27 ޖޫން 2025 - 10:11
ހުޅުމާލެ ހޮސްޕިޓަލަށް ރެއިން ފެށިގެން ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް، ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި ހިދުމަތްތައް އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ދެންމެ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މައި ކަރަންޓު ޕެނަލަށް ދިމާވި އެ މައްސަލަ ހައްލުވަންދެން، އެ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތައް ވަގުތީ ގޮތުން، ހުޅުމާލެ 2 ގެ ހިޔާ ފްލެޓު 16 ގައި ގާއިމުކޮށްފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅޭގޮތުން ހަލީމް "މިހާރު" އަށް ވިދާޅުވީ، އެ ހޮސްޕިޓަލުން ކަރަންޓު ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުން ހޮސްޕިޓަލްގެ މައި އިމާރާތަށް ކަރަންޓު ދޭން ބޭނުންކުރާ ކޭބަލް އަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
"ކަރަންޓު ޖައްސާައިރަށް ކެނޑެނީ. އެހެންވެ، ސްޓެލްކޯގެ މުވައްޒަފުންގެ ބުރަ މަސައްކަތުން މިހާރު ވަނީ ވަގުތީ ކޭބަލެއް ގުޅާފައި. އެ ކޭބަލް އަޅައި މިއަދުގެ ހެނދުނު 8:33 އިން ފެށިގެން މިދަނީ ފުލް ލޯޑުގައި ހޮސްޕިޓަލަށް ކަރަންޓު ދެމުން،" ހަލީމް ވިދާޅުވި އެވެ.
"އެހެންވީމާ، ކުރިއަށް އޮތް ގަޑިއިރެއްހާއިރުގެ ތެރޭގައި ހޮސްޕިޓަލުގެ ހިދުމަތްތައް އާންމު ހާލަތަށް ގެނެވޭނެ. އިތުރަށް ބަލަންޖެހޭ ކަންކަން ބަލަން ވަގުތުކޮޅެއް މި ނަގަނީ."
ނަމަވެސް، އޯޕީޑީ ވަގުތީގޮތުން ކްލިނިކަށް ބަދަލުކުރުމުން ފިޔަވައި، އެ ހޮސްޕިޓަލުގެ އިތުރު ހިދުމަތްތައް މި މައްސަލައާ ގުޅިގެން ބުރޫ އަރާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބަރާބަރަށް ހިދުމަތްތައް އެބަދެން،" ހަލީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޭޝަންޓް
27 June 2025
ރެއިން ފެށިގެން ދިމާވާ ކަމެއްނޫން. ރެއިން ފެށިގެން މުޅި ހޮސްޕިޓަލުން ކަރަންޓު ކެނޑެނީ. 25ވަނަ ދުވަހުން ފެށިގެން ކަނބިލި ބިލްޑިންގ އިން އިރުކޮޅުކޮޅުން ކަރަންޓް ކެނޑެމުންދަނީ. މައި ކޭބަލް އެކަނިއެއްނޫން، އެހެން މައްސަލަތަކެއްވެސް ދިމާވަމުންދަނީ.
ރޭދުވާ
27 June 2025
އަނެއްކާ ބަޤާވާތެއް ނުންބާ؟
އަބްޑޫޅް +
27 June 2025
ޙޫމް. ތިންވަނަ ދުނިޔޭގެ ޓިނު-ތެލި، ދޮންކެޔޮ ޖުމްހޫރިއްޔަތެއް ދޯ؟
މނ
27 June 2025
eކޓިވިސްޓުން ލައިގެން ނުހިންގޭނެ ހޮސްޕިޓަލަ
މުހައަމަދު
27 June 2025
ނުދެވޭ ހިދުމަތެއަ ކުލިނިކައް ދިޔައަމަ އިންޓަނެޓް ނެތޭ ކިޔާފަ ފޮނުވާލަނީ, ދެކޮޅައް ބަލިމީހާ ގޮވައިގެން ދުވަންޖެހެނީ. މާރަގަޅުވާނެ ައައިޖީއެމްއެޗް އަށް ދާށޭ ބުނިނަމަ
ފޯއްޅަވަހި
27 June 2025
ތިވެސް ސްކޭމެއް.. ގުރިޑް އަނބުރާ ވަރަކަށް ކަރަންޓްދަނީ
އޮނަރަބްލް އަފީފު ދީދީ
27 June 2025
ހޮސްޕިޓަލްގެ މެއިންބޯޑަށް ދިމާވިމައްސަލަ އެންމެފަހުން ސްޓެލްކޯ ނުވަތަ ސްޓެލްކޯގެ އެމްޑީއާއި ދިމާލަށް އަބުރާލަންވެގެންތޯ ކަރަންޓްގެކަންކަން އެއްވެސްވަރަކަށް ނޭގޭމީހަކު މައްސަލަ ދިމާވީ ސްޓެކްކޯގެ ޓްރާންސްފޯމަރުން ހޮސްޕިޓަލަށް ކަރަންޓް ދޫކޮށްފައިވާ ކޭބަލްގެ މައްސަލައަކުންކަމަށް ވިދާޅުވީ؟ ކަރަންޓް ދީފައިހުރި ކޭބަލް ކުއްލިއަކަށް ބުރިވެގެން ކަރަންޓް ކެޑުނީ ތިސަރަޙައްދަށް ކުއްލި ބިން ހެލުމެއް އައިސްގެންތޯ؟! ނުވަތަ ޒިންމާއިން ރެކެން ދެއްކި ވާހަކަ އެއްތޯ؟
އިކްލީލް
27 June 2025
ރެއިން ފެށިގެންނޭ؟ 2 ދުވަސް ވަނީ، އޭގެ ކުރީ ދުވަހު އަހަރެން ލެބް ކައުންޓަރުގަ ހުއްޓާ 2 ފަހަރަކު ލެބުން ކަރަންޓު ދިޔަ. އެހެން އެކަން ވާކަން އެނގިހުރެ މުޅި އޯޕީޑީ ބަންދު ކުރަންޖެހެންދެން އެ މައްސަލަ ހައްލުނުކުރެވުނީ ކީއްވެ؟ ފުރަތަމަ ދުވަހުވެސް ސްޓެލްކޯ މީހުން ގެނެސް ތި ޕެނަލް ބަލާ ވަގުތީ ކޭބަލް އެޅިނަމަ މުޅި އޯޕީޑީ ބަންދުކުރަން ނުޖެހުނީސް ދޯ. އަނެއްކާ ކަރަންޓު ދާން ފެށީމަ އެނގުނީ އެމަޖެންސީ ލައިޓު މަސައްކަތް ނުކުރާކަން. އެ ވެސް ބަދަލު ކުރީ ރޭގަ.