ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީގެން ދަނީ ފަރުވާދެމުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
27 ސެޕްޓެމްބަރ 2025 - 16:07
ހުޅުމާލޭ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލް އަންހެނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:45 ހާއިރު ކަމަށެވެ.
އަނިޔާވީ ހުޅުމާލޭ 1 ގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމަކު އޭނާއަށް ހަމަލާދީ ކާކު ކަމެއް އަދި ކޮން މައްސަލައެއްގައި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
ހޮސްޕިޓަލުން ބުނީ ޒަހަމްވެގެން ގެނައި މީހާ "ސްޓޭބްލް" ކަމަށެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަބޫ
27 September 2025
ފިހާރަތަކުގެ ސޭޓުްންނަށް ނޭޕާލު މީހުނަށް ތިބެވޭތަ؟
ޢާދަނުބެ
27 September 2025
ޢާހިރުގަ ކުއްވެރިވާނީ ވަޅި
އަޖުވަދު އަބޫބަކުރު
27 September 2025
މިކަމުގައި އޮތް ހައްލަކީ ކުށްމަދުކުރަން ކަޑައަޅާފައިވާ ބަޖެޓު ބޮޑުކޮށް ބަޖެޓު ޕެޓީކޭސްގެ ގޮތުގައި ހުރިހައި ކުށްވެރިންގެ އަމިއްލަ އެކައުޓުތަކަށް ފޮނުވާލަންވީ. ދެން އެބަހާލާގޮތަކަށް ބަހާލާނެ. ދެން އަންން ސަރުކާރަކުން އިރުއިރުކޮޅާ ދައްކަން ވާހަކަތަކެއް އޮންނާނެ. ނޫސްތަކަށްވެސް ލިޔަން އެއްޗެއްލިބޭނެ. މިއޮތީ މަޖާކަމެއް.
ނޫސަންދައާ
27 September 2025
ނޫސަންދައާ ދެންވެސް ބައިތުލްމާލުގަ ހުރި އެއްޗެއް ވިއްޔާ ދީފަ ބައިތިއްބާ. ކައިވަތެއްވަރު ތަންކޮޅެއް.
ޑެބީ
27 September 2025
މާރާމާރީ ކޮންޓްރޯލުކުރަން އަނެއްކާވެސް ވަޅި ގަތުމާއި ބޭނުންކުރުން ހަރުކަށިކުރާނެ. އެކްސިޑެންޓުތައް މަދުކުރަން މަގުތަކުގައި ކޮންމެ 5 ފޫޓަކުން ސްޕީޑު ބަންޕަރުރަތައް ހަރުކުރިގޮތަށް. ވަޅިއާއި މަގުތަކެއްނޫނޭ މައްސަލައަކީ. މައްސަލައަކީ މީހުނޭ. މައްސަލައަކީ ގާނޫނު ތަންފީޒު ނުކުރެވުން. މިކަން ގަބޫލުކުރާނެ ސިޔާސީ މީހަކު ނެތީމަ މައްސަލައަކީ.
ވެންގަބޯ
27 September 2025
މިދާދި ފަހުން އިވެންޓެއްގައި ހުއްޓާ އެމެރިކާގައި އެމްމެ ވަޒަނެއް ފޮނުވާލާ މަރާލި މީހާގެ ގާތިލް ހޯދީ 24 ގަޑިއިރު ނުވަނީސް ހައްޔަރުކޮށްފި މީ ފުނަ އޮށެއް ވަރުނުވާ ތަނެއް ކީއްވެހޭ ހައްޔަރު ނުކުރެވެނީ ރައްޔިތުންނަށް ނޫން ފެންނަން ވީ ރައްޔިތުން ފައިސާ ދީފައި ތިބޭނެ ބަޔަކު ނެރެފައި މަގުތަކުގެ އަމާންކަން ބަލަހައްޓަން ނެރެންވީ ސިފައިން އެއީ ކަމެއްވާބައެއްނޫން 24 ގަޑިއިރު މަގުތައް ބަލަހައްޓާގެން ހައްލުވާނީ 2 ތަނުގާވެސް މީހުން މަދެއްނޫނެވެ ގާބިލްކަންނެތީ
މުލޭ
27 September 2025
ވެންގަބޯއަށް ނޭނގުނު ކަމަކީ އެމެރިކާގެ ތިމީހާ ވެސް ފުލުހުންނާ ހަވާލުކުރީ ޢާންމު ރައްޔިތެއްކަން. އެމީހާގެ ބައްޕަ އެކަން ކުރީ. ފުލުހުންނަށް އޭނާ ނުފެނިގެން އުޅުނީ އެތާ ކައިރީގައި ހުރެގެން ވަޒަން ފޮނުވާލިއިރުވެސް. އަހަރެމެންގެ ރާއްޖެނަމަ އެމީހާ ފިރުވައިގެން ގެންގުޅޭނީ.