އީވް ކްލިނިކް ވެސްޓްޕާކް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
05 ޖެނުއަރީ 2025 - 13:43
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ދެމުންދާ އީވް ކްލިނިކުން ދާދިފަހުން ހުޅުވި ދެވަނަ ކްލިނިކުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭން ފަށައިފި އެވެ.
"އީވް ކްލިނިކް ވެސްޓްޕާކް"ގެ ނަމުގައި ބޮޑުތަކުރުފާނު މަގު، ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައި ހުންނަ އެ ކްލިނިކުން ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ސައިކޮލަޖީ ޑިޕާޓްމަންޓެއް ވަނީ ތައާރަފްކޮށްފަ އެވެ. އެ ޑިޕާޓްމަންޓުގައި ސައިކޮލަޖިސްޓުންނާއި ސްޕީޗް ލެންގުއެޖް ޕެތޮލޮޖިސްޓަކާއި ސްޕެޝަލް އެޑިއުކޭޓަރެއް އަދި ކައުންސިލަރެއް ހިމެނެ އެވެ.
އީވް ކްލިނިކުގެ ސައިކޮލަޖީ ޑިޕާޓްމަންޓުގެ ޓީމު.
އެ ތަނުން ދޭ ފަރުވާތަކުގެ ތެރޭގައި ސައިކޯތެރަޕީ އާއި ސްޕީޗް ތެރަޕީ އާއި ހިޕްނޯތެރަޕީ އާއި އީއެމްޑީއާރު އަދި ކަޕްލް ތެރަޕީ އާއި ފެމެލީ ތެރަޕީގެ އިތުރުން ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ ހިމެނެ އެވެ. އޭގެ އިތުރުން އެ ތަނުން ޕޭރެންޓިން އާއި ސައިކޯ އެޑިއުކޭޝަން އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަހުލުވެރި ކުރުވުމުގެ ޕްރޮގުރާމް ވެސް ހިންގާނެ އެވެ.
އީވް ކްލިނިކުން ބުނީ އެ ކްލިނިކުގެ އަމާޒަކީ އެކި މުއައްސަސާތަކާ ގުޅިގެން ނަފްސާނީ ބަލިތަކާއި ދުޅަހެޔޮ ކަމަށް އަހުލުވެރި ކުރުވުމުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
އީވް ކްލިނިކް ވެސްޓްޕާކުގެ ލޮކޭޝަން.
އީވް ކްލިނިކުން ނަފްސާނީ ބަލިތަކުގެ ފަރުވާ ހޯދުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އެ ކްލިނިކުގެ ނަމްބަރު 7280788 އަށް ގުޅައިގެން ނުވަތަ ވައިބާ ކޮށްގެން އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.
އެ ކްލިނިކުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް، އެތަނުން ދޭ ހިދުމަތްތަކުގެ އިތުރު މައުލޫމާތު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމީދު
05 January 2025
ރީތި އިިމާރާތެއް،