ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ: މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކުރުމުން އެއީ ބައްޕަގެ އެއްޗެއް ކަމަށް ކޯޓުގައި ވަނީ ބުނެފައި --- ފޮޓޯ/މިހާރު
29 ޑިސެމްބަރ 2024 - 11:25
ޑްރަގާއެކު ހައްޔަރުކުރި މީހަކު، އެ ޑްރަގަކީ އޭނާގެ ބައްޕަގެ އެއްޗެއް ކަމަށް ކޯޓުގައި ބުނެފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.
އޭނާއަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
ކޯޓުގައި މީނާ ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އަތުން ފެނުނު ޑްރަގަކީ އޭނާގެ ބައްޕަގެ ތަކެއްޗެވެ.
ނަމަވެސް، ހައްޔަރުކުރި ވަގުތު އެ ތަކެއްޗަކީ ބައްޕަގެ އެއްޗެއް ކަމަށް އޭނާ ބުނެފައިނުވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
އޭނާގެ އަތުން ގިނަ އަދަދެއްގެ ޑްރަގާއި ޑްރަގް ބަންދުކުރުމަށް ބޭނުން ބަންދުކުރުމަށް ބޭނުން ކުރާ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަހީދުގެ
29 December 2024
ދެން ބަފާ ގެންގޮސް ސުވާލު ކޮށްބަލަ. ވެދާނެ ފެމެލީ ބިޒްނަސް އަކަށް ވެސް.
ރަދީފު ބިން ރަފައިދާ
29 December 2024
ބައްޕަ ގެންދިޔައީމާ ބުނާނެކަންނޭންގެ ކާފަގެ އެއްޗެކޭ.
ސަމަރޭ
29 December 2024
ބައްޕަގެ ދުވަސްވެސް ތި ދިޔައީ.. ދެން ބައްފަ ގެންދިޔައީމަ ބުނޭ މަންމަ ދިން އެއްޗެކޭ..
ޗޮކޮސްސް
29 December 2024
ގަޓުވެގެން ޑްރަގު ގެންގުޅޭއިރު ކަމަކާ ލައިގަތީމާ މުސްކުޅިބަފާގެ މަތި މި ކުރަނީ. ލަދުން ބޯ ހަލާކު.
ޑޮން ހުސޭނު
29 December 2024
3 ފަހަރު 3 ގޮތައް ބުނީމާ ސަލާމަތް ވާކަމަށް ވޭ ޝަރީއަތުން
އެހެންނު.
29 December 2024
މިހާރު ތިވީގޮތުން ބައްޕައާ ދެމީހުން އެއްގޮޅިއަށް.
އަފްރާސިޔާބު
29 December 2024
ނޫނޭ ދެމީހުންވެސް ސަލާމަތްވީ.
ބެދުމުގެ ކުރިން ކީއްވެ ނޭންގީ
29 December 2024
ބައްޕަގެ އެއްޗެކޭ ބުންޏަސް އަދި ބައްޕަގެ އެއްޗަކަށްވިއަސް ކަލޭ ސަލާމަތްނުވާނެ ދޯ. ކަލޭގެ އިތުރުން ބައްޕަވެސް ތިކަމުގައި ތި ބެދުނީ. ހިތުން ވަރަށް މޮޅުކަމެއް ތިކުރީ
ޖަލީލީ
29 December 2024
މިޒަމާނުގެ ބައެއް ބައްޕައިން އަތުން ވާރުތައިންވެސް ލިބޭނީ ތިޔަކަހަލަ ހަދިޔާއެއް