ހުޅުމާލެ ހޮސްޕިޓަލް--
08 ޖުލައި 2025 - 10:30
ޓެކްނިކަލް މައްސަލައެއް ދިމާވެ، ހުޅުމާލެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.
އެ ހޮސްޕިޓަލުން ހިދުމަތް ހޯދަން ދިޔަ ބައެއް މީހުން ބުނީ ޑޮކްޓަރަށް ދެއްކުން ވަރަށް ލަހުން ކުރިއަށްދާ ކަމަށާއި އެކަމަކު ލެބޯޓަރީގެ ހިދުމަތެއް ނުލިބޭ ކަމަށެވެ. އެހެންވެ ހެނދުނު ލޭގެ ޓެސްޓުތައް ހަދަން ދިޔަ ގިނަ ބަޔަކު ވެސް އެތަނުގައި އެބަތިބި ކަމަށް ބުންޏެވެ.
ނަމަވެސް ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ނެޓްވޯކަށް ދިމާވި މައްސަލައެއްގައި ބައެއް ހިދުމަތްތައް ލަސްވެފައިވާ ކަމަށާއި އެކަމަކު ހުރިހާ ހިދުމަތެއް ވެސް ލިބޭނެ ކަމަށެވެ.
"ޓެސްޓުތައް، ލޭ ނެގުން ވެސް އެބަ ކުރިއަށްދޭ. އެކަމަކު ތަންކޮޅެއް ލަހުން ކުރިއަށްދަނީ، މެނުއަލްކޮށް ބިލްތަކާ އެއްޗެހި ހަދަން ޖެހޭތީ،" އޭނާ ވިދާޅުވި އެވެ.
މީޑިއާ އޮފިޝަލް ފަހުން ވިދާޅުވި ގޮތުގައި މިހާރު ވަނީ މައްސަލަ ހައްލުކޮށްފަ އެވެ.
ހޮސްޕިޓަލްގެ ހޮޓްލައިނަށް ގުޅުމުން ބުނީ ނެޓްވޯކް މައްސަލައެއް ދިމާވެފައިވާތީ ހުރިހާ ހިދުމަތެއް ވެސް ލިބުން މިވަގުތު ލަސްވާނެ ކަމަށެވެ. ނެޓްވޯކް މައްސަލަ ދިމާވިތާ އެއް ގަޑިއިރަށް ވުރެ ގިނަ އިރު ވެފައިވާ ކަމަށާއި އަލުން ހިދުމަތްތައް އާންމު ހާލަތުގައި ދޭން ފެށޭނެ އިރެއް ނެނގޭ ކަމަށް ވެސް ބުންޏެވެ.
ބޮޑު އާބާދީއެއް އޮންނަ ހުޅުމާލޭގައި ގިނަ ބަޔަކު ހިދުމަތް ހޯދާ މި ހޮސްޕިޓަލުން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަރަންޓު ކެނޑިގެން ވެސް އެތައް ގަޑިއިރަކަށް ހިދުމަތް މެދުކެނޑުނެވެ. ކަރަންޓަށް މައްސަލަ ދިމާވުމުން ވަގުތީ ގޮތުން އޯޕީޑީގެ ހިދުމަތް އެ ދުވަހު ދިނީ ހުޅުމާލެ 2 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހ
08 July 2025
ތިތަނުން މީހަކު އިމަޖެންސީގައި ޑޮކްޓަރަށް ދައްކަން ދިޔަޔަސް 2 ނޫނީ 3 ގަޑި އިރުން ނޫނީ ޑޮކްޓަރަށްވެސް ނުދެއްކޭ. އެ ވަރިހަމަ ކުޑަކުއްޖަކަށްވިޔަސް. ކުޑަކުއްޖެއްވީމަ 2 އަހަރުވާއިރަށް އެވޭ ބޮޑުކުއްޖަކަށް. އެހްންވެ އަވަސް ނަންބަރެއްވެސް ނުލިބޭ.
ހޮޅިވާ
08 July 2025
އެއީ ރައީސްގެ ހިކުމަތުން
ޖިފުޓި
08 July 2025
މީ ބޮޑު އޮޅުވާލުމެއް. އާސަންދަ ސިސްޓަމް ޑައުންއޯ ކިޔާފަ ލާރި ދެއްކީމަ ޓެސްޓްތައް ހެދޭ
އިލި
08 July 2025
މިސަރުކާރުގާ އޮޅުންބޮޅުން ނާރާ އެއްވެސް ތަނެއްއޮވޭބާ؟
ޕްރޮފެސަރުމައިކާލޯޒް
08 July 2025
ހުޅުމާލޭ ހޮސްޕިޓަލުގައި މީގެކުރިން އޭސީ މަސައްކަތް ކުރަމުން އައީ ހޮސްޕިޓަލްގެ މުއައްޒަފުން. މިހާރު ބިޑްކުރުމަކާއި ނުލައި ހޮސްޕިޓަލްގެ އޭސީ މަސައްކަތް ކުރަމުން ދަނީ ޕްރޯ އޭސީ ކިޔާ ބައެއް. މިފަހަކަށް އައިސް އައިޖީ އެމް އެޗް އަދި އައްޑޫ އެކިއްޓެރިއަލް ހޮސްޕިޓަލް ގަވެސް މަސައްކަތް ކުރަނީ މިދެންނެވި ޕްރޯ އެޭސީ ގްރޫޕުން . މިކަންކަން މިހެންހުރުމުން ހޮސްޕިޓަލްގެ ހިދުމަތަށް ބުރޫ އަރާނެ.
ޙަމީދު. ވައިމަތި
08 July 2025
މިގައުމު ގައި ހުރިހާ ބޮޑެ ހޮސްޕިޓަލް ތަކުގެ އޭސީ ހަމައެކަނި މިމީހުން ނާއި ހަވާލު ކުރި ގޮތެއްވެސް ބަލަންއެބަޖެހޭ.. ކޮބާ އޭސީސީ ؟
ޑރ ވާންޗޯ
08 July 2025
އޭސީސީ ނިދިކުރައްވާފަ ، ހޭފުޅު ލައްވާނީ 2028 ގެ ފަހުކޮޅު.
ނާޒިމްބެ
08 July 2025
ނޫން ނާރާނެ. ފުރިހަމަވާނެ.
090998
08 July 2025
މައްސަލަ ދިމާވެގެން މުވައްޒަފުން ގަނެތެޅޭ ގަޑީ އަދި މިގުޅަނި ހޮޓްލައިނަށް ވާހަކަ ހޯދަން. ސާބަސް