ވިއްސާރައިން ރައްކާތެރިވުމަށް ގޭގެއަށް ވެލި ބަސްތާ ދިނުމަށް ސިފައިން ބަސްތާތަކަށް ވެލި އަޅަނީ.-- ފޮޓޯ: އެމްއެންޑީއެފް
13 ޖެނުއަރީ 2025 - 13:28
ރާއްޖެ އަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، މާލޭގެ ތިން ތަނަކުން ވެލި ބަސްތާ ލިބޭނެ އިންތިޒާމު އެމްއެންޑީއެފުން މިއަދު ހަމަޖައްސައިފި އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފައި ވާތީ، ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފުލުހުންނާއި ސިފައިން އަދި އެންޑީއެމްއޭ ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް މިއަދު ވަނީ ފަށައިފަ އެވެ.
އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ ވިދާޅުވީ ފެންބޮޑުވުމުން ރައްކާތެރިވުމަށް މާލޭގެ ތިން ތަނަކުން ވެލި ބަސްތާ ލިބޭ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެއީ ކުޑަކުދިންގެ ބަގީޗާ އާއި ސަލްމާން މިސްކިތް ހުންނަ ސަރަހައްދު އަދި ރަސްފަންނުންނެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މި މަހު ކުރީކޮޅުގައި މާލެ އަށް ކުރި ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުންވި 56 އަށް ވުރެ ގިނަ ގޭގޭގައި މިހާރު ވެސް ވެލި ބަސްތާ ޖަހައި ދީފައިވާ ކަމަށެވެ.
އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ ވެލި ބަސްތާ ޖަހަން ބޭނުންވާ އިތުރު ގެތަކުން ވެސް އެކަމަށް އެދުމުން އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
"މީގެ އިތުރުން ވެސް ވެލި ބަސްތާ ޖަަހަން ޖެހޭ ތަންތަން ފާހަގަކުރެވި، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިއަދުގެ އެކިއެކި ވަގުތު ތަކުގަ ވެސް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
އިމަޖެންސީ ހާލަތްތަކުގައި އެހީތެރިކަން ބޭނުންވާ ނަމަ އެންޑީއެމްއޭގެ ހޮޓްލައިން 115 އަށް ގުޅުއްވުމަށް ވެސް އެ އިދާރާއިން ވަނީ އެދިފަ އެވެ.
މި މަހު ކުރީކޮޅު ވެސް ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވި އެވެ. އެ ފަހަރު ވެސް ވިއްސާރާގައި މާލެ އާއި ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބުނެވެ. އަދި އެންމެ ބޮޑަށް ގެއްލުންވީ މާލެއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލެ
14 January 2025
ވެލިބަސްތާޖެހުން ތިޔައީ ވަރަށްބޮޑު ގޯހެއް, ހަމަޔަޤަގީނުންވެސް ތިމާވެއްޓަށް އޮތް ވަރަށްބޮޑު ގެއްލުމެއް. ވަރަށްދެރަވަރު އަމީރު އަހުމަދުމަގުގެ އިރުތީކޮޅު, މޫދާއެހާ ކައިރި ރަނގަޅަށް ރޭވިގެން މެނުއަލްކޮށް މޫދައް ޕަންޕު ކުރަންފެށިއަސް ހައްޓައްވެސް ލުއިވާނެ, ތިމާވެއްޓަށް ވާގެއްލުންވެސް ކުޑަވާނެ, ހަމަ މިގޮތަށް އައި ޖީ އެމް ކައިރިވެސް .....
އަބޫ
14 January 2025
މާލެއަކީ ރާއްޖޭގެ އެންމެންގެ ރަށެއް, ވީމާ ތަފާތުވާނެ, މިހާރު އުޅެނީ ތިޔަވިދާޅުވާ މާލޭގެ ވަރަށްމަދުބައެއް މާލޭގައި, ހިޔެއްނުވޭ 5 ޕަސެންޓުވަރުވެސް އުޅޭނެ ހެންނެއް އަނެއް 95 ޕަސެންޓަކީ މިޅިރާއްޖޭގެ މީހުން, ދެންމިތަން ރަނގަޅުނުކޮށް ކޮންރަށެއް ރަނގަޅުކުރަންވީ, މީ އަހަރެމެން އެންމެންގެ ތަނެއް
ޢެޑްމުންޑޯ
13 January 2025
މާލޭގެ އެކަނިތޯ ފެންބޮޑުވަނީ ، ސިފައިންނަކީ ހަމައެކަނި މާލެހިމާޔާތްކުރަން ތިބޭ ބައެއްތޯ ، ފެންބޮޑުވާ ހުރިހާރަށަކުންވެސް ވެލިބަސްތާ ފަސޭހޢިން ލިބޭނެގޮތް ނުހަދާ ހަމާއެކަނި މާލޭގެ ތިހޮތަށް ހެދުމަކީ ވަރަށް ލަދުގަންނަންޖެހޭ ދެރަވަރުގެ ކަމެއް ، އިންސާނިއްޔަތާއި ޚިލާފް އަމަލެއް ،
ޝހވނސނ
14 January 2025
ބަލަ ކޮންމެ ރަށެއްގައި ތިކަންކުރާނެ ބައެއް އަދި ވަސީލަތެއް ނެތް.
