މާލޭގެ ގެއެއްގައި މިރޭ އަލިފާން ރޯވެއްޖެ އެވެ.
ގ. އުފުރިޔާގޭގެ ހަ ވަނަ ފްލޯގައި މިރޭ 11:30 ވާން އުޅެނިކޮށް ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާމަނުން ނިއްވާލީ 12 ޖަހާކަންހާއިރެވެ.
ގަލޮޅު ވީބީ ކުރިމަތިން އަދި ގަލޮޅުގައި އިހުސާން ފިހާރަ ވެސް ހުންނަ ނުވަ ބުރީގެ އިމާރާތުގެ ހަ ވަނަ ފްލޯގައި ރޯވުމުން ލިބުނު ގެއްލުންތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.
އުފުރިޔާގޭގެ ހަ ވަނަ ފްލޯގައި ރޯވުމުން، އެ އިމާރާތުގައި ދިރިއުޅޭ އެންމެން ބޭރަށް ނެރުނެވެ.