުމަށް އެންސީސީއާ ހަވާލުކުރީ ސެޕްޓެމްބަރު، 2016 ގަ އެވެ. އެއީ 61 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އޭރު އަންދާޒާ ކުރި ގޮތުން ނަމަ، އެ ޕްރޮޖެކްޓުން އެންސީސީއަށް ތިން ޕަސެންޓުގެ ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ އެވެ.
އެއް އަހަރާއި ތިން މަސް ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއު ކުރިއަށް ނުގޮސް އޮއްވާ އާސަންދައިން އެ ޕްރޮޖެކްޓް މަޑުޖައްސާލަން އެންގީ 2017 ވަނަ އަހަރު ބަޖެޓުގެ ދަތިކަމާ ހުރެ އެވެ. އެކަމަކު ޕްރޮޖެކްޓަށް ވަގުތު ހުސްކުރަން ކުންފުނީގެ ބައެއް ވަސީލަތްތައް ބޭނުންކުރުމުން މާލީ ގެއްލުންތަކާ ކުރިމަތިވި ކަމަށް ބުނެ އެމްޑީޕީގެ ވެރިކަމުގައި ހެދި ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުން އެ ޕްރޮޖެކްޓްގެ ބަދަލުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހަދާ 10 ބުރީގެ އިމާރާތެއް އަޅަން ހަވާލުކުރި އެވެ.
ފަހުން ހަވާލުކުރި ޕްރޮޖެކްޓްގެ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން ޖުމްލަ 44 މިލިއަން ރުފިޔާ ދޫކުރި އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް ބަލަމުން އަންނައިރު އެ ކޮމިޓީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލައަކީ ދިވެހި ދައުލަތާއި އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް މައްސަލައަކަށް ވާތީ، އެ މައްސަލައަށް ހާއްސަ ސަމާލުކަމެއް ދީގެން އަދި އެ މައްސަލައަށް ހާއްސަ ތަހުގީގީ ޓީމެއް އެކުލަވާލައި އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި އެ މައްސަލާގައި ހިމެނޭ ފަރާތްތަކާ ގުޅޭ އެ ބާވަތުގެ އިތުރު ޕްރޮޖެކްޓެއްގެ އެއްބަސްވުމެއް ހަދާފައިވާނަމަ، އެކަން ވެސް އެ މައްސަލައިގެ ތެރެއިން ތަހުގީގު ކުރުމަށް ވަނީ އަންގައިފަ އެވެ.
އެ މައްސަލާގައި މީގެކުރިން މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމަކަށް ވަނީ އެންސީސީ އާއި އާސަންދަ އަދި އެޗްޑީސީގެ ބޭފުޅުން ވެސް ހާޒިރުކޮށްފަ އެވެ.
އެ މައްސަލާގައި ކޮމެޓީގައި އޭރު އަލީ ހަމީދު ވިދާޅުވީ އެ ކުންފުންޏަށް އެ މަޝްރޫއުގެ ބިން ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 16 ގައި ކަމަށާއި އެތަނުގެ ޕަވާ އޮފް އެޓާނީ ލިބުނީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި މަސައްކަތް ލަސްވީ ބިމާއި ފެނާ ގުޅޭ މައްސަލަތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ވަނީ އަލީ ހަމީދު ފާހަގަ ކުރެއްވި އެ މައްސަލަތައް ދިމާވި ކަމަށާއި އޭގެ ސަބަބުން ވަގުތު ނަގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރު އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް މިދިޔަ އަހަރު އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތްއިރު، އަލީ ހަމީދު ވެސް ޕީއެންސީއަށް ސޮއި ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަލީ1111
27 December 2024
ކޮބާ އެމްޕީއެލް ގެ ހިޔާ ކޮރަޕްޝަން ގެ މައްސަލަ؟ އެތަނުގެ ސީއެފްއޯ އާ ހަލީމްއެމްޑީ އާ ޝާހިދު އެމްޑީވެސް ހިމެނޭ ބޮޑު ޖަރީމާ އެއް އެއީ
ރުވޭދާ ރަމީޒް
27 December 2024
މި މީހުންނަ ދައުވާ ކޮށްފިނަމަ ދެން ނުކެރޭނެ އެހެން މީހުންނަ މިހެން ވައްކަން ކުރަނަ. މީ ބޮޑުވަރު ވައްކަން ކުރިޔަސް.ބޮޑު އަދަދުން މިދެނީ ފައިސާ
ޖީހާމް އަލީ
27 December 2024
މިދިޔަ ސަރުކާރުގަ ހުސް ވަގުން ތިބީ. މޫކޭ އާ ފެނަކަ ސައިދުގެ މައްސަލަވެސް ބަލަން ވީ. ހުސް ވައްކަން ކުރީ
މުހައްމަދު ހައްސާން.
