ހުޅުމާލެ ހޮސްޕިޓަލުންދޭ އަވަސް ފަރުވާގެ ހިދުމަތް ލުއި ފަސޭހަކޮށް އަވަހަށް ފޯރުކޮށްދިނުމަށް "އައުޓްޕޭޝަންޓް ނާސިންގް ސާވިސަސް" އިއްޔެ ފަށައިފި އެވެ.

އިއްޔެ އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފްކޮށްދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެއީ އާންމުކޮށް ބޭނުންވާ ނާސިން ފަރުވާތައް ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު އަވަހަށް ފޯރުކޮށްދިނުމަށް ތައާރަފްކުރި ހިދުމަތެއް ކަމަށެވެ. 

އައުޓް ޕޭޝަންޓް ނާސިން އަކީ ހޮސްޕިޓަލުގައި އެޑްމިޓް ނުކޮށް ފޯރުކޮށްދޭންޖެހޭ ސިއްހީ އެކި ހިދުމަތްތަކެވެ. 

ހުޅުމާލެ ހޮސްޕިޓަލުގައި "އައުޓްޕޭޝަންޓް ނާސިންގް ސާވިސަސް" ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ތަނުގެ ވެރިންނާއި ނަރުހުން ބައިވެރިވަނީ -- ފޮޓޯ: ހުުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލުގައި "އައުޓްޕޭޝަންޓް ނާސިންގް ސާވިސަސް" ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ތަނުގެ ވެރިންނާއި ނަރުހުން ބައިވެރިވަނީ -- ފޮޓޯ: ހުުޅުމާލެ ހޮސްޕިޓަލް

"އައުޓްޕޭޝަންޓް ނާސިންގް ސާވިސަސް"ގެ ދަށުން ފޯރުކޮށްދޭނެ ހިދުމަތްތައް:

  • އިންޖެކްޝަން ޖަހައިދިނުން 
  • ބޭސްއަޅައިދިނުން 
  • އާވި އަރުވައިދިނުން 
  • ބަނޑުގައިވާ ދަރިފުޅުގެ ވިންދު ބަލައިދިނުން 
  • ހަކުރުބަލައިދިނުން 
  • ލޭ ނެގުމާއި ލޭ ހަދިޔާކުރުމުގެ ހިދުމަތް
ހުޅުމާލެ ހޮސްޕިޓަލުގައި "އައުޓްޕޭޝަންޓް ނާސިންގް ސާވިސަސް" ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ތަނުގެ ވެރިންނާއި ނަރުހުންގެ އިތުރުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ބައިވެރިވަނީ-- ފޮޓޯ: ހުުޅުމާލެ ހޮސްޕިޓަލް

އޭގެ އިތުރުން ވެސް ނަރުހުންގެ އެހެން ހިދުމަތްތައް ވެސް ނާސިން އޯޕީޑީން އަވަހަށް ލިބޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އައުޓްޕޭޝަންޓް ނާސިންގެ ހިދުމަތް ދޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ.