ހުވަދުއަށް މިއަދު ވަނީ ފުލުފުލުގައި ތިން އެލާޓް ނެރެފައި. އެއީ ވައިޓް، ޔެލޯ އަދި އޮރެންޖް އެލާޓް.
ަކަނޑު ގަދަ ދުވަހެއްގައި މާލެ ކައިރިން ދޯންޏެއް ދަތުރުކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
09 ޖެނުއަރީ 2025 - 12:58
ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް ގއ. އާއި ގދ. އަތޮޅަށް އޮރެންޖް އެލާޓް މިއަދު ނެރެފި އެވެ.
މެޓް އޮފީހުން ވަނީ މިއަދު މެންދުރު 12:50 އިން މެންދުރު ފަހު 3:00 އަށް އެ ސަރަހައްދަށް އޮރެންޖް އެލާޓް ނެރެފަ އެވެ. މި ވަގުތުތަކުގައި އެ އަތޮޅުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
އޮރެންޖް އެލާޓް ނެރުމުގެ އިރުކޮޅެއް ކުރިން އެ ސަރަހައްދަށް ޔެލޯ އެލާޓް ވެސް ނެރުނެވެ. އެލާޓް ލެވަލް މަތިކުރީ އޭގެ 15 ވަރަކަށް މިނެޓު ފަހުންނެވެ. އޭގެ 15 ވަރަކަށް މިނެޓު ކުރިން އެ ސަރަހައްދަށް ވައިޓް އެލާޓް ވެސް ނެރުނެވެ.
Orange warning for torrential rain and thunderstorms with possible flooding. pic.twitter.com/hrHx9KNEMN
— Maldives Meteorology (@MetMaldives) January 9, 2025
ރާއްޖޭގައި މޫސުން ދަރަޖަ ކޮށްފައި އޮންނަ ގޮތުން ނެރެނީ ވައިޓް، ޔެލޯ، އޮރެންޖް، ރެޑް އަދި ވިއްސާރަ އަލިވުމުން، ގްރީން އެލާޓެވެ. އޮރެންޖް އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ.
މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ފެންބޮޑުވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ދުވަހު ވެހުނު ވާރޭގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ މާލެއަށެވެ. މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގޭގެއަށާއި ފިހަރާތަކަށް ވަރަށް ބޮޑަށް ފެންވަދެ، ގެއްލުންވި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނި ގޮތުގައި، މާލެއަށް މިދިޔަ ހުކުރު ދުވަހު ކުރި ގަދަ ވިއްސާރާގައި ގެތަކަށް ވެފައިވާ ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެއީ މިހާތަނަށް ވިއްސާރާގައި މާލެއަށް ގެއްލުން އެންމެ ބޮޑުވި ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހްމަދ
09 January 2025
ފެންބޮޑުވެއްޖެ ، ގެމަނަފުށި އެއްކޮށް ފެނުއަޑީގައި، ހެނދުނެއްސުރެ ވެހެންފެށިގޮތަށް އަދި ނުހުއްޓާ