27 December 2024
އެހެން ސަރުކާރުތަކުގެ ވައްކަން ނުބެލުމަކީ ބޮޑު ބޭއިންސާފެއް. މިހާރު މި ނެގި ސްޓޭންޑް ރަނގަޅު. ބެލެންވާނެ. ދޫ ދީގެން ނުވާނެ
މުހައްމަދު މޫސާ.
27 December 2024
ވައްކަން ބަލާނެ ވެރިމަމެއް މިއައީ އަދި ކިރިޔާ. ކުރީ ސަރުކާރުގެވެސް. އަމިއްލަ ސަރުކާރުގެވެސް. ހެޔޮ ބަދަލެއް
އަދުގަމް އަލީ
27 December 2024
ވައްކަން ބަލަންވީ. އެކަކުވެސް ދޫނުކުރާތި
ސަރުކާރީފަގީރުން
27 December 2024
އެސަރުކާރުގަ ފަސްމާމުގުލުންގެ ފަސްވަގުން ފެންނަ ފޮޓޯއެއް. މިސަރުކާރުގެ ވަގުންތައް ފެންނަ ފޮޓޯ މިހެން ފެންނާނީ މިސަރުކާރު ނިމިގޮސް ދެންނަ ސަރުކާރަކުން.
އަބްޑޫޅް +
27 December 2024
ތިޔައީ ވަގުންގެ ރާއްޖެ އެކޭ.
ދޯރި،
26 December 2024
ބައިވަރު މައްސަލަތައް ހުއްޓާ ވަކި މައްސަލައަކަށް ޕިންޕޮއިންޓް ކުރީ ކީއްވެބާ، ސަރުކާރުގެ ކަރަޕްޝަނުގެ މައްސަލަތައް ފެންމަތިވާން ފެށުމުން ސަމާލުކަން އަނބުރާލަން ކުޅިއެއް ޖަހާލީއެވެ.
ބައިވަރުބެ
27 December 2024
އެ ސަރުކާރުގެ ކޮންމެ މައްސަލައެއް ބެލިޔަސް ތިހެން ހަމަ ކިޔާނީ. މާނައަކީ އޭރުގެ ވައްކަން ބަލާނެ ކަމެއް ނެތޭތަ؟ ފެންނަނީ މި ސަރުކާރުގެ ތުހުމަތުވާ ކޮރަޕްށަން ވެސް ބަލާތަން. ތިބޭފުޅާއަަށް ނުފެންނަ ކަމަށް ހެދިޔަސް.
ދަލޭކަ ދައިތަ
26 December 2024
ހުރިހާ ސުވާލެއްގެ ޖަވާބު ފަހު ޕެރެގްރާފްއިން އެބަލިބޭ. ނިކަން ރަނގަޅަށް ފިޔަވަޅުއަޅަންވާނެ. ސަލާމަތާ ރައްކާތެރިކަންހޯދައިގެން ދެންވެސް ކެވޭތޯ ހާދައަވަހަކަށޭ ދޯ ބޯވަ ހަދާހެން ކުލަ ބަދަލުކޮށްލަނީ.