ހުޅުމާލެ ހޮސްޕިޓަލުގެ ކައުންޓަރު: އެ ހޮސްޕިޓަލަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް އޯޕީޑީގެ ހިދުމަތް މިހާރު ވަނީ އަލުން ފަށައިފައި.-- ފޮޓޯ: މިހާރު
27 ޖޫން 2025 - 12:50
ހުޅުމާލެ ހޮސްޕިޓަލަށް ރެއިން ފެށިގެން ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް، އޯޕީޑީގެ ހިދުމަތް އަލުން މިއަދު ފަށައިފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ދެންމެ ބުނީ ކަރަންޓަށް ދިމާވި މައްސަލަ މިހާރު އެއްކޮށް ހައްލުކޮށްފައިވާ ކަމަށާއި މެދުކަނޑާލަން ޖެހުނު ހިދުމަތްތައް މިހާރު އަލުން ފަށާފައިވާ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށް ހޮސްޕިޓަލުގެ މުވައްޒަފުންނާއި ސްޓެލްކޯ އާއި އެމްއެންޑީއެފްގެ އެހީތެރިކަން ލިބުނުކަން ފާހަގަކޮށް، އެ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މައި ކަރަންޓު ޕެނަލަށް ދިމާވި އެ މައްސަލަ ހައްލުވަންދެން، އެ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތައް ވަގުތީ ގޮތުން ވަނީ ހުޅުމާލެ 2 ގެ ހިޔާ ފްލެޓު 16 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލުކޮށްފަ އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު "މިހާރު" އަށް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން ކަރަންޓު ކެނޑެން މެދުވެރިވީ ޓްރާންސްފޯމަރުން ހޮސްޕިޓަލްގެ މައި އިމާރާތަށް ކަރަންޓު ދޭން ބޭނުންކުރާ ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
"ކަރަންޓު ޖައްސާއިރަށް ކެނޑެނީ. އެހެންވެ، ސްޓެލްކޯގެ މުވައްޒަފުންގެ ބުރަ މަސައްކަތުން މިހާރު ވަނީ ވަގުތީ ކޭބަލެއް ގުޅާފައި. އެ ކޭބަލް އަޅައި މިއަދުގެ ހެނދުނު 8:33 އިން ފެށިގެން މިދަނީ ފުލް ލޯޑުގައި ހޮސްޕިޓަލަށް ކަރަންޓު ދެމުން،" ހަލީމް ވިދާޅުވި އެވެ.
އޯޕީޑީ ހިދުމަތް ވަގުތީ ގޮތުން ކްލިނިކަށް ބަދަލުކުރުން ފިޔަވައި، އެ ހޮސްޕިޓަލުގެ އިތުރު އެއްވެސް ހިދުމަތްތަކަށް އެ މައްސަލައާ ގުޅިގެން ބުރޫއަރާފައިނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރޮފެސަރ. ތާކިހާބެ
28 June 2025
ކަރަންޓް ކެނޑޭނެތާ ތިޔަ ހޮސްޕިޓަލުގައި އޭސީ ޓެކްނިސާނަ ޝަނުން ތިބެގެން އޭސީތައް މަރާމާތު ކުރާތާ އެތަށް އަހަރެއްވެއްޖެ. މިހާރު ކޮންމެވެސް ޕްރޯއެއް ކިޔާބަޔަކަށް ދީގެން އެއްބަަސް ވުމެއް ނެތި އޭސީތައް މަރާމާތު ކުރަނީ. މިގްރޫޕް މީހުން މިސަރުކާރު އައިފަހުން އައިޖީ އެއްޗް އަދި އައްޑޫ ހޮސްޕިޓަލް ގައިވެސް އޭސީ މަސައްކަތް ކުރަނީ ކޮބާތޯ އެއްޓި ކަރަޕްޝަން!!!
ފާރިޝް ފަހްމީ
27 June 2025
ފަހުގެ ތާރީހެއްގައި ހުޅުމާލެ ހޮސްޕިޓަލް އާއްމު ހާލަތަށް ގެނައުނު އެއްމެ އަވަަސް ފަހަރު މިއީ
ޒީނަތް އައްބާދް
27 June 2025
ސަރުކާރުން މިކަމަށް އިސްކަން ދީގެން މިކަން އަވަހަށް ހައްލުކުރަން ވަރަށް މަސައްކަތް ކުރި
ޚޮމިޝަން
27 June 2025
ތިކަން ތަހުގީގު ކުރަން ރައީސް ނާންގަވާތަ ފުލުހުންނަކަށް؟
އަލީ
27 June 2025
ވަރަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެމް.އެން.ޑީ.އެފް އިން އެހީތެރިކަމަށް ދުރުވިކަން ފާހަގަ ކުރަން
ހުޅުމާލެއާދަނު
27 June 2025
ހުޅުމޤލެ ހޮސްޕިޓަލަށް އާއްމު ބަލިތަކުގެ ޑޮކްޓަރަށް ދިއުމަކީ މުޅި ދުވަސް ހުސްކޮށްގެން ނޫނީ ނުވާނެކަމެއް.... މިވަރު އާބާދީއެއްގައި 1 ރޫމު ޑޮކްޓަރެއް އިންނާނީ، ދެން ހުރި ރޫމުތަކު ޑޮކްޓަރުން ނުތިބޭ އެބޭފުޅުން އަބަދު ސައި ބޮނީތަ
ޙަސަނުކަ
27 June 2025
ކަލޯ. ވާވަރަށްވުރެ އާބާދީ ބޮޑީއޭ. ވާހަކައެއް ބުންޔަސް ތެދުހަދަން އާދަކުރޭ
ރަސްގެފާނުގެބައްޕާ
27 June 2025
ތިޔައީ ކޮރަޕްޝަން ބޮޑުވެގެން ވާ ގޮތް. އާ ކޭބަލް ވެސް އަޅާނެ. އާ ކޮމްޕިއުޓަރުވެސް ގަންނާނެ.