ފުލުހުންގެ މައި އިދާރާ: ހިއުމަން ޓްރެފިންގައި އުޅުނު މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ ތިން ވަނަ ފަހަރަށް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
29 އެޕްރީލް 2025 - 20:40
މާލޭ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައެއް އަނެއްކާވެސް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހު މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިފައިވަނީ މުހައްމަދު ހިސާމް، 40، މ. އަލުވިމާގެއާގެ އެވެ.
އޭނާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް މިއަދާ ހަމައަށް ބާއްވާފައި އޮތީ މޯޗަރީގަ އެވެ. ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމައި އާއިލާއާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ ގޮތަށް އާއިލާއިން ބޭނުން ނުވާތީ، ހަށިގަނޑު މިއަދުގެ ވަގުތެއްގައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ޖަނާޒާގެ ކަންކަން ނިންމައި މިއަދު އަސުރު ނަމާދަށް ފަހު ވަނީ އާސަހަރާގައި ވަޅުލައިފަ އެވެ.
ގޮތް ނޭނގޭ މަރުތަކާއި މަރުވެފައި އޮއްވައި މީހުން ފެނުމުގެ މައްސަލަތައް މި ފަހުން ވަނީ އިތުރުވެފަ އެވެ.
އެފަދަ ބައެއް މަރުތަކުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ވެސް ފުލުހުން ހަދާފައި ވިޔަސް މިފަދަ މަރުތައް ގިނަވި ސަބަބެއް ނުވަތަ އެ މީހުން މަރުވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާކު
30 April 2025
ވާހަކަ ނުދައްކާ ތީ އިތުބާރުގެއްލިފަ ތިބިބައެއް
އެކްސްް
30 April 2025
"ޕޯސްޓްމޯޓަމް ވެސް ފުލުހުން ހަދާފައި ވިޔަސް މިފަދަ މަރުތައް ގިނަވި ސަބަބެއް ނުވަތަ އެ މީހުން މަރުވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ." ދެން ޕޯސްޓްމޯޓަމް ހެދުމުގެ ބޭނުމަކީ ކޮބާ؟
ޙައިރާ
30 April 2025
ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ ޕޯސްޓްމޯޓަމް ހަދަން ފުލުހުން އެދުނު. އާއިލާއިން އިންކާރު ކުރީމަ ދެން މައްސަލަ ނުބަލާ ހަށިގަނޑު ހަވާލުކުރަންވާނެތަ. އަޖާއިބެއް
ހުތްއާދަނު
30 April 2025
ޖެހި ކޮވިޑް ވެކްސިންތަކުން ، ރަނގަޅު ދިރާސާއެއް ކޮށްފިއްޔާ އެނގޭނެ. މިހާރު ތަހުޒީބޭ ކިޔާ އެމެރިކާގައިވެސް އެކިޔަނީ ކޮވިޑް ވެކްސިންތަކުން ލިބޭ ގެއްލުން މާބޮޑު ކަމަށް
ކޮރަލް
30 April 2025
ތަހުގީގު ކުރާތީ އިތުރު މައުލޫމާތު ދެވޭކަށް ނެތެވެ. ވައްސަލާމް... އިތުރަށް ސުވާލު ނުކުރާތި !
އެމްސް
30 April 2025
ތިޔަހެން ހަދާ އެއްވެސް މޯޓަމްގެ ރިޕޯޓް ޢާއްމުވޭބާއެވެ؟
މީމާ
30 April 2025
ކުރައިމް ޕެޓްރޯލް
ސައިބޯނި
30 April 2025
ވެއްޖެތާ މިހާރު ޕޯސްޓް މޯޓަމް ހަދާ ތަނެއް އަޅާ އެކަން ރާއްޖޭގަ ކުރަން ފަށަން
ޑިރާސާ
30 April 2025
ތަހުލީލު މަރުހަލާގައި ހުރި ވެކްސިން މަޖުބޫރުން ޖެހުން.. އެ ވެކްސިން ޖަހާތާ 10 ގަޑިއިރު ފަހުން ކޮންމެވެސް ސައިޑު އިފެކްޓެއް ދިމާވާން ފަށާނެ. ސައިޑު އިފެކްޓު އެކި މީހުންނަށް އެކި ގޮތަށް އެކި މުއްދަތުގައި ދިމާވަނީ .. އިމިއުން ސިސްޓަމް ދަށްމީހެއް ވެއްޖެޔާ ފަސޭހައިން ދެނެގަނެވޭ.. އަންހެންވެރިންގެ އުރަމަތީގައި ތަދު ނުވާ ގޮށެއް ލުން. ކުޑަ މުއްދަތެއްގެ ތެރޭގައި ކޮލަސްޓްރޯލް މަތިވުން ( ބޭސްކާން ޖެހޭ ލެވަލްއަށް) މިކަން ދެ ޖިންސުގެ މީހުންނަށްވެސް ދިމަވޭ.
އަލީ ސަރީފު2
30 April 2025
ކަލޯ ޑަކުޓަރުކަން/ތިޔައިލްމު ކިޔެވީ ޔޫޓިއުބުންތަ ނޫނީ ބާރަށު ބަދަރު ހޮޅުއަށިންތަ!
އިހްސާސް
29 April 2025
ޤިޔާމަތް މަތިން ނިކަން ހަނދުމަކޮށް ނަފްސު އިސްލާހު ކުރަންވީ. ޤިޔާމަތުގެ އަލާމާތްތައް މިހިރަގެން ފާޅުވަމުންދަނީ.