ސސ
12 ޖެނުއަރީ 2025 - 14:03
ހިޔާ ފްލެޓްގެ ޓަވަރެއްގެ ދެވަނަ ފްލޯއިން މިއަދު މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިޔާގެ ތިން ވަނަ ޓަވަރުގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަނިޔާވި 39 އަހަރުގެ ފިރިހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އަނިޔާވި މީހާގެ ހާލު ސްޓޭބަލް ކަމަށާއި ބޮޑު އަނިޔާއެއް ނުލިބޭ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެހެންވެ، އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
ދާދިފަހުން ވެސް ހިޔާ ފްލެޓުން ވެއްޓި 16 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާ
13 January 2025
ދެން ތި ކަންތައްވެސް ވާނީ މި ޤައުމުގައި އެހެން ކަންކަންވެސް ވާ ބީދައިންކަން އަހަރެންނަށް އެނގޭ. ފުލުފުލުން ތި ކަން ހިނގިޔަސް ހުއްޓުވުމަށް އެޅޭނެ ފިޔަވަޅެއްވެސް އޮންނާނީކީނޫން. ދިރާސާއެއްކޮށް ބަލާނީކީވެސް ނޫން. ތި ކަހަލަ ޚަބަރެއް ނުއިވުނަސް ނީވޭނީ ނުވެއްޓި ގިނަ ދުވަސްތަކެއް ވީމާ...އެއީ އަނެއްކާވެސް ވެއްޓެން ދެން. ވަރަށް ވާހަކަ.
22222
12 January 2025
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެހެންވެ، އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ. އިތުރ ތަފްސީލް ލިބޭ ދުވަހެއް އާދޭބާ؟
ބާބް
12 January 2025
ކޮންމެހެން ކަލެޔަށް ތަފްސީލް ދޭން ޖެހޭތަ؟ ތިއީ ކާކުތަ؟
ކީސަރު
12 January 2025
ވަރަށް ރަގަޅު ވާހަކައެއް. އެހެން ގައުމުތަކުގައިވެސް ތަހުގީގު ކުރިއަށްދާ މިންވަރަކުން މައުލޫމާތުދޭ. ރާއްޖޭގައި މިކަން ނުކުރުމުގެ ސަބަބުން ފަހުން ކަންކަން އޮޅާލާ ފަސްއަޅާ ފޮރުވުމަށް މަގުފަހިވޭ