އުފުރިޔާގޭގެ ހަ ވަނަ ފުލޯގައި ރޯވެފައިވާއިރު، އެ ގޭގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
07 ޖެނުއަރީ 2025 - 13:13
ގ. އުފުރިޔާގޭގެ ހަވަނަ ފުލޯގެ އެޕާޓްމަންޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ކޮޓަރިއެއް އެއްކޮށް އަނދައި ހުލިވި ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އުފުރިޔާގޭގެ ހަވަނަ ފުލޯގެ "އެޕާޓްމަންޓް ބީ"ގެ އެއް ކޮޓަރި އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ.
ނޭޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެޕާޓްމަންޓުގައި ދިރިއުޅުނު އެކަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމު މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ.
ގަލޮޅު ވީބީ މާޓް ކުރިމަތިން އަދި އިހުސާން ފިހާރަ ވެސް ހުންނަ އިމާރާތުގެ ހަވަނަ ފުލޯގެ އެޕާޓްމަންޓެއްގައި ރޯވީ ރޭ 11:30 ހާއިރެވެ. ސިފައިންގެ ފަޔަމަނުން އެ އަލިފާންގަނޑު ނިއްވާލީ ރޭ 12 ޖެހި ފަހުންނެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުލިބުނު ނަމަވެސް، ދުމުގެ އަސަރުކޮށްގެން އުމުރުން ދުވަސްވީ މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
07 January 2025
އަލިފާން ރޯވީ އިހުމާލަކުން ކަމުގައި ސާބިތުވެއްޖެނަމަ، ވަގުތީ ހިޔާވަހިކަން ދިނުމަށްކުރި ޚަރަދު އަތުލަންވާނެ. މިބުނީ ސިނގިރޭޓް ބުއިންކަހަލަ ކަމެއްގެ ތެރެއިން ކަމަށްވާނަމަ.