ފުލުހުން މަގުމަތީގައި ޑިއުޓީ ކުރަނީ: މާލޭގެ ގެސްޓް ހައުސްއެއްގައި މަރުވެފައި އޮތް މީހަކު ވަނީ ފެނިފައި.-- ފޮޓޯ: މިހާރު
11 ޖެނުއަރީ 2025 - 16:41
މާލޭގައި ހުންނަ ގެސްޓް ހައުސެއްގެ ފާހާނާއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ބުނީ ހެންވޭރުގައި ހިންގާ ގެސްޓް ހައުސްއެއްގެ ފާހާނާގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު ދޭއް ޖަހާކަށް ހާއިރު ކަމަށެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ސ. ހުޅުދޫ، ބޮކަރުމާގެ، އަބްދުﷲ ޒަކީ، 59 ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މި ކަހަލަ ތިން މައްސަލައެއް މިދިޔަ މަހު ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. މާލޭގެ ގޭގެއިން ފެނުނު އެ ތިން މީހުން ވެސް އޮތީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަނުދުންމާރި
12 January 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ޤޮތްނޭގޭ މަރޭ ކިޔައިގެން ކޮމެންޓް ކުރާފަރާތް ތަކަށް ދަންނަވާލަން، މަރަކީ ކަނޑައެޅިފައިވާ ވަޤުތު ޖެހުނީމަ ފުރާނަ އަކީ ގެންދަވާ އެއްޗެއް. ކުއްލިއަކަށް މަރުވާ ކޮންމެމީހަކީ އެއްޗެއް ބޮއެގެން ނުވަތަ ގޯސް ކަމެއް ކޮށްގެން މަރުވާނެ މީހެއްވެސް ނޫން. އަދި މީހަކު މަރުވުމަށް ފަހު އެމީހަކާ ދިމާލަށް އެއްޗެހި ކިޔައި އަމިއްލަ އަށް އިތުރު ފާފައަކަށް އަރައިގަތުމަކީ ރަނގަޅުކަމެއް ނޫން.
ކިއްލާ2222
12 January 2025
އޭނަ ބަލި ވެގެން ޑޮކްޓަރަށް ދައްކަން މާލެ ދިޔައީ ވެސް އެކަމަކު މިތާ ކޮމެޏްތޤ ކުރާ މީހުން ނޭގި ތިބެގެން ފާޑު ފާޑު ވާހަކަ ދައްކަނީ! ދެރައީ ގެސްޓް ހައުސް އެއްގެ ތެރޭ އެ ގޮތަށް މަރުވުން
5655423
12 January 2025
ގޮތް ނޭންގޭ މަރުތަށް މިހާ ގިނަވަނީ ކީއްވެބާ؟ މިކަހަލަ މަރުތައް ހާދަ ގިނަވެއްޖެއޭ ފުލުހުން ހިމޭނުން ތިބުމުގެ ސިއްރަކީ ކޮބާބާ
ވޯލް
12 January 2025
ފާޑުފާޑުގެ އެއްޗެހި ބޭނުންކުރެވޭލެއް މަދީ.
ނިލް
12 January 2025
ތަނެއްގެ ތެރޭގައި މަރުވާ ކޮންމެ މީހަކީ ފާޑުފާޑުގެ އެއްޗެހި ބޮއެގެން މަރުވާ މީހުންނެއް ނޫން.
ކޮރަޕްޝަންތައް
12 January 2025
ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތިވާ ކޮންމެ ދުވަސްވަރެއްގައި ވެސް ގޮތް ނޭނގި މީހުން މަރުވުމަކީ މިހާރު އާ ކަމެއް ނޫން. ރައްޔިތުންނޭ ހޭލާކަށް ނުވޭތަ؟