ޖެނުއަރީ 3، 2025: މާލޭގެ މަގުމަތީގައި މާ ބޮޑަށް ފެންބޮޑުވެ ސައިކަލް ނުދުއްވޭ ވަރު ވުމުން ބަޔަކު ސައިކަލުތައް ދާމަފައި ފެންގަނޑުގެ ތެރެއިން ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
11 ޖެނުއަރީ 2025 - 12:10
މާލެއަށް ރޭ ކުރި ވިއްސާރާގައި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބައެއް ގޭގޭގެ ފާހާނާތަކުން ނަޖިސް ލީކުވުމުގެ މައްސަލަތައް ޖެހި، ދިރިއުޅުމަށް ދަތިވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެންޑީއެމްއޭ އިން ބުނީ ރޭގެ ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ހަތް ގޭބިސީއެއްގެ 44 މީހަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމު ހަމަޖައްސައި ދީފައިވާ ކަމަށެވެ.
"މި ފަރާތްތައް ބަދަލު ކުރެވުނީ މި ގެތަކުގެ ފާހާނާތަކުން ނަޖިސް ލީކުވުމާއި ކައްކާއި ކައިބޮއެ ހެދުމަށް ބުރޫއަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައި ވާތީ،" އެންޑީއެމްއޭ އިން ބުންޏެވެ.
މާލެއަށް ރެއިން ފެށިގެން މެދުނުކެނޑި ވެހުނު ވާރޭގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވި އެވެ. އަދި މިއަދުގެ ހެނދުނު 10:00 އާ ހަމައަށް 18،000 އަށް ވުރެ ގިނަ ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށާއި ގިނަ ގޭގެއަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވެސް ބުނެފައިވެ އެވެ.
މި މަހުގެ ތިންވަނަ ދުވަހު ވެސް މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހި، ގިނަ މަގުތަކުގައި ފެން ބޮޑުވެ، ގޭގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި، އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެއަށް އެންމެ ގެއްލުން ބޮޑުވި ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގު
11 January 2025
އަމީނީ މަގާގުޅިފަހުންނަގޯޅިތަކުގެ ގެތަކަށްއެހާވަރުވަނީ އަމީނީމަގުހެދިއިރު މަގުއުސްކޮށް ގޯޅިތިރިކޮށްބޭއްވީމަ، މީމަގުހަދަންއިލުޅުއްވީ ބައިކުޅަދުންބާއޭ ހިތައްއަރާ މިވަރުކަމެއްވެސް ރަގަޅަށްކުރަންނޭގުނީ. ދެންފެބްބޮޑުވެމީހުންހާލުގަ ޖެހުނީމަ ވ ފަޚުރުވެރިވެފަ މިވެނި އަދަދަކަށް މީހުންނަށް ވަގުތީހުޔާ ހަމަޖައްސައިިދިނީމޭ ބުނާއިރު ނިކަމެތި ރައްޔިތުންނަށް ލިބޭގެއްލުން އިހުސާސްވޭބާ
ސަމއި
11 January 2025
ފެން ހިންދާ ވަޅުތައް ގިނަކުރޭ... ހައްލަކީ އެއީ
މާލޭބޮޑުމީހާ
11 January 2025
މިރަށަށް ނުކަތާވަރަށް މުޅި ރާއްޖެ އެއްތަންކޮށް އެއްވަޅުގަޑަކަށް ގުއިރީ އެވަޅުގަޑަށް ގެންހިދާ އެވަޅުގަޑުމަތީ މަތިމައްޗަށް ނިދާ އެވެރުނުވެގެން އެވަޅުގަޑުމަތީ ބަގަލާސިޓީއެއް ގާއިމުކޮށް ވީއެއްޗެވެ ނުކަތައިގެން ގޮސް ދެފަރާތުން ފަޅައިގެން ހުރިއެއްޗެއް ބޭރުނުވެ ކިހިނެތް ހިފެހެއްޓޭނީ.
ޢައިމޯ
11 January 2025
ކުރިއަށް އޮތްތާގައިވެސް ވާރޭ ވެހުން ގިނަވާނީ ، މޫސުމަށް ރަގަޅު ބަދަލެއްނާދޭ ، އަހަރެއް އަހަރަކަށް މޫސުމް ދައްކަނީ ފޯސްވަމުންދާތަން ، ވީމާ މާލޭގައި އުޅޭމީހުންނަށް ތިނޫންހާލެއް ދެންހިއެއްނުވޭ އަންނާނެހެން
ހުސެއިނާސްކީ
11 January 2025
ދިވެހިރާއްޖެ އަކީ މާލެ، މާލޭ މީހުންނަކީ ދިވެހީން.. ދެން ތިބީ ބަނގާލީން...އަދި އެއްފަހަރު މަގު ހަދާ...ރަށެއްގައި ފެން ބޮޑުވެގެން ތިހާ ފޮނެއް ނާރުވާ... އަދިވެސް އުސް އިމާރާތް އަޅާ މިތަން ފުނި ޖައްސާ... އަހަރުމެން ގުލާމު ކުރުވަން ހަދައިގެން އަމިއްލަ އަށް ގޮސް ރވނ...ފައިސާ ފައިސާ
ޒުހުރިއްޔާ
11 January 2025
މާލެ ނޫންގޮތެއް ހިފައިގެން ނޫނީ 2028 ގެ ވޯޓު ހޯދަން ނާންނާތި،
ބައި
11 January 2025
މާލެ ސަރަހައްދަށް މީހުން ޖަމާކުރަންވީ ހަމަ. އެކަމަކު ބޭނުންވާ ޚިދުމަތްތައް ގާއިމުކުރަން ޖެހޭ. 50 މީހުން ރަށެއްގައި އުޅެގެން ކުރިއެރުމެއް ނެތްް. ހުރިހާ އެންމެން މާލެ ސަރަަހައްދަށް ގެންނަންވީ
އައްސޭރި
11 January 2025
ވިސްނައި ފިކުރުކުރޭ. ކުރިމަތިވާ ކަންކަމުން ޢިބުރަތް ލިބިގަނޭ.
ދީދާތް
11 January 2025
އަފީފޫ ފެނޭތަ؟
ދަނޑުން
11 January 2025
ވިއްސާރައިގާ ފަރުދީ ޒިންމާވެސް އޮންނާނީ، އޮޅިގަނޑު ލުމާއި ފިލާޖެހިދާނެ،
ވާންވީ
11 January 2025
ޖަންކުޝަން ވަށާތަ އޮޅިގަނޑު ލާ ފިލާޖަހަންވީ ؟
ޝަނީފް
11 January 2025
ދެލައްކަ މީހުންގެ އާބާދީއަކަށް މައުމޫންު ޒަމާނުގަ އެޅި ނަރުދަމާއެއް މާލޭގަ އަދިވެސް މިއޮތީ! މިވަރުގެ ތަންފުކަކަށް މުޅި ރާއްޖެ ޖަމާކުރީމަ ވާނީ މިހެން.