އަފީފާ1
13 January 2025
ފެންބޮޑުވުމުން މާލެއާއި ރަށްރަށުގެ ގޭގެއާއި ވިޔަފާރި ކުރާ ތަންތަނުގެ ދޮރުމަތީ ވެލިބަސްތާ ޖެހުމުގައި ސިފައިންނާއި ފުލުހުން މިކުރާ މަސައްކަތަށް ބަދަލެއް ގެންނަން އެބަޖެހޭ. އެކުދިން ވެލިއަޅައިގެން ގެންގޮސް ގޭގެއާއި ވިޔަފާރިތަކުގެ ދޮރުމަތީ މަޑުކުރާއިރަށް ބޮޑެތި ފިރިހެނުން ބޯދިއްކޮށްލާފަ ވެލިބަސްތާ ޖަހަންވީ ގޮތާއި ތަން އަންގަން ތިބުމަކީ ހާދަ ޒިންމާދާރުކަން ކުޑަކަމެކޭ. ވެލިބަސްތާ ގެންގޮސްދިނީމަ އެހިސާބުން ފިރިހެނުން ތިބިނަމަ އެކަން ކުރަންވީނު.
ޮއޮޕަރޭޝަން ވެލިބަސްތާ
13 January 2025
އެތަކެއް ރައީސެއް އައިސް ގޮސް ވީއިރުވެސް ވެރިކަންކުރާ ރަށުގެ ފެންހިންދުމުގެ ނިޒާމު ކޮޅަކުން ނުލީމަ އާއެކު، މާލޭގެ ކޮންމެ ގެއަކަށް މަޖުބޫރުކަންވީނުން ގެއެއް ސައްޚަގޮތުގައި ރަޖިސްޓްރީކަމަކަށްވާނީ ތޫފާނެއްގައި ބޭނުންކުރަން ދެތިން ވެލިބަސްތާ އޮވެގެންނޭ. އޭރުން ތިކަހަލަ ފާޑުފާޑުގެ އޮޕްރޭޝަން ހިންގާކަށް ނުޖެހޭނެއެއްނުން. ދޯ.
ސަކަރާތް
13 January 2025
މިހާ އޮންލައިން ޒަމާނެއްގައި އެތަންތަނަށް ނުގޮސް ޑެލިވާރ ކޮށްދޭނަމަ އޮފީހުގައި ވަރަށް ބިޒީ. ތިހެން ބުނެފާނެތީ މިކޮމެންޓް ލިއުނީ ލަންޗް ބްރޭކްގައި.
އަޖައިބެއް
13 January 2025
ގެއެއް އަޅާހާ ވެލި މިހާރުހުންނާނި ގެތަކަށް ލިިބިފަ. މިދިޔަހަފްތާގައި ބެހި ވެލި މިހަފްތާއަންނައިރަކު ނުހުރެ.
ސޮނީ
13 January 2025
ވެލިބަސްތާ ނުޖަހައި ވާނެވަރަށް މާލެގެ މަގުމަތިގެ ފެންހިންދާ ނިޒާމު ރަގަޅުވާނީ ކޮންދުވަހަކުންބާ؟ މާލޭގެ ކޮންމެ ގެއަކަށް ރޯދަމަހުދޭން ހަމަޖައްސާފައިވާ މަސްކޭހަށް ހިގަނެ ސާޅިސް އެތެއްމިލިއަން މާރަގަޅުކަންނޭގޭ މިކަހަލަ އަސާސީ ކަމަކަށް ހޭދަކޮށް މިނިޒާމު ހަރުދަނާ ކުރިއްޔާ!