އެފްކޮން ކާގޯ ބޯޓު. އެ ބޯޓުން ހަފްތާއަކު ތިން ފްލައިޓް އަޅާނެ -- ފޮޓޯ: މިހާރު
13 ޖެނުއަރީ 2025 - 13:50
އެފްކޮމް ކާގޯ އިން ޗާޓަޑް ޝެޑިއުލް ކާގޯގެ ހިދުމަތް ރާއްޖެ އަށް ފަށައިފި އެވެ.
އިންޑިއާގެ ޗެންނާއީ އިން މާލެ އަށް އައި ކާގޯ ފްލައިޓުން 20 ޓަނުގެ ކާގޯ ގެނެސްފައިވެ އެވެ. ކާގޯ އެކްސްޕޯޓު ކުރީ އިއްތިހާދު އެއާވޭސް މެދުވެރިކޮށެވެ. އެފްކޮމް ކާގޯއިން ހަފުތާއަކު ތިން ފްލައިޓު އޮޕަރޭޓު ކުރަން ހަމަޖެހިފައިވާ އިރު ކުރިއަށް އޮތްތަނުގައި އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށް ރާވާފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި، އެއާޕޯޓުގެ "ކާގޯ މޫވްމަންޓް" ހަރުދަނާ ކުރުމުގެ މަގުސަދުގައި ބޮޑެތި އެއާލައިންތަކާ އެކު، އިންޓަލައިން އެއްބަސްވުންތައް މިހާރު އަންނަނީ ހަދަމުންނެވެ.
ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސްގައި އެއާޕޯޓުގެ ބައިވެރިވުން އޮތުމުން އިގްތިސާދަށް އޭގެ ފައިދާ އިތުރުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ފޯރުކޮށްދޭން ފަށާފައިވާ ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ތެރެއިން 1،000 ޓަނުގެ މުދާ މިދިޔަ މަހުގެ ކުރީ ކޮޅާ ހަމައަށް އެކްސްޕޯޓު ކުރި އެވެ. އެއާޕޯޓުން ބުނީ، ސީ ޓު އެއާ ކާގޯ ހިދުމަތުގައި މިހާރު 12 އެއާލައިން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވާޖިން އެޓްލާންޓިކާއި ޓާކިޝް އެއާލައިނާއި ގަތަރު އެއާވޭސް އާއި އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް އާއި އޭރޯފްލޮޓާއި ނިއޯސް އާއި ގަލްފް އެއާ އާއި ޑިސްކަވާ އާއި އޮސްޓްރިއަން، ކޮންޑޯ އަދި ބްރިޓިޝް އެއާވޭސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
13 January 2025
އެފްކޮން އިން އެމީހުންގެ ޕްލެޓްފޯމެއް ކ.ވިލިނގިލި ފަރުމައްޗަށް އަރައިގެން، ފަރަށް ލިބުނު ގެއްލުމަށް އީ.ޕީ.އޭއިން ކޮށްފައިވާ ޖޫރިމަނާ ފުރަތަމަ ދައްކަބަލަ.