ދެ ކުއްޖަކު ހިނގާފައިދަނީ: ޗައިނާގައި ވަނީ މަރުގެ މައްސަލައެއްގައި، ކުޑަ ކުއްޖަކު އުމުރަށް ޖަލަށް ލާފައި.
31 ޑިސެމްބަރ 2024 - 05:57
ޗައިނާގައި އުމުރުން 14 އަހަރުން ދަށުގެ ކުދިންތަކެއް އެހެން ކުއްޖަކު މަރާލި މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްޔެ އިއްވައިފި އެވެ.
ހާދިސާ ހިނގި އިރު 14 އަހަރު ނުވާ ތިން ކުއްޖެއްގެ މައްޗަށް ތުހުމަތުކުރެވުނީ އެ ކުދިންގެ ކްލާސް ކުއްޖަކަށް އެތައް ދުވަހެއް ވަންދެން ބުލީކުރުމަށް ފަހު، އެކަހެރި ތަނަކަށް ގެންގޮސް މަރާލައި ވަޅުލި ކަމަށެވެ. މި އަނިޔާވެރި އަމަލާ އެކު ކުޑަކުދިންނަށް ޗައިނާގައި މިފަދަ ކުށްތަކާ ގުޅިގެން އަމަލުކުރާނެ ގޮތަކާ މެދު ބަހުސްކުރަން ފެށި އެވެ.
އުމުރުން 13 އަހަރުގެ ކުއްޖާގެ ބޮލުގައި އެއްޗަކުން ޖަހައި މަރާލުމަށް ފަހު ވަޅުލި މައްސަލައިގައި ތިން ކުއްޖަކު ހިމެނޭއިރު ގަސްތުގައި މެރުމުގެ ކުށް ސާބިވީ ހަމަލާ ދިން ކުއްޖާއަށެވެ. އަދި އެއް ކުއްޖަކަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު ދެން ހުރި ކުއްޖާއަށް އިއްވީ "ކަރެކްޝަނަލް އެޑިއުކޭޝަން" ދިނުމަށެވެ.
ޗައިނާގައި 2021 ވަނަ އަހަރު ވަނީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރުން 14 އަހަރުން 12 އަހަރަށް ހާއްސަ މައްސަލަތަކުގައި ދަށްކޮށްފަ އެވެ. ހާއްސަ މައްސަލަތައް ކަމަށް ބަލަނީ އަނިޔާވެރިކަމާ އެކު މެރުން ފަދަ އަމަލުތަކަށެވެ.
އިއްޔެ އަކީ ގާނޫނަށް ގެނައި މި ބަދަލުގެ ދަށުން ހުކުމްކުރި ފުރަތަމަ ފަހަރެވެ.
ދައުލަތުގެ ވަކީލުން މި މައްސަލައިގައި ކޯޓުގައި ބުނެފައިވަނީ "ކުށް ކުރިއިރު އުމުރުން 12 އަހަރުން މަތި ނަމަވެސް 14 އަހަރުން ދަށުގެ މީހުން ކަމަށްވާތީ... އެމީހުން ޖިނާއީ ޒިންމާ އުފުލަން ޖެހޭ" ކަމަށެވެ.
އަދި މިއީ ވަރަށް އަނިޔާވެރި މަރެއް ކަމަށާއި މި އަމަލުގެ ނަތީޖާ ވެސް ގޯސްވާނެ ކަމަށް
ޗައިނާގެ ގާނޫނުތައް ބުނާ ގޮތުން މީހުން މެރުމުގެ ކުށުގެ އަދަބަކީ އުމުރަސް ޖަލަށްލުން ނުވަތަ މަރާލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރުު
31 December 2024
ޗައިނާގައި އުމުރަށް ޖަލަށްލުމުގެ މުއްދަތަކީ ކިހާވަރެއްތޯ ނޫސްވެރިޔާ ބަލައިދީބަލަ. މިރާއްޖޭގައި އުމުރަށް ޖަލަށްލީމާ 20އަހަރުން ސަލާމަތްވާތީ ސާފުކޮށްލަން ބޭނުންވަނީ.
ގެދާނޯމޮސް
31 December 2024
ޗައިނާގައި ޖެންޑާ މިނިސްޓަރު ބޭނުން ވާގޮތަށް ބާ މިނިމުނީ ؟ މިތާންގަ ނަމަ ހައްގުތަށް އޮންނާނީ ބޮޑަށް ގާތިލަށެވެ! މިތާންގެ މިނިސްޓްރީ އަކީ ޑރ މުއިއްޒުގެ ވެރިކަމުގައި ބަޔަކު ފިލާތިބެ ހިންގާ އެއް ނާތަހްޒީބް އެއް މުއައްސަސާއެވެ!!